Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވަގަށް ވެހިކަލް އެތެރެކުރި މައްސަލަ

ވަގަށް ވެހިކަލް އެތެރެކުރި މައްސަލައިގައި ކަސްޓަމްސްގެ ކޮންޓްރޯލް އޭރިއާއަށް ނުވަދެވޭ ގޮތަށް ބްރޯކަރެއް ސަސްޕެންޑް ކޮށްފި

ވަގަށް ވެހިކަލް އެތެރެކުރީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 27 ޖޫން 2020 | ހޮނިހިރު 08:27
އެމްޕީއެލްގެ މާލޭ ކޮމާޝަލް ބަނދަރަށް ގެނެސްފައިވާ މުދާ ހުސްކުރުމުގެ މަސައްކަތުގައި ބަޔަކު ހަރަކާތްތެރިވަނީ

އެމްޕީއެލްގެ މާލޭ ކޮމާޝަލް ބަނދަރަށް ގެނެސްފައިވާ މުދާ ހުސްކުރުމުގެ މަސައްކަތުގައި ބަޔަކު ހަރަކާތްތެރިވަނީ

2019 ވަނަ އަހަރުގެ މެދުތެރެގޭގައި އޮޅުވާލައިގެން ރާއްޖެއަށް ވަގަށް ވެހިކަލްތަކެއް އެތެރެކުރި މައްސަލައިގައި، ކަސްޓަމްސްގެ އެއްވެސް ކޮންޓްރޯލް އޭރިއާއަކަށް ނުވަދޭވޭގޮތަށް ބްރޯކަރެއް ސަސްޕެންޑް ކޮށްފައިވާ ކަމަށް ކަސްޓަމްސްއިން ބުނެފިއެވެ.

2019 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި އޮޅުވާލައިގެން ސައިކަލާއި، ވޭން ފަދަ އުޅަނދުތައް ވަނީ އެތެރެކޮށްފައެވެ. މި މައްސަލައިގައި ކަސްޓަމްސްއިން ބުނެފައިވާ ގޮތުގައި ރާއްޖެއަށް ލަކުޑި އެތެރެ ކުރުމުގެ ނަމުގައި ގެނައި ދެ ކޮންޓެއިނަރަކުން ތިން ކާރާއި ދެ ޕިކަޕާއި ދެ ވޭނާއި 14 ސައިކަލް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ. އަދި މި ވެހިކަލްތަކުގެ ސީއެންޑްއެފް އަގު 586،000 ރުފިޔާއަށް އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް ކަސްޓަމްސްއިން އޭރު ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ރާއްޖެޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް ވިދާޅުވީ މި މައްސަލައިގައި މިހާތަނަށް 2 މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށާއި، އަދިވެސް މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

ޝަރީފް ވިދާޅުވީ މި މައްސަލައާއި ގުޅިގެން، އެކަމުގައި ޝާމިލުވާ ބްރޯކަރު ސަސްޕެންޑްކޮށް ކަސްޓަމްސްގެ އެއްވެސް ކޮންޓްރޯލް އޭރިއާއަކަށް ނުވަދެވޭގޮތަށް ނިންމާފައިވާ ކަމަށެވެ. އެކަމަކު އެއީ ކޮން ވިޔަފާރިއެއްގެ ބްރޯކަރެއް ކަމެއް ޝަރީފް ވިދާޅެއްނުވެއެވެ.

ޝަރީފް ވިދާޅުވީ ކޮރަޕްޝަން ނައްތާލުމަށް ކަސްޓަމްސްގެ ހުރިހާ މުވައްޒަފުން ވެސް މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ. އަދި ވިދާޅުވީ އާންމުކޮށް މުދާ ކްލިއަރ ކުރަން އަންނަ ބްރޯކަރުންނާއި، މަޖޫރީންގެ ފަރާތުންވެސް ގަބޫލު ނުކުރެވޭ ކަންކަން ފެންނަމުންދާ ކަމަށެވެ.

ޝަރީފް ވިދާޅުވީ މި މައްސަލަ ބެލުމުގައި ކަމާބެހޭ ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ލިބެމުންދާ ކަމަށެވެ. އަދި ހާއްސަކޮށް ފުލުހުންގެ ފަރާތުން މިކަމުގައި ފުރިހަމަ އެއްބާރުލުން ލިބެމުންދާ ކަމަށެވެ.

ވަގަށް ވެހިކަލްތައް އެތެރެކުރި މައްސަލައިގައި ޓްރާންސްޕޯޓް މިނިސްޓްރީއަށް ވެސް ޝަރީފް ވަނީ ތުހުމަތުތަކެއް ކުރައްވާފައެވެ. އެގޮތުން ފޯޖް ޑޮކިއުމެންޓްތައް ގެންދިއުމުން އެ ބަލައިގަނެ ވެހިކަލްތައް ރަޖިސްޓްރީ ކުރުމުގައި ޓްރާންސްޕޯޓް މުވައްޒަފުންގެ އަތެއްވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު