Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބޯޑަރު ހުޅުވާލާ ދުވަހު ފަތުރުވެރިން އަންނާނެ

ޖުލައި 15 ވަނަ ދުވަހު ފަތުރުވެރިން ގޮވައިގެން 3 ފުލައިޓެއް ރާއްޖެ އަންނާނެ

24 ޖޫން 2020 | ބުދަ 17:56

15 ވަނަ ދުވަހުގެ ހެނދުނު ފަތުރުވެރިން ގޮވައިގެން ރާއްޖެއަށް ފުލައިޓެއް އަންނާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 24 ޖޫން 2020 | ބުދަ 17:56
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ފަތުރުވެރިންތަކެއް މަޑުކޮށްލައިގެން؛ 15 ޖުލައިގައި އަލުން ބޯޑަރު ހުޅުވާލުމަށް ވަނީ ނިންމާފައި

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ފަތުރުވެރިންތަކެއް މަޑުކޮށްލައިގެން؛ 15 ޖުލައިގައި އަލުން ބޯޑަރު ހުޅުވާލުމަށް ވަނީ ނިންމާފައި

11 އެއަރލައިނަކުން މިހާތަނަށް ރާއްޖެއަށް ދަތުރުތައް ފެށުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި، ބޯޑަރު ހުޅުވާލާ ދުވަހު އެކަނި ވެސް 3 ފުލައިޓެއް ފަތުރުވެރިން ގޮވައިގެން ރާއްޖެ އަންނާނެ ކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ބުދަ ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ، 15 ޖުލައިގައި ފަތުރުވެރިކަން އަލުން ފެށުމަށް ތައްޔާރުވަމުން އަންނަ އިރު، ބޯޑަރު ހުޅުވާލާ ތާރީހު އިއުލާންކުރުމުގެ ކުރިން 11 އެއަރލައިނަކުން ރާއްޖެއަށް ދަތުރު ފެށުމަށްޓަކައި ސްލޮޓްސްތައް ރިޒާވްކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އަދި ރާއްޖެއަށް ކޮވިޑްގެ ބަލިމަޑުކަން އައުމުގެ ކުރިން ރާއްޖެއަށް ދަތުރުކުރި އެއަރލައިންތަކާއި ބައްދަލުކުރައްވާފައިވާ ކަމަށާއި، އޭގެ ތެރެއިން ގިނަ އެއަރލައިންތައް ޖުލައި މަހުގެ ތެރޭގައި ޝެޑިއުލް ދަތުރުތައް ކުރުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއެކު އައުމަށް ތައްޔާރުވެފައިވާ އެއަރލައިންތަކުގެ ތެރޭގައި ސްރީލަންކަން އެއަރލައިން، ސިލްކް އެރަރވޭސް، އެމިރޭޓްސް، އިންޑިގޯ، އިއްތިހާދް އެއަރވޭސް، ސިންގަޕޫރު އެއަރލައިން، ޓަރކިޝް އެއަރލައިން އަދި ހޮންގކޮންގު އެއަރލައިން ހިމެނެއެވެ.

އެއަރޕޯޓުގެ ތައްޔާރީތަކާއި ގުޅިގެން މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ކޮންމެ 20 މިނެޓަކުން ފުލައިޓް ޖައްސާ ކްލިއަރެންސް ހެދޭ ވަރަށް ނިއުނޯމަލްގައި މަސައްކަތް ކުރެވޭނެކަމުގެ ޔަގީންކަން އެމްއޭސީއެލުން ދެއްވާފައިވާ ކަމަށެވެ. އަދި މި މަސްދުވަހުގެ ތެރޭގައި އިތުރަށް ގެންނަން ޖެހޭ އިސްލާހު ގެންނާނެ ކަމަށެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައި އޮތް އޮތުން ނިމުމަށް ގެނެސް ޖުލައި މަހުގެ 15 ވަނަ ދުވަހު އަލުން ބޯޑަރުތައް ހުޅުވާލާނެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރަސްމީކޮށް އިއުލާންކުރައްވާފައިވަނީ އަންގާރަ ދުވަހުއެވެ.

ރައީސް ސޯލިހު ވިދާޅުވީ، ޖުލައި މަހުގެ 15 ވަނަ ދުވަހު ރިސޯޓްތައް ވެސް ހުޅުވާލަން ހަމަޖެހިފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ، ބޯޑަރު ހުޅުވާލާއިރު ރާއްޖެއަށް ލިބޭ އެންމެ މުހިއްމު ހިތްހަމަޖެހުމަކީ ރާއްޖެއަކީ ދަތުރުކުރުމަށް ރައްކާތެރި ގައުމެއް ކަމަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޖަރުމަނުވިލާތުން ކަނޑައަޅާފައިވުން ކަމަށެވެ.

ރައީސް ވިދާޅުވީ، ފަތުރުވެރިކަން އަލަށް ފަށައިގަންނައިރު ސަރުކާރުގެ ވިސްނުން ހުރީ އިގްތިސާދީ އަވަސް ރިކަވަރީއަކާއި ދިމާލަށް ކަމަށެވެ. އެކަމަށްޓަކައި ކަމާއިގުޅޭ ހުރިހާ ދާއިރާއެއްގެ ބައިވެރިވުމާއި، ހިޔާލާއި މަޝްވަރާގެ މަތިން ކުރާނެ ކަންކަން ރާވައި، ހިންގުމުގެ އިތުރުން ފައިސާ ހޯދުމުގައިކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ޓާސްކުފޯސް އެއް އެކުލަވާލާފައިވާކަން ރައީސް ސޯލިހު ފާހަގަކުރެއްވިއެވެ.

ބޯޑަރު ހުޅުވާލާނީ ހުރިހާ ގައުމުތަކަށް ކަމަށާއި، އެއްވެސް ގައުމެއް އިސްތިސްނާ ނުކޮށް ކަމަށެވެ. މުޅި އަހަރުގެ ތެރޭގައި އަށް ލައްކަ ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ސަރުކާރުން އަންދާޒާ ކޮށްފައިވާއިރު، އެ އަމާޒަށް ވާސިލުވާން ނިއު ނޯމަލްގެ ތެރޭގައި ރާއްޖެއަށް ފަސް ލައްކަ ފަތުރުވެރިން ޒިޔާރަތްކުރަން ޖެހެއެވެ.

ސަރުކާރާއި ކަމާބެހޭ އެހެނިހެން ފަރާތްތަކުން އަންދާޒާކުރާ ގޮތުގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސީޒަން (ޑިސެމްބަރު-މާރޗު) އަންނަންވާއިރަށް، ފަތުރުވެރިކަން މަޑުމަޑުން ހަމައަކަށް އެޅިގެންދާނެއެވެ. މިހާރުގެ ހުރިހާ އަންދާޒާކުރުންތަކަކީ، 30 އިންސައްތަ އޮކިއުޕަންސީގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ އަންދާޒާކުރުންތަކެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެއްސެއްގެ އަތުގައި އޮތް އާއިލާ މެންބަރެއްގެ ބީއެމްއެލް ކާޑު ހިފެހެއްޓި މައްސަލައެއް!

2

ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށައިފި

3

ރިސޯޓެއް ހަދަން ނެގި ލޯނާ ގުޅިގެން ފައްޔާޒަށް ތުހުމަތުކޮށް ދެކެވުނު ވާހަކަ ތަކަށް ފައްޔާޒުގެ ރައްދެއް!

4

އީރާނަށް ހަމަލާދިނުމުގެ ތައްޔާރީތަކާއެކު އެމެރިކާގެ އަސްކަރީ މުދާއުފުލާ 10 ބޯޓެއް އިސްރާއީލަށް ޖައްސައިފި

5

ދައުލަތުގެ ސިޔާދަތާ ގުޅޭ ކަންކަމުގައި ގޮތް ކަނޑައެޅުމުގެ މެންޑޭޓެއް ސަލަފަކަށް ނެތް: ކުރީގެ އުއްތަމަ ފަނޑިޔާރު

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި

04 ފެބުރުއަރީ 2017
ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
31 ޖެނުއަރީ 2017

ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!

31 ޖެނުއަރީ 2017
ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!
30 ޖެނުއަރީ 2017

ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި

30 ޖެނުއަރީ 2017
ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
22 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

22 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!
18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް