Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕީއެސްޖީ އާއި ޓުލޫސްގެ ކުޅުންތެރިން ޕޮޒިޓިވްވުން

ޕީއެސްޖީ އާއި ޓުލޫސްގެ ކުޅުންތެރިން ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެއްޖެ

24 ޖޫން 2020 | ބުދަ 08:05

ޕީއެސްޖީގެ ތިން ކުޅުންތެރިއަކާއި އޮފިޝަލަކު ވަނީ ކޮވިޑް-19ށް ޕޮޒިޓިވް ވެފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 24 ޖޫން 2020 | ބުދަ 08:05
ޕީއެސްޖީގެ ފޯވާޑް ނޭމާ ކޮވިޑް-19ށް ޓެސްޓު ކުރަނިކޮށް

ޕީއެސްޖީގެ ފޯވާޑް ނޭމާ ކޮވިޑް-19ށް ޓެސްޓު ކުރަނިކޮށް

ފްރާންސްގެ ޕީއެސްޖީ އާއި ޓުލޫސްގެ ކުޅުންތެރިން ކޮރޯނާވައިރަސް (ކޮވިޑް-19) ށް ޕޮޒިޓިވް ވެއްޖެއެވެ.

ސެޕްޓެމްބަރު މަހުގެ ކުރިން މީހުން އެއްވެ އުޅެ ކުރިއަށް ގެންދާ އެއްވެސް ހަރަކާތެއް ނުބޭއްވޭނެ ކަމަށް ފްރާންސް ސަރުކާރުން ނިންމުމާއެކު މި ސީޒަނުގެ ފްރެންޗު ލީގު ވަނީ ކެންސަލް ކޮށްފައެވެ.

މި ސީޒަނުގެ ފްރެންޗު ލީގު ކެންސަލް ކޮށް ޕީއެސްޖީއަށް ޗެމްޕިއަންކަން ދީފައިވީ ނަމަވެސް، މި ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީން އަދި ވާދަކުރާނެއެވެ. އެގޮތުން އޮގަސްޓް މަހު އަލުން ފަށާ ޗެމްޕިއަންސް ލީގުގެ މެޗުތަކަށް ތައްޔާރުވުމަށް ޕީއެސްޖީން ފަރިތަކުރުންތައް ފެށުމުގެ ކުރިން ވަނީ ކުޅުންތެރިންނާއި އޮފިޝަލުން ކޮވިޑް-19 ށް ޓެސްޓު ކޮށްފައެވެ.

އެގޮތުން ކުރިއަށް ގެންދިޔަ ޓެސްޓުތަކުން އެ ކްލަބުގެ ތިން ކުޅުންތެރިއަކާއި އޮފިޝަލަކު ވައިރަހަށް ޕޮޒިޓިވް ވިކަން ޕީއެސްޖީން ވަނީ ހާމަކޮށްފައެވެ. އެކަމަކު އެ ކުޅުންތެރިންގެ ނަންތައް އެ ކްލަބުން ހާމަކޮށްފައެއް ނުވެއެވެ.

އަދި މި ސީޒަނުގެ ފްރެންޗު ލީގު ކެންސަލް ކުރުމާއެކު ދެވަނަ ޑިވިޝަނަށް ރެލިގޭޓްވި ޓުލޫސްއިން ހޯމަ ދުވަހު ވަނީ ފަރިތަކުރުންތައް އަލުން ފެށުމުގެ ކުރިން ކުޅުންތެރިންނާއި އޮފިޝަލުން ކޮވިޑް-19ށް ޓެސްޓު ކޮށްފައެވެ. ރިޕޯޓުތައް ބުނާ ގޮތުން ޓުލޫސްއިން ކުރިއަށް ގެންދިޔަ ޓެސްޓު ތަކުން އެ ކްލަބުގެ ހަތަރު ކުޅުންތެރިއަކު ވަނީ ކޮވިޑް-19ށް ޕޮޒިޓިވް ވެފައެވެ.

ޕީއެސްޖީ އާއި ޓުލޫސްއިންވެސް ކޮވިޑް-19ށް ޕޮޒިޓިވްވި ކުޅުންތެރިންގެ ނަންތައް ހާމަނުކުރި ނަމަވެސް، އެ ހުރިހާ ކުޅުންތެރިންވެސް މިހާރު އައިސޮލޭޝަނަށް ބަދަލުކޮށްފައިވާކަން ވަނީ ހާމަކޮށްފައެވެ. އަދި ހަ ދުވަސް ފަހުން އަނެއްކާވެސް އެ ދެ ޓީމުގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ކޮވިޑް-19ށް ޓެސްޓު ކުރާނެކަން ވަނީ ހާމަކޮށްފައެވެ.

ކޮވިޑް-19 އާ ގުޅިގެން މި ސީޒަނުގެ ފްރެންޗު ލީގު ކެންސަލް ކުރިއިރު، ފްރެންޗު ލީގަކީ ޔޫރަޕުގެ ގަދަ ފަސް ލީގުގެ ތެރެއިން ކެންސަލް ކުރި ހަމައެކަނި ލީގެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

3

އީރާނުން އެމެރިކާގެ ދެ މަނަވަރަކަށާއި 18 އުޅަނދަކަށް ހަމަލާދީފި

4

ރައީސް މުއިއްޒުގެ ސިޓީފުޅާ އެކު، އިނގިރޭސިވިލާތުން ބުނީ ފޯޅަވަހީގެ މައްސަލަ އަކީ ރާއްޖެއާ ގުޅުން އޮތް ކަމެއް ނޫން ކަމަށް

5

ރައީސް ޔާމީން އަށް މެސެޖެއް ދެއްވުމަށް ވިދާޅުވި ކަމަށް މެންބަރު ޝުޖާއު ދެއްކެވި ވާހަކަ އަކީ ދޮގެއް ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
14 ޖެނުއަރީ 2017

ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

14 ޖެނުއަރީ 2017
ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް
12 ޖެނުއަރީ 2017

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

04 ޖެނުއަރީ 2017
މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް