Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިންސާނީ ވަގުފާރީގެ މައްސަލަ

ހިއުމަން ޓްރެފިކިންގެ މައްސަލަ ބޮޑުވީ އިމިގްރޭޝަން ދަށަށް ވަރކް ވީޒާ ބަދަލުކުރުމުން: ފައްޔާޒް

22 ޖޫން 2020 | ހޯމަ 18:31

އިމިގްރޭޝަން ގާނޫނަށް އިސްލާހު ހުށައަޅާފައިވަނީ ސަރުކާރުން ބޭނުންވާ ގޮތަށް: ފައްޔާޒު

އަމަން ހަލީމް
އަމަން ހަލީމް | 22 ޖޫން 2020 | ހޯމަ 18:31
އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް މިނިމަމް ވޭޖަށް އާންމުންގެ ހިޔާލު ހޯދަން ހުށައެޅި ބައްދަލުވުމުގައި ވާހަކަދައްކަވަނީ

އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް މިނިމަމް ވޭޖަށް އާންމުންގެ ހިޔާލު ހޯދަން ހުށައެޅި ބައްދަލުވުމުގައި ވާހަކަދައްކަވަނީ

އިންސާނީ ވަގުފާރީގެ ބޮޑެތި މައްސަލަތައް ފެންމަތިވީ، ވަރކް ވީޒާއާ ގުޅޭ ކަންކަން އިމިގްރޭޝަންގެ ދަށަށް ބަދަލު ކުރެވުނު ފަހުން ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގައި ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ، ސަރުކާރުން ބޭނުންވަނީ ވަރކް ވިސާއާއި ބިޒްނަސް ވިސާގެ ކަންކަން އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ކަމަށެވެ. ފައްޔާޒް ވިދާޅުވީ، މި ގާނޫނަށް ހުށައަޅާފައިވާ ހުރިހާ އިސްލާހުތަކަކީވެސް، ސަރުކާރުން އެކަމާއިމެދު ވަޒީރުންގެ މަޖިލިހުގައި މަޝްވަރާކުރެވި، ރަސްމީ އެޕްރޫވަލް ހޯދާފައިވާ ހުށައެޅުންތަކެއް ކަމަށެވެ.

Advertisement - newsAdvertisement

ސަރުކާރުން ހުށައެޅި ބިލުގައި ވަނީ، ވާރކް ވީޒާގެ ބަދަލުގައި ވާރކް ޕަރމިޓެއް ދޫކުރާ ގޮތަށް ހަމަޖައްސައި، ވަރކް ޕަރމިޓް ދޫކުރުމުގެ އެންމެހައި ކަންކަން، ވަޒީފާއާބެހޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ ވުޒާރާއިން ކުރާ ގޮތަށް ހަމަޖެއްސުމަށެވެ.

މިހާރުވެސް ގާނޫނުގައި ބިޒްނަސް ވިސާއާ ގުޅޭގޮތުން ބަޔާންކޮށްފައިވާ ގޮތަށް އަލިއަޅުވާލާ ފައްޔާޒް ވިދާޅުވީ، ބިޒްނަސް ވިސާ އަކީ ކަމާބެހޭ އިދާރާއެއްގެ ހުއްދަ ލިބިގެން ދޫކުރެވޭ ވިސާއެއް ކަމަށެވެ. އަދި މިހާރު އެ މިނިސްޓްރީގެ ހުއްދައެއް ހޯދުމަކާ ނުލާ އިމިގްރޭޝަނުން ބިޒްނަސް ވިސާ ދޫކުރަމުން އަންނަ ކަން ފާހަގަކުރައްވާ ފައްޔާޒް ވިދާޅުވީ، ގާނޫނުގައި ބުނާ ކަމާބެހޭ އިދާރާއަކި ރަޖިސްޓްރަރ އޮފް ބިޒްނަސް ކަމަށެވެ.

ފައްޔާޒް އިތުރަށް ވިދާޅުވީ، ބިޒްނަސް ވީޒާގެ ކަންތަކުގައި އިމިގްރޭޝަނުން ކަންކަން ކުރަން ޖެހޭނީ އެ މިނިސްޓްރީގެ އެޕްރޫވަލްގެ މައްޗަށް ބިނާކޮށް ކަމަށެވެ. އިމިގްރޭޝަން ގާނޫނަށް ހުށައަޅާފައިވާ އިސްލާހުގައި ވަނީ ބިޒްނަސް ވީޒާއާއި، އަލަށް ތައާރަފްކުރެވޭ ކޯޕަރޭޓް ރެޒިޑެންޓް ވީސާ ދޫކުރުމާއި، މުއްދަތު އިތުރުކުރުމާއި، ބާތިލްކުރުމާއިގުޅޭ ކަންކަން ކުރާނީ ރަޖިސްޓްރަރ އޮފް ބިޒްނަސް ކަމަށެވެ.

ވަރކް ވީޒާއާ ގުޅިގެން ހުށައަޅާފައިވާ އިސްލާހަށް ވާހަކަ ދައްކަވަމުން، ވަރކް ޕަރމިޓް ދޫކުރުމާއި، ފީ ނެގުމާއި، ބްލެކްލިސްޓް ކުރުން ފަދަ ކަންކަން ކުރާނީ މިނިސްޓްރީން ކަމަށް ވިދާޅުވިއެވެ. މިހާރު މި ބާރުތައް އިމިގްރޭޝަންގެ ދަށުގައި އޮތުމުން، ސަރުކާރުން ގެންގުޅޭ ލޭބަރ އުސޫލުތަކާއި ފުށުއަރާ ކަމަށެވެ. ފައްޔާޒް ގަބޫލުކުރައްވާ ގޮތުގައި ވިޔަފާރިތަކަށް ފިޔަވަޅު އެޅުމާއި ލުއި ދިނުމުގެ ކޮންޓްރޯލް އޮންނަން ޖެހޭނީ މިނިސްޓްރީގެ ދަށުގައެވެ.

ފައްޔާޒް އިތުރަށް ވިދާޅުވީ، މިހާރު ރާއްޖޭގައި ލިޔެކިޔުމެއް ނެތި އުޅޭ ބިދޭސީންގެ ކަންކަން ބޮއްސުން ލައިގެން ދިއުމުގައި އޭރު އިމިގްރޭޝަނުން ދައުރުގެ ބޮޑު ކަމަށެވެ. މިހާރުވެސް އިމިގްރޭޝަނަށް އިތުބާރު ނުކުރައްވާ މޭރުމަކުން ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ، ކޮމިޓީގެ ކްލޯޒްޑް ސެޝަނެއްގައި އެ ވާހަކަތައް ދައްކާނެ ކަމަށެވެ.

އިންސާނީ ވަގުފާރީގެ މައްސަލައިގައި އިމިގްރޭޝަންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރެވޭއިރު، ނިމިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އިކޮޮނޮމިކް މިނިސްޓްރީގެ ދަށަށް ވަރކް ވީޒާއަށް ބޭނުންވާ ކޯޓާ ދޫކުރުމުގެ ކަންކަން ވަނީ ބަދަލުކޮށްފައެވެ. އިންސާނީ ވަގުފާރީގެ މައްސަލައަށް ހައްލެއް ގެނައުމަކީ މި ސަރުކާރުގެ މުހިއްމު އެއް ވައުދެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް