Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަންހެނުންގެ ވޯލްޑް ކަޕް ބޭއްވުން

އަންހެނުންގެ ވޯލްޑް ކަޕަށް ބިޑް ނުކުރަން ޖަޕާނުންވެސް ނިންމަނީ

މީގެ ކުރިން ބްރެޒިލުން ވަނީ ބިޑް ނުކުރަން ނިންމާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 22 ޖޫން 2020 | ހޯމަ 11:21
މިދިޔަ އަހަރު ބޭއްފި އަންހެނުންގެ ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދި އެމެރިކާ ޓީމުގެ ކުޅުންތެރިން ތަށި އުފުލާލަނީ

މިދިޔަ އަހަރު ބޭއްފި އަންހެނުންގެ ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދި އެމެރިކާ ޓީމުގެ ކުޅުންތެރިން ތަށި އުފުލާލަނީ

2023 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ އަންހެނުންގެ ވޯލްޑް ކަޕަށް ބިޑް ނުކުރަން ޖަޕާނުންވެސް ނިންމާނެ ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

32 ގައުމު ވާދަކުރާ 2023 ވަނަ އަހަރުގެ އަންހެނުންގެ ވޯލްޑް ކަޕް ބޭއްވުމަށް ބިޑް ކޮށްފައިވާ ގައުމުތަކުގެ މެދުގައި ވޯޓުލުން ކުރިޔަށް ދާނީ އަންނަ ބުރާސްފަތި ދުވަހެވެ.

މީގެ ކުރިން އަންހެނުންގެ ވޯލްޑް ކަޕް ބޭއްވުމަށް ބިޑް ކުރާނެ ކަމަށް އިއުލާން ކޮށްފައިވަނީ ބްރެޒިލް، ކޮލަމްބިއާ، ޖަޕާން އަދި އޮސްޓްރޭލިއާ އާއި ނިއުޒިލޭންޑް (ޖޮއިންޓް ބިޑުގެ އުސޫލުން) ނެވެ. މީގެ ތެރެއިން ބްރެޒިލުން ދާދި ފަހުން ވަނީ އަންހެނުންގެ ވޯލްޑް ކަޕް ބޭއްވުމަށް ބިޑް ނުކުރާނެކަން ހާމަކޮށްފައެވެ. އޭގެ ބަދަލުގައި ކޮލަމްބިއާއިން ކޮށްފައިވާ ބިޑަށް އެއްބާރުލުން ދޭން ނިންމާފައިވާ ކަމަށްވެސް ބްރެޒިލުން ވަނީ ހާމަކޮށްފައެވެ.

ޖަޕާންގެ މީޑިއާ ރިޕޯޓުތައް ބުނި ގޮތުން އަންހެނުންގެ ވޯލްޑް ކަޕް ބޭއްވުމަށް ބިޑް ނުކުރަން ޖަޕާނުގެ ފުޓްބޯލް އެސޯސިއޭޝަނުން މިހާރު ވަނީ ނިންމާފައެވެ. ސަބަބަކީ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން އެ ގައުމަށް ދިމާވެފައިވާ މާލީ ހާލަތުގެ ސަބަބުން، އަންހެނުންގެ ވޯލްޑް ކަޕަށް ބޮޑު ޚަރަދެއް ނުކުރެވޭނެތީއެވެ.

ޖަޕާނަށް ދިމާވެފައިވާ މާލީ ގޮންޖެހުންތަކާއެކު 2023 ވަނަ އަހަރުގެ އަންހެނުންގެ ވޯލްޑް ކަޕް ބޭއްވުމަށް ބިޑް ނުކުރަން ނިންމި ކަމަށް ރިޕޯޓުތައް ބުނިއިރު، މިއަހަރު އެ ގައުމުގައި ބޭއްވުމަށް ހަމަޖެހިފައި އޮތް އޮލިމްޕިކް ގޭމްސް މިހާރު ވަނީ އަންނަ އަހަރަށް ފަސްކޮށްފައެވެ. އަދި އޮލިމްޕިކްސް އަންނަ އަހަރަށް ފަސްކުރުމުގެ ސަބަބުން، އެ ގައުމަށް މާލީ ގޮތުން ގެއްލުންތަކެއްވި ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.

ކޮވިޑް-19ގެ އަސަރު ޖަޕާނަށްވެސް ކޮށްފައިވާއިރު، އެ ގައުމުން މިހާތަނަށް 17،800 ށްވުރެ ގިނަ މީހުން ވަނީ ވައިރަހަށް ޕޮޒިޓިވް ވެފައެވެ. އަދި ވައިރަސް ޖެހިގެން އެގައުމުން މިހާތަނަށް 900ށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ

10 ފެބުރުއަރީ 2017
ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ
07 ފެބުރުއަރީ 2017

ކެވިން ލަވް ޓްރޭޑްކޮށް، ކާމެލޯ އެންތަނީ ކެވެލިއަރސްއަށް ގެންނަން މަސައްކަތެއް ނުކުރަން: ލެބްރޯން ޖޭމްސް

07 ފެބުރުއަރީ 2017
ކެވިން ލަވް ޓްރޭޑްކޮށް، ކާމެލޯ އެންތަނީ ކެވެލިއަރސްއަށް ގެންނަން މަސައްކަތެއް ނުކުރަން: ލެބްރޯން ޖޭމްސް
27 ޖެނުއަރީ 2017

ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

27 ޖެނުއަރީ 2017
ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ
26 ޖެނުއަރީ 2017

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ
23 ޖެނުއަރީ 2017

ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!

23 ޖެނުއަރީ 2017
ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު