Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުޅުނގު މޫސުމުގެ ވިއްސާރަ

ވިއްސާރައިގެ ގެއްލުންތައް ކުޑަކުރުމަށް ގުދުރަތީ ސިފަތައް ދަމަހަައްޓަން ޖެހޭ: އެންވަޔަރަމަންޓް ކޮމިޓީ

22 ޖޫން 2020 | ހޯމަ 13:35

މާލޭގައި ފެންބޮޑުވާ ކޮންމެ ފަހަރަކު 20 ގެއަކަށް ގެއްލުން ވަމުން ދޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 22 ޖޫން 2020 | ހޯމަ 13:35
މާލޭގެ ރަސްފަންނު: މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން، މިތަން މަރާމާތު ކުރުމާއި ބެލެހެއްޓުމަށް ބޮޑެތި ޚަރަދުތަކެއް ހިނގާކަމަށް ބުނޭ

މާލޭގެ ރަސްފަންނު: މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން، މިތަން މަރާމާތު ކުރުމާއި ބެލެހެއްޓުމަށް ބޮޑެތި ޚަރަދުތަކެއް ހިނގާކަމަށް ބުނޭ

މިހާރު ހިނގަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި އަދި ހާއްސަކޮށް، މިދިއަ މެއި މަހުގެ ތެރޭގައި ގަދަ ވަޔާއެކު ރާއްޖެއަށް ކުރި ވިއްސާރައިގައި ގެއްލުންތައް ކުޑަކުރުމަށް އަދި ކުރެވެމުންދާ މަސައްކަތާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ކޮމެޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ކޮމެޓީން ނިންމި ގޮތުގެ ރިޕޯޓްގައި، މިދިއަ މެއި މަހުގެ ތެރޭގައި ގަދަ ވަޔާއެކު ރާއްޖެއަށް ކުރި ވިއްސާރައިގައި ގެއްލުންތައް ކުޑަކުރުމަށް އަދި ކުރެވެމުންދާ މަސައްކަތުގެ މައްޗަށް އަލިއަޅުވާލާފައި ވެއެވެ.

Advertisement - newsAdvertisement

އެގޮތުން ކޮމެޓީ ރިޕޯޓްގައި ފާހަގަކޮށްފައިވާ ބައެއް ކަންކަމަށް ބަލާއިރު، މަގު ހެދުމުގެ މަސައްކަތް ކުރަމުންދާ ރަށްތަކުގައި ޑްރެއިނިން ސިސްޓަމްތައް ހަރުކުރުމަށް ޑިޒައިންކުރެވިފައިވާކަމާއި، ބައެއް ރަށްރަށުގައި ގުދުރަތީގޮތުން ފެންހިނދޭގޮތަށް އަދި އަނެއްބައި ރަށްރަށުގައި ޕަންޕުތައް މެދުވެރިކޮށް ފެން ހިންދޭގޮތަށް ޑިޒައިންކުރުމުގެ މަސައްކަތް ކުރެވެމުންދާކަން ފާހަގަކޮށްފައި ވެއެވެ.

ފެން ހިންދާ ނިޒާމެއް ގާއިމުކުރުމަކީ ކުރަން ރަނގަޅުކަމެއް ކަމުގައިވިޔަސް، އެއީ ވަރަށް ޚަރަދު ހިނގާނެ ކަމެއްކަމާއި، އަދި އެންމެ ރަނގަޅު ގޮތަކީ ގުދުރަތީ ގޮތުން ފެން ހިނދޭގޮތަށް ހުރި ރަށްރަށުގެ ވެއްޓަށް ބަދަލު ގެނެވޭއިރު، ގުދުރަތީ މުހިއްމު މިފަދަ ސިފަތަކަށް ބަދަލު ނާންނާނެ ގޮތަކަށް ކަންކަން ރޭވުންކަން ވެސް ކޮމެޓީ ރިޕޯޓުގައި ވެއެވެ.

މިފަހަރު އެންމެ ބޮޑަށް ފެން ބޮޑުވި އައްޑޫ ސިޓީގެ ފޭދޫގައި ސްޓޯމް ވޯޓަރ ޑްރައިނޭޖް ސިސްޓަމެއް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާކަމާއި، މިހާރު ނުނިމިހުރި މަސައްކަތަކީ ޕަންމްޕްތައް ހިންގުމަށްޓަކައި ބޭރުން ގެންނަންޖެހޭ ޕެނަލްތަކެއް ގެނެސް ހަރުކުރުންކަން ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ.

މީގެއިތުރުން، މާލޭގައި ފެންބޮޑުވާ ކޮންމެ ހާދިސާއެއްގައި ފެންވަދެ ގެއްލުން ލިބޭކަމަށް ފާހަގަކުރެވިފައިވާ 20 ގެ އަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ކުރެވެންހުރި ކަންކަމާމެދު ކަމާބެހޭ މުއައްސަސާތަކުގެ މެދުގައި މަޝްވަރާ ކުރެވެމުންދާކަމުގެ މައުލޫމާތު ކޮމެޓީއަށް ލިބިފައިވާ ކަމަށްވެސް ރިޕޯޓްގައި ވެއެވެ.

ކޮމެޓީ ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުން، ވަގުތީ ގޮތުން ރަސްފަންނު ބޭނުންކުރެވޭވަރަށް މަރާމާތުކުރުމަށްވެސް ބޮޑު ޚަރަދެއް ހިނގާކަމަށާއި، އަދި އެތަން ދެމެހެއްޓުމަށް ބޮޑު ޚަރަދެއް އާންމު ގޮތެއްގައިވެސް ހިނގާކަމަށް ވެއެވެ. އަދި ގޮނޑުދޮށުގެ ވެލިގަނޑު ބޭއްވެނީ، އާޓިފިޝަލް ބީޗުން ވެލިގެނެސް، ވެލި އަޅައިގެންކަން ކޮމެޓީގެ ހޯދުންތަކުން އެނގިފައިވާ ކަމަށްވެސް ކޮމެޓީގެ ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ.

މާލޭގައި ފެންބޮޑުވިޔަ ނުދިނުމަށްޓަކައި ވެސްޓްޕާކް އަދި އައިޖީއެމްއެޗް ސަރަހައްދުގައި ޕަމްޕް ސްޓޭޝަން ގާއިމުކުރުމުގެ މަސައްކަތް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއާ ގުޅިގެން މާލެ ސިޓީ ކައުންސިލުން ކުރިއަށްގެންދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށްވެސް ރިޕޯޓުގައި ވެއެވެ.

މީގެއިތުރުން، ސިނަމާލެ ބްރިޖުން ފައިބާ ފެން މާލެތެރެއަށް އަޔަނުދީ، ހިންދުމަށްޓަކައި ބްރިޖްގެ ދަށުގައި ފެން ރައްކާކުރެވޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާކަން އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ކޮމެޓީން ނިންމާފައިވާ ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.

ކޮމެޓީގެ މި ހޯދުންތަކާއި ގުޅިގެން، ކަމާބެހޭ އިދާރާތަކަށް ކޮމެޓީގެ ހުށަހެޅުންތަކެއް ވެސް ރިޕޯޓްގައި ހިމަނާފައި ވެއެވެ.

އެގޮތުން، ރާއްޖޭގެ ރަށްތަކުގައި ފެންބޮޑުވުން ކޮންޓްރޯލް ކުރުމަށްޓަކައި، ކޮންމެ ރަށަކަށް އެންމެ އެކަށީގެންވާ ޑްރެއިނޭޖް ނިޒާމަކީ ކޮބައިކަން ދެނެގަތުމަށް ހާއްސަ ޕްރޮގްރާމެއް އެކުލަވާލައި، ކުރަންޖެހޭ ސަރވޭތައް ފުރިހަމަކޮށް، އެ ސަރވޭތަކުގެ މައްޗަށް ބިނާކޮށް ކޮންމެ ރަށަކަށް އެންމެ އެކަށީގެންވާ ހައްލެއް ދެނެގަތުމާއި، މިކަމަށް ހިނގާނެ ޚަރަދާއި، މަސައްކަތަށް ހޭދަވާނެ މުއްދަތާއި، މަސައްކަތް ހިނގާނެ ގޮތުގެ ޕްލޭނެއް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ, ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ތައްޔާރުކޮށް، ކުރިއަށް އޮތް 8 މަސް ދުވަހުގެ ތެރޭގައި އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ކޮމެޓީއަށް ހިއްސާ ކުރުމަށް ކޮމެޓީގެ ހުށަހެޅުުގައި ވެއެވެ.

މީގެއިތުރުން، ކޮމެޓީން ހޯދިފައިވާ ކަންކަމުގެ މައްޗަށް ރިއާޔަތްކޮށް، ނިންމަންހުރި މަސައްކަތްތައް ނިންމުމާއި، ހަދަންޖެހޭ ޕްލޭންތައް ހެދުމަށާއި މަސައްކަތްތައް ހިނގަމުންދާ ގޮތް އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ކޮމެޓީއަށް ހިއްސާ ކޮށްދިނުމަށް ވަކިވަކި މުއްދަތުތަކެއް ކަނޑައަޅައި، ކަމާބެހޭ މުއައްސަސާތަކުން އެ މުއްދަތުގެ ތެރޭގައި ކޮމެޓީއާ ހިއްސާ ކުރުމަށް ކޮމިޓީން ވަނީ އެދިފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

04 މެއި 2018

ނުފެންނަ އެތައް ގެއްލުންތައް ތައުލީމީ ނިޒާމަށް ޔާމީންގެ ސަރުކާރުން ދޭ: ރޮޒެއިނާ

04 މެއި 2018
ނުފެންނަ އެތައް ގެއްލުންތައް ތައުލީމީ ނިޒާމަށް ޔާމީންގެ ސަރުކާރުން ދޭ: ރޮޒެއިނާ
03 މެއި 2018

ބަޔާން ދެއްވި ގާޒީންގެ ކިބައިން ފަނޑިޔާރުންގެ ސިފަތައް އުނިވޭ: ޙަސީން

03 މެއި 2018
ބަޔާން ދެއްވި ގާޒީންގެ ކިބައިން ފަނޑިޔާރުންގެ ސިފަތައް އުނިވޭ: ޙަސީން
29 ޑިސެމްބަރު 2017

ގުދުރަތީ ކާރިސާތަކަކީ އަޅުތަކުން އިމްތިހާނު ކުރުވުމަށް ކުރިމަތިކުރުވާ ކަންތައްތައް: ޚުތުބާ

29 ޑިސެމްބަރު 2017
ގުދުރަތީ ކާރިސާތަކަކީ އަޅުތަކުން އިމްތިހާނު ކުރުވުމަށް ކުރިމަތިކުރުވާ ކަންތައްތައް: ޚުތުބާ
02 ޑިސެމްބަރު 2017

ވިއްސާރައިގައި ރަށްތަކަށް ލިބުނު ގެއްލުންތައް އެމްޑީޕީން ބަލަނީ

02 ޑިސެމްބަރު 2017
ވިއްސާރައިގައި ރަށްތަކަށް ލިބުނު ގެއްލުންތައް އެމްޑީޕީން ބަލަނީ
08 ނޮވެމްބަރު 2017

މިއަދު މި ރާއްޖޭން މި ފެންނަނީ އިންސާނުންގެ އެންމެ ނުބައި ނުލަފާ ސިފަތައް: ފައްޔާޒް

08 ނޮވެމްބަރު 2017
މިއަދު މި ރާއްޖޭން މި ފެންނަނީ އިންސާނުންގެ އެންމެ ނުބައި ނުލަފާ ސިފަތައް: ފައްޔާޒް
21 ސެޕްޓެމްބަރު 2017

ޚަރަދު ކުޑަކުރުމަށް ސަރުކާރުގެ އޮފީސްތަކަށް އަންގައިފި

21 ސެޕްޓެމްބަރު 2017
ޚަރަދު ކުޑަކުރުމަށް ސަރުކާރުގެ އޮފީސްތަކަށް އަންގައިފި
23 ޖުލައި 2017

ޔާމިންގެ ކިބައިން ރައީސްގެ ސިފަތައް ގެއްލިއްޖެ، މި ތިބީ ދޫދޭކަށެއް ނޫން: ޝިފާޒް

23 ޖުލައި 2017
ޔާމިންގެ ކިބައިން ރައީސްގެ ސިފަތައް ގެއްލިއްޖެ، މި ތިބީ ދޫދޭކަށެއް ނޫން: ޝިފާޒް
01 ޖޫން 2017

ވިއްސާރައިގައި މާލެއަށް ބައެއް ގެއްލުންތައް ވެއްޖެ

01 ޖޫން 2017
ވިއްސާރައިގައި މާލެއަށް ބައެއް ގެއްލުންތައް ވެއްޖެ
11 ފެބުރުއަރީ 2017

އުޅަނދުތައް ޓޯވް ކުރަން ފަށަނީ، ޓޯވް ކުރުމުގައި ލިބޭ ގެއްލުން ކުޑަކުރުމަށް އުޅަނދުގެ ބިއްލޫރިގަނޑު ތަޅާލެވޭނެ: ފުލުހުން

11 ފެބުރުއަރީ 2017
އުޅަނދުތައް ޓޯވް ކުރަން ފަށަނީ، ޓޯވް ކުރުމުގައި ލިބޭ ގެއްލުން ކުޑަކުރުމަށް އުޅަނދުގެ ބިއްލޫރިގަނޑު ތަޅާލެވޭނެ: ފުލުހުން
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް