Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑަބްލިއުއެސްސީ

ނަމާދު ކުރަނިކޮށް ޝޫޓް ކުރި ވީޑިއޯގެ މައްސަލަ ދަނީ ބަލަމުން: ޝާހު

މި ވީޑިއޯ ޝޫޓްކޮށްފައިވަނީ އެމްޑަބްލިއުއެސްސީގެ މުވައްޒަފަކު ނަމާދު ކުރަން ހުންނަނިކޮށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 22 ޖޫން 2020 | ހޯމަ 06:35
ނަމާދު ކުރަނިކޮށް ޝޫޓް ކޮށްފައިވާ ވީޑިއޯގެ ސްކްރީން ޝޮޓެއް

ނަމާދު ކުރަނިކޮށް ޝޫޓް ކޮށްފައިވާ ވީޑިއޯގެ ސްކްރީން ޝޮޓެއް

މޯލްޑިވްސް ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ) ގެ މުވައްޒަފަކު ނަމާދު ކުރަނިކޮށް ޝޫޓްކޮށްފައިވާ ވީޑިއޯގެ މައްސަލަ ބަލަމުންދާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ޝާހު ވިދާޅުވީ ސަމާސާއަކަށް ނަމަވެސް މީހަކު ނަމާދު ކުރަނިކޮށް، އެމީހާއަށް ޖެއްސުންކޮށް، ވީޑިއޯ ޝޫޓް ކުރުމަކީ އެއްވެސް ހާލެއްގައި ބަލައިގަންނާނެ ކަމަށް ނޫން ކަމަށާއި އެކަން ކުށްވެރި ކުރާ ކަމަށެވެ. އަދި މިހާރު ކުންފުނީގެ ހިއުމަން ރިސޯސަސް ޑީޕާޓްމަންޓުން އެ ކަންތައް ހިނގައި ދިޔަ ގޮތް ތަހުޤީޤު ކުރަމުންދާ ކަމަށް ވެސް ޝާހު ވިދާޅުވިއެވެ.

Advertisement - newsAdvertisement

މި ވީޑިއޯ އިން ފެންނަ ގޮތުގައި އެމްޑަބްލިއުއެސްސީގެ މުވައްޒަފު ނަމާދު ކުރަން ހުންނަނިކޮށް ބަޔަކު މީހުން އޭނާގެ ވީޑިއޯއެއް ޝޫޓް ކުރަމުންދެއެވެ. އަދި ވީޑިއޯ އިން ފެންނަ ގޮތުގައި އެމީހާ ނަމާދު ކުރަމުންދާ ވަރަކަށް ވީޑިއޯ ޝޫޓް ކުރި މީހާ އެކި ޒާތްޒާތުގެ އެއްޗެހިތައް ކިޔަމުންދެއެވެ. އަދި އެމީހާއަށް ނަމާދު ނުކުރެވިގެން އެންމެ ފަހުން ނަމާދު ކުރުން ހުއްޓާލައެވެ.

މި ވީޑިއޯ ހަލުވި ކަމާއެކު ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ދައުރުވަމުންދާއިރު ގިނަ ބަޔަކު ވަނީ މިކަން ކުށްވެރިކޮށްފައެވެ. އަދި ސަމާސާއަކަށް ނަމަވެސް މިފަދަ ކަންތައްތައް ކުރުމަކީ އެދެވިގެންވާ ކަމެއް ނޫން ކަމަށް އެ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު