Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

ބެންޒެމާގެ ދެ ލަނޑާއެކު ރެއާލުން ފަރަގު ކުޑަކޮށްފި

ވެލެންސުއާ އަތުން ރެއާލް މޮޅުވީ 3-0 ން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 19 ޖޫން 2020 | ހުކުރު 07:03
ރެއާލް އާއި ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ރެއާލް މޮޅުވީ 3-0 ން

ރެއާލް އާއި ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ރެއާލް މޮޅުވީ 3-0 ން

ކަރިމް ބެންޒެމާ ކާމިޔާބުކުރި ދެ ލަނޑާއެކު ރެއާލް މެޑްރިޑުން ސްޕެނިޝް ލީގުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ކުޑަކޮށްފިއެވެ.

ބުރާސްފަތި ދުވަހުގެރޭ ލީގުގައި ވެލެންސިއާ އަތުން ރެއާލް މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ.

ރެއާލްގެ ދަނޑުގައި ކުޅުނު މެޗު ފަށައިގެން އެޓީމުން ވެލެންސިއާގެ ހާފަށް ބާރު ބޮޑުކުރިއިރު، މެޗުގެ 11 ވަނަ މިނެޓުގައި ރެއާލްގެ ބެލްޖިއަމް ފޯވާޑް އެޑެން ހަޒާޑަށް ވަނީ ލަނޑު ޖަހަން ރަނުގެ ފުރުސަތެއް ލިބިފައެވެ. އެކަމަކު ހަޒާޑް ފޮނުވާލި ހަމަލާ ވެލެންސިއާގެ ގޯލްކީޕަރު ވަނީ ހުޝިޔާރު ކަމާއެކު ދިފާއުކޮށްފައެވެ.

މި ހަމަލާއަށްފަހު ވެލެންސިއާއިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް ރެއާލްގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އެގޮތުން މެޗުގެ 14 ވަނަ މިނެޓުގައި ވެލެންސިއާގެ ފޯވާޑް ރޮޑްރިގޯ ފޮނުވާލި ނުރައްކާތެރި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. އޭގެ ފަހުން މެޗުގެ 20 ވަނަ މިނެޓުގައި ވެލެންސިއާއިން ލަނޑެއް ޖެހި ނަމަވެސް، ވީޑިއޯ އެސިސްޓަނންޓް ރެފްރީ (ވީއޭއާރް) ން ވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމުގައި ނިންމާފައެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ރެއާލުން އެޓީމުގެ ކުޅުން ރަނގަޅުކުރިއިރު، މެޗުގެ 61 ވަނަ މިނެޓުގައި ރެއާލުން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހަޒާޑް ތަނަވަސްކޮށްދިން ފުރުސަތަކުން ކަރިމް ބެންޒެމާއެވެ.

މި ލަނޑަށްފަހުވެސް ރެއާލުން ވަނީ ފުލުފުލުގައި ވެލެންސިއާގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އެގޮތުން މެޗުގެ 74 ވަނަ މިނެޓުގައި ރެއާލުން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެންޑީ ތަނަވަސްކޮށްދިން ފުރުސަތަކުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި އެސެންސިއޯއެވެ. ރެއާލުން މި މެޗުގައި ކާމިޔާބުކުރި ފަހު ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ބެންޒެމާއެވެ.

މި ނަތީޖާއާއެކު ރެއާލް އޮތީ ކުޅުނު 29 މެޗުން ލިބުނު 62 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައެވެ. ތާވަލުގެ އެއްވަނައިގައި ބާސާ އޮތީ ކުޅުނު 29 މެޗުން ލިބުނު 64 ޕޮއިންޓާއެކުގައެވެ. އަދި ތިންވަނައިގައި އޮތް ސެވިއްޔާއަށް 29 މެޗުން 51 ޕޮއިންޓު ވަނީ ލިބިފައެވެ.

އިތުރަށް ކިޔާލަން

29 އެޕްރީލު 2017

އަސައްކޮގެ ހަމައެކަނި ލަނޑާއެކު މާޒިޔާއަށް މޮޅެއް

29 އެޕްރީލު 2017
އަސައްކޮގެ ހަމައެކަނި ލަނޑާއެކު މާޒިޔާއަށް މޮޅެއް
27 އެޕްރީލު 2017

ޕްރިމިއާ ލީގު: ޓޮޓެންހަމް ފަރަގު ކުޑަކުރިއިރު، އާސެނަލް ގަދަ ހަތަރެއްގެ އުންމީދު އާކޮށްފި

27 އެޕްރީލު 2017
ޕްރިމިއާ ލީގު: ޓޮޓެންހަމް ފަރަގު ކުޑަކުރިއިރު، އާސެނަލް ގަދަ ހަތަރެއްގެ އުންމީދު އާކޮށްފި
19 އެޕްރީލު 2017

އުމޭރުގެ ހަމައެކަނި ލަނޑާއެކު މާޒިޔާއަށް މޮޅެއް

19 އެޕްރީލު 2017
އުމޭރުގެ ހަމައެކަނި ލަނޑާއެކު މާޒިޔާއަށް މޮޅެއް
17 އެޕްރީލު 2017

ފިރްމީނިއޯގެ ހަމައެކަނި ލަނޑާއެކު ލިވަޕޫލަށް މޮޅެއް

17 އެޕްރީލު 2017
ފިރްމީނިއޯގެ ހަމައެކަނި ލަނޑާއެކު ލިވަޕޫލަށް މޮޅެއް
15 އެޕްރީލު 2017

އިސްކޯގެ ހިތްގައިމު ލަނޑާއެކު ރެއާލަށް ހިތްހަމަޖެހުމެއް

15 އެޕްރީލު 2017
އިސްކޯގެ ހިތްގައިމު ލަނޑާއެކު ރެއާލަށް ހިތްހަމަޖެހުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު