Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވާނާ ޗެލްސީއަށް ބަދަލުވުން

ވާނާގެ ސޮއި ޗެލްސީން ހޯދައިފި

ލެއިޕްޒީގްގެ އެއްބަސްވުން އުވާލަން 50 މިލިއަން ޔޫރޯ ދައްކަން ޗެލްސީން ވަނީ އެއްބަސްވެފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 18 ޖޫން 2020 | ބުރާސްފަތި 11:04
އާރުބީ ލެއިޕްޒީގްގެ ފޯވާޑް ޓިމޯ ވާނާ: އޭނާ އަންނަނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން

އާރުބީ ލެއިޕްޒީގްގެ ފޯވާޑް ޓިމޯ ވާނާ: އޭނާ އަންނަނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން

ޖަރުމަންގެ އާރުބީ ލެއިޕްޒީގަށް ކުޅެމުން އަންނަ ހުނަރުވެރި ފޯވާޑް ޓިމޯ ވާނާގެ ސޮއި ޗެލްސީން ހޯދައިފިއެވެ.

މީގެ ކުރިން ޗެލްސީއަށް ބަދަލުވާން ވާނާ އެއްބަސްވި ވާހަކަ ލެއިޕްޒީގުން ދޮގުކުރި ނަމަވެސް، ބުރާސްފަތި ދުވަހު ޗެލްސީން ވަނީ ވާނާގެ ސޮއި ހޯދިކަން އިއުލާން ކޮށްފައެވެ. ވާނާގެ ސޮއި ޗެލްސީން ހޯދީ އޭނާ ލެއިޕްޒީގާއެކު ހަދާފައިވާ އެއްބަސްވުން އުވާލަން ދައްކަން ޖެހޭ 50 މިލިއަން ޔޫރޯ ދައްކަން އެއްބަސްވުމުންނެވެ. ޗެލްސީއާއެކު ވާނާ ހަދާފައިވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެކެވެ. ރިޕޯޓުތައް ބުނާ ގޮތުން ވާނާއާށް ޗެލްސީގައި އަހަރަކު 10 މިލިއަނަށް ވުރެ ގިނަ ޔޫރޯ ލިބޭނެއެވެ.

ވާނާގެ ސޮއި ޗެލްސީން ހޯދިއިރު، އޭނާ ރަސްމީކޮށް ޗެލްސީ އަށް ބަދަލުވާނީ މި ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގު ނިމުމުންނެވެ.

ޗެލްސީއަށް ބަދަލުވާން ވާނާ އެއްބަސްވިއިރު، އޭނާ ހޯދުމަށް މީގެ ކުރިން އިންޓަ މިލާނާއި، ބާސެލޯނާ އާއި، މެންޗެސްޓާ ޔުނައިޓެޑް އަދި ލިވަޕޫލުން ވެސް ވަނީ މަސައްކަތްކޮށްފަ އެވެ. މީގެ ތެރެއިން ވާނާ އަށް އެންމެ ބޮޑަށް ފާރަލީ ލިވަޕޫލުންނެވެ.

އެގޮތުން މީގެ ކުރިން ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް އާއެކު މަސައްކަތްކުރަން ބޭނުންވާ ކަމަށް ވާނާ ބުނި ނަމަވެސް، ލިވަޕޫލުން ވަނީ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ މި ހާލަތުގައި އެ ވަރުގެ އަގެއް އިތުރު ފޯވާޑަކަށް ޚަރަދުކުރަން ބޭނުންނުވާ ކަމަށް ބުނެ، އަގު ކުޑަކުރަން ހުށަހަޅާފަ އެވެ. އެކަމަކު ލެއިޕްޒީގުން އެކަމަށް އެއްބަސްވެފައެއް ނުވެއެވެ.

އުމުރުން 24 އަހަރުގެ ވާނާ އަންނަ ސީޒަނުގައި ޗެލްސީ އަށް ބަދަލުވާން އެއްބަސްވިއިރު، އޭނާ އަންނަނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން ވާނާ ވަނީ މި ސީޒަނުގައި މިހާތަނަށް 43 މެޗުން 32 ލަނޑު ކާމިޔާބުކޮށްފައެވެ.

ގަވާއިދާ ޚިލާފާށް ކުޅުންތެރިން ރަޖިސްޓްރީ ކުރުމުގައި ޗެލްސީން ފީފާ ގަވާއިދުގެ 150 ކަމަކާ ޚިލާފުވެފައިވާތީ ދެ ޓްރާންސްފާ ބާޒާރުގައި ކުޅުންތެރިން ނުގެނެވޭ ގޮތަށް ދިން އަދަބު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ސީއޭއެސްއިން ލުއިކޮށްދިންއިރު، ވާނާ އަކީ އޭގެ ފަހުން ޗެލްސީން ހޯދި ދެވަނަ ކުޅުންތެރިޔާއެވެ.

މީގެ ކުރިން އެ ކްލަބުން ސޮއި ހޯދާފައިވަނީ އަޔަކްސްއަށް ކުޅެމުން އަންނަ މޮރޮކޯގެ ތަރި ހަކީމް ޒިޔެކްއެވެ. އެކަމަކު އޭނާވެސް ޗެލްސީއާ ގުޅޭނީ މި ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގު ނިމުމުންނެވެ.

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

ކްލަބް ފްރެންޑްލީ: ރެކޯޑު ބަޖެޓަކާ އެކު ނިކުންނަ ނިއުގެ މައްޗަށް ޓީސީ ކުރިހޯދައިފި

28 ޖެނުއަރީ 2017
ކްލަބް ފްރެންޑްލީ: ރެކޯޑު ބަޖެޓަކާ އެކު ނިކުންނަ ނިއުގެ މައްޗަށް ޓީސީ ކުރިހޯދައިފި
28 ޖެނުއަރީ 2017

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި
23 ޖެނުއަރީ 2017

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

23 ޖެނުއަރީ 2017
އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
12 ޖެނުއަރީ 2017

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު