Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު

ބަންދެއްގައި ހުންނަތާ މިހާރު ދެތިން އަހަރު ވެއްޖެ: ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު

18 ޖޫން 2020 | ބުރާސްފަތި 10:23

އަބްދުﷲ ސައީދު ވިދާޅުވީ އެއްތަނުން އަނެއްތަނަށް ދަތުރު ނުކުރެވޭގޮތަށް އޭނާގެ މައްޗަށް އަމުރެއް އެބައޮތް ކަމަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 18 ޖޫން 2020 | ބުރާސްފަތި 10:23
ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަނީ (ކުރީގެ ފޮޓޯއެއް)

ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަނީ (ކުރީގެ ފޮޓޯއެއް)

އެއްތަނުން އަނެއްތަނަށް ދަތުރު ނުކުރެވޭގޮތަށް ބަންދުގައި ހުންނަވާތާ ދެތިން އަހަރުވެފައިވާތީ، ސުޕްރީމް ކޯޓުގައި މިހާރު ހިނގަމުންދާ ސިއްރި ހެކީގެ މައްސަލަ ވީހާވެސް އަވަހަކަށް ނިންމަވާ ދެއްވުމަށް ސުޕްރީމް ކޯޓުގެ ކުރީގެ އުއްތަމަ ފަނޑިޔަރު އަބްދުﷲ ސައީދު ވިދާޅުވެއްޖެ އެވެ.

އަބްދުﷲ ސައީދު މިހެން ވިދާޅުވީ، ސުޕްރީމް ކޯޓުގައި ބުރާސްފަތި ދުވަހުގެ ބޭއްވި ސިއްރު ހެކީގެ މައްސަލައިގެ އަޑުއެހުމުގަ އެވެ. މިއަޑުއެހުން ސުޕްރީމް ކޯޓުން ކުރިއަށް ގެންގޮސްފައިވަނީ ވެބް ކޮންފަރެންސް މެދުވެރިކޮށެވެ.

Advertisement - newsAdvertisement

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރު ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރުކަމުގެ މަގާމުގައި ހުންނެވި، އަބްދުﷲ ސައީދުގެ މައްޗަށް ދައުލަތުން ކުރި ޢަދުލް އިންސާފު ގާއިމުކުރަން ހުރަސްއެޅުމުގެ ކުށުގެ ދައުވާ، ކްރިމިނަލް ކޯޓުން ސާބިތުވާ ކަމަށް ނިންމާއި ޖަލަށް ހުކުމް ކުރި އެވެ. ކްރިމިނަލް ކޯޓުންކުރި މިހުކުމް އަބްދުﷲ ސައީދުގެ ފަރާތުން ވަނީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ. އަދި ހައިކޯޓުން ވަނީ އަބްދުﷲ ސައީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލްކަމަށް ނިންމާފަ އެވެ.

ޕީޖީ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅީ، އަބްދުﷲ ސައީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ބާތިލް ކުރުމަށް ނިންމި، ހައިކޯޓުގެ 2018 ވަނަ އަހަރުގެ 387 ވަނަ ނަންބަރުގެ ޤަޟިއްޔާގައި ސިއްރު ހެއްކާބެހޭގޮތުން ކަނޑައެޅުއްވި އުޞޫލު، ޤާނޫނީ ގޮތުން ރަނގަޅުކަމަށް ނުފެންނާތީ، އެޤަޟިއްޔާގެ އެބައި (ޤާނޫނު މާނަކުރުމުގެ ބައި) އެވެ.

މިމައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހުގެ ބޭއްވި އަޑުއެހުމުގައި، ދެފަރާތުގެ އަޑުހުންތަކަށްފަހު، މިމައްސަލައިގެ ފަހުބަހެއްގެ ގޮތުގައި ވާހަކަ ދައްކަވަމުން އަބްދުﷲ ސައީދު ވިދާޅުވީ، އޭނާގެ މައްޗަށް ބަރީއަކަށް ސާބިތުވެފައިވާ، ހައްގަށް އުނިކަން އަންނަން ނުކުތާއެއްކަމަށް ދެކިވަޑައިގަންނަވާތީ، އެއުނިކަން ނާންނާނެ ގޮތުގެމަތިން މިމައްސަލައަށް ރިއާޔަތް ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި މިމައްސަލަ ވީ އެންމެ އަވަހަކަށް ނިންމަވާދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށާއި، ސަބަބަކީ މިއާގުޅިގެން އަމުރެއް ނެރެފައި އެބައޮތް ކަމަށެވެ. މިއަމުރުގައި، އެއްތަނުން އަނެއްތަނަށް ދަތުރުކުރުން ހިފެހެއްޓިފައިވާ ކަމަށާއި މީގެ ސަބަބުން މިހާރު ބަންދެއްގައި ހުންނަތާ ދެތިން އަހަރު ވެއްޖެ ކަމަށެވެ.

އެހެންވީމާ އެކަން ދެމިގެން ނުދާނެ ގޮތަކަށް، އަދި ހިފެހެއްޓިފައިވާ މިނިވަންކަމާއި އަސާސީ ހައްގުތައް ހިމާޔަތް ކުރެވޭގޮތަކަށް މިމައްސަލަ އަވަސްކޮށްދެއްވައި ނިންމަވާ ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް އަބްދުﷲ ސައީދު ވިދާޅުވި އެވެ.

އަބްދުﷲ ސައީދުގެ މައްޗަށް ދައުލަތުން ކުރި ޢަދުލް އިންސާފު ގާއިމުކުރަން ހުރަސްއެޅުމުގެ ކުށުގެ ދައުވާ އާގުޅުގެން ކްރިމިނަލް ކޯޓުން އަބްދުﷲ ސައީދު 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށްލުމަށް ހުކުމް ކޮށްފައިވަނީ 13 ޖޫން 2018 ގަ އެވެ.

ކްރިމިނަލް ކޯޓުގެ އެހުކުމް އަބްދުﷲ ސައީދުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ކްރިމިނަލް ކޯޓުގެ ހުކުމް ބާޠިލް ކޮށްފައިވަނީ 27 ޖެނުއަރީ 2020 ގަ އެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދު، ސުޕްރީމް ކޯޓުގައި ތިއްބަވަނިކޮށް، ސުޕްރީމް ކޯޓަށް ފުލުހުންވަދެ، އެ ދެބޭފުޅުން ހައްޔަރުކޮށްގެން ޖަލަށް ގެންގޮސްފައިވަނީ، 2018 ވަނަ އަހަރުގެ ފެބްރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަކާ ގުޅިގެން ފެބްރުއަރީ 5 ވަނަ ދުވަހުގެ ރޭ މެންދަމު 03:30 އެހާކަން ހާއިރު އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް