Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނިއު ނޯމަލް އުސޫލުތައް

ޕާކުތަކާއި މައިޒާންތަކުގައި އުޅޭ އިރު ހުންނަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ބެހޭ އުސޫލު އާންމުކޮށްފި

18 ޖޫން 2020 | ބުރާސްފަތި 08:19

ކޮވިޑް-19 އިން ރައްކާތެރިވުމާ ގުޅޭ މަޢުލޫމާތާއި ޢަމަލުތައް ބަހައްޓަންވީގޮތުގެ އިރުޝާދު ޕާކު ނުވަތަ މައިޒާނުގެ ވަންނަ ދޮރު ކައިރީގައި އަދި ތަނުގެ އެތެރޭގައި ފެންނަގޮތަށް ހުންނަންޖެހޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 18 ޖޫން 2020 | ބުރާސްފަތި 08:19
ސަލްޓަން ޕާކުގައި ކުޑަކުދިން ކުޅެން ބޭނުންކުރަ ސާމާނު ދޮވެ ސާފުކުރުމުގެ މަސައްކަތް ކުރަނީ؛ ޕާކު ތަކާއި މައިޒާންތައް ހުޅުވާލާއިރު އަމަލުކުރަންޖެހޭ އުސޫލުވަނީ އާންމުކޮށްފައި

ސަލްޓަން ޕާކުގައި ކުޑަކުދިން ކުޅެން ބޭނުންކުރަ ސާމާނު ދޮވެ ސާފުކުރުމުގެ މަސައްކަތް ކުރަނީ؛ ޕާކު ތަކާއި މައިޒާންތައް ހުޅުވާލާއިރު އަމަލުކުރަންޖެހޭ އުސޫލުވަނީ އާންމުކޮށްފައި

ކޮވިޑް-19އާ ގުޅިގެން ރައްކާތެރިކަމާއެކު އާންމު ޙާލަތަށް ރުޖޫޢަ ވުމަށް ޕާކުތަކާއި މައިޒާން ފަދަ ތަންތަނުގައި ރައްކާތެރި ކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ބަޔާންކުރަ އުސޫލު އާންމުކޮށްފިއެވެ.

މި އުސޫލުގައި ޕާކު ނުވަތަ މައިޒާންތައް އާންމުންނަށް ހުޅުވާލުމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ކަށަވަރު ކުރަންޖެހޭކަމަށް ބުނެފައިވެއެވެ. އެގޮތުން ކޮވިޑް-19އިން ރައްކާތެރިވުމާ ގުޅޭ މަޢުލޫމާތާއި ޢަމަލުތައް ބަހައްޓަންވީގޮތުގެ އިރުޝާދު (މާސްކު އެޅުން، މަދުވެގެން 3 ފޫޓު ގައިދުރުމިން ބެހެއްޓުން، އަތުގެ ސާފުތާހިރުކަން، ފަދަ) ޕާކު ނުވަތަ މައިޒާނުގެ ވަންނަ ދޮރު ކައިރީގައި އަދި ތަނުގެ އެތެރޭގައި ފެންނަގޮތަށް ހުންނަން ޖެހެއެވެ.

Advertisement - newsAdvertisement

އަދި މަދުވެގެން 3 ފޫޓު ގައިދުރުމިން ބެހެއްޓޭ ގޮތަށް އެއްފަހަރާ ތަނުގެ ތެރެއަށް ވަދެވޭނެ މީހުންގެ ޢަދަދު ފެންނަ ގޮތަށް ބޯޑުތަކުގައި ލިޔެފައި ބެހެއްޓުމާއި އެތަންތަނަށް މީހުން ވަނުމާއި ނުކުތުމުގެ އިންތިޒާމު ހަމަޖެހިފައި ހުންނަން ޖެހެއެވެ.

މީގެ އިތުރުން ޕާކު ނުވަތަ މައިޒާނުގައި އުޅޭއިރު މާސްކް އަޅައިގެން އުޅުމާއި، ކުޑަ ކުދިން ދުވެ ކުޅެ ހަދާއިރު މާސްކްގެ ސަބަބުން ދިމާވެދާނެ ކަމަކަށް ސަމާލުވުން، މާސްކް އެޅުމުގެ ރަނގަޅު އުސޫލުތަކާ އެއްގޮތަށް ޢަމަލު ކުރުމަށް ވަނީ އެދިފައެވެ. އަދި ޕާކު ފަދަ ތަންތަން މަދުވެގެން ދުވާލަކު 1 ފަހަރު ސާފުކުރުމާއި، ތަނުގައި ހުންނަ ގޮނޑި، ކުދިން ކުޅުމަށް އެރުމަށް ބޭނުންކުރާ ތަކެތި، މީހުން އަތްލާ ތަންތަނާއި ތަކެތި ޑިޓަރޖެންޓް (ސައިބޯނި ފެން) ބޭނުންކޮށްގެން ރަނގަޅަށް ސާފު ކުރުމަށް ވަނީ އަންގާފައެވެ.

ޕާކު ނުވަތަ މައިޒާންތައް ބޭނުންކުރާ ފަރާތްތަކުން ސަމާލުވާން ޖެހޭ ކަންތައްތައް ވެސް މި އުސޫލުގައި ހިމެނެއެވެ. އެގޮތުން ކޮވިޑް-19ގެ އެއްވެސް ޢަލާމާތެއް ހުރިފަރާތެއް ނަމަ މިފަދަ ތަންތަނަށް ނުދިއުމާއި، މާސްކް އަޅައިގެން ހުރުން އަދި މާސްކް އެޅުމުގެ ރަނގަޅު އުސޫލުތަކާ އެއްގޮތަށް ޢަމަލު ކުރުމަށް ވަނީ އަންގާފައެވެ.

އަދި ޕާކު ނުވަތަ މައިޒާނުގައި އުޅޭއިރު އެހެންމީހުންނާ ދެމެދު މަދުވެގެން 3 ފޫޓުގެ ގައިދުރުމިން ބެހެއްޓުމާއި، ޕާކު ނުވަތަ މައިޒާނުގައި ހުންނަ ތަކެތީގައި ނުވަތަ ތަންތަނުގައި އަތްލުން މަދުކުރުން އަދި އަތް ސާފުނުކޮށް މޫނުގައި އަތް ނުލުމުގެ އިތުރުން ޕާކު ނުވަތަ މައިޒާނުން އެނބުރި ގެއަށް ދިއުމަށްފަހު ސައިބޯނިލައިގެން މަދުވެގެން 20 ސިކުންތު ވަންދެން ރަނގަޅަށް އަތް ދޮވުމަށް ވަނީ އިރުޝާދު ދީފައެވެ.

އެންމެ ހިނގާ

1

ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެއްސެއްގެ އަތުގައި އޮތް އާއިލާ މެންބަރެއްގެ ބީއެމްއެލް ކާޑު ހިފެހެއްޓި މައްސަލައެއް!

2

ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށައިފި

3

ރިސޯޓެއް ހަދަން ނެގި ލޯނާ ގުޅިގެން ފައްޔާޒަށް ތުހުމަތުކޮށް ދެކެވުނު ވާހަކަ ތަކަށް ފައްޔާޒުގެ ރައްދެއް!

4

އީރާނަށް ހަމަލާދިނުމުގެ ތައްޔާރީތަކާއެކު އެމެރިކާގެ އަސްކަރީ މުދާއުފުލާ 10 ބޯޓެއް އިސްރާއީލަށް ޖައްސައިފި

5

ދައުލަތުގެ ސިޔާދަތާ ގުޅޭ ކަންކަމުގައި ގޮތް ކަނޑައެޅުމުގެ މެންޑޭޓެއް ސަލަފަކަށް ނެތް: ކުރީގެ އުއްތަމަ ފަނޑިޔާރު

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ

05 ފެބުރުއަރީ 2017
ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
30 ޖެނުއަރީ 2017

މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

30 ޖެނުއަރީ 2017
މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!
28 ޖެނުއަރީ 2017

މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!

28 ޖެނުއަރީ 2017
މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!
25 ޖެނުއަރީ 2017

އިރުޝާން މަރާލި މަރާމާރީގައި ބައިވެރިވި މީހަކު އެންމެ 27 ދުވަހަށް ޖަލަށް!

25 ޖެނުއަރީ 2017
އިރުޝާން މަރާލި މަރާމާރީގައި ބައިވެރިވި މީހަކު އެންމެ 27 ދުވަހަށް ޖަލަށް!
19 ޖެނުއަރީ 2017

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު
16 ޖެނުއަރީ 2017

ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި

16 ޖެނުއަރީ 2017
ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި
13 ޖެނުއަރީ 2017

ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް

13 ޖެނުއަރީ 2017
ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް
11 ޖެނުއަރީ 2017

ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް

11 ޖެނުއަރީ 2017
ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް