Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސާއަށް ގްރީޒްމަންގެ މުހިންމުކަން

ގްރީޒްމަންއަކީ ބާސާއަށް މުހިންމު ކުޅުންތެރިއެއް: ސެޓިއެން

17 ޖޫން 2020 | ބުދަ 11:05

ބާސާއަށް ބަދަލުވުމަށްފަހު ގްރީޒްމަނަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވޭ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 17 ޖޫން 2020 | ބުދަ 11:05
ބާސާގެ ފޯވާޑް އެންޓޮއިން ގްރީޒްމަން: އޭނާގެ އެއްބަސްވުން ހަމަވާނީ 2024 ވަނަ އަހަރު

ބާސާގެ ފޯވާޑް އެންޓޮއިން ގްރީޒްމަން: އޭނާގެ އެއްބަސްވުން ހަމަވާނީ 2024 ވަނަ އަހަރު

ފްރާންސް ފޯވާޑް އެންޓޮއިން ގްރީޒްމަންއަކީ ބާސެލޯނާއަށް މުހިންމު ކުޅުންތެރިއެއް ކަމަށް އެ ކްލަބުގެ ކޯޗު ކިކޭ ސެޓިއެން ބުނެފިއެވެ.

ގްރީޒްމަން ބާސާއަށް ބަދަލުވީ މިދިޔަ އަހަރުގެ ހޫނު މޫސުމުގައި ކުރީގެ ކްލަބު އެތުލެޓިކޯ މެޑްރިޑާއެކު ހަދާފައިވާ އެއްބަސްވުން އުވާލަން ދައްކަންޖެހޭ 120 މިލިއަން ޔޫރޯ ބާސާއިން ދެއްކުމުންނެވެ. އޭނާ ބާސާ އާއެކު ފަސް އަހަރުގެ މުއްދަތަކަށް ސޮއިކުރިއިރު، އެ އެއްބަސްވުން ހަމަވާނީ 2024 ގައެވެ.

އެކަމަކު ބާސާއަށް ބަދަލުވުމަށްފަހު އޭނާއަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. އެގޮތުން މިހާތަނަށް ބާސާއަށް ކުޅެދިން 39 މެޗުގައި ގްރީޒްމަނަށް ކާމިޔާބުކުރެވިފައިވަނީ 14 ލަނޑެވެ.

ސްޕެނިޝް ލީގުގައި އަންގާރާ ދުވަހުގެރޭ ލެގަނޭސްއާ ދެކޮޅަށް ބާސާ ކުޅުނު މެޗުގައި ގްރީޒްމަން ވަނީ 90 މިނެޓު ފުރިހަމަ ކޮށްފައެވެ. މި މެޗުގައި ގްރީޒްމަން ލަނޑެއް ކާމިޔާބުކުރި ނަމަވެސް، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ން ވަނީ އެ ލަނޑު އޮފްސައިޑް ކަމަށް ނިންމާފައެވެ.

މި މެޗަށްފަހު ބާސާފގެ ކޯޗު ސެޓިއެން ބުނީ މެޗުގައި ގްރީޒްމަންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ ކަމަށާއި، އޭނާއަކީ ބާސާއަށް އަދިވެސް މުހިންމު ކުޅުންތެރިއެއް ކަމަށެވެ.

ގްރީޒްމަންއަކީ ބާސާއަށް މުހިންމު ކުޅުންތެރިއެއް ކަމަށް ސެޓިއެން ބުނި ނަމަވެސް، ރިޕޯޓުތައް ބުނާ ގޮތުން ކުރިއަށް އޮތް ޓްރާންސްފާ ބާޒާރުގައި ގްރީޒްމަން ވިއްކާލަން ބާސާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ބާސާއިން އޭނާ ވިއްކާލަން މަސައްކަތް ކުރަނީ 100 މިލިއަން ޔޫރޯއަށް ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ.

ގްރީޒްމަން ގެންދިޔުމަށް މެންޗެސްޓާ ޔުނައިޓެޑް، ޗެލްސީ، އާސެނަލް އަދި ޕީއެސްޖީން މަސައްކަތް ކުރަމުން އަންނައިރު، ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި ނޭމާ ގަތުމަށް ބާސާއިން ގްރީޒްމަން ދިނުމަށް ނިންމައިފައިވާ ކަމަށް ވެސް މީގެ ކުރިން މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

3

އީރާނުން އެމެރިކާގެ ދެ މަނަވަރަކަށާއި 18 އުޅަނދަކަށް ހަމަލާދީފި

4

ރައީސް މުއިއްޒުގެ ސިޓީފުޅާ އެކު، އިނގިރޭސިވިލާތުން ބުނީ ފޯޅަވަހީގެ މައްސަލަ އަކީ ރާއްޖެއާ ގުޅުން އޮތް ކަމެއް ނޫން ކަމަށް

5

ރައީސް ޔާމީން އަށް މެސެޖެއް ދެއްވުމަށް ވިދާޅުވި ކަމަށް މެންބަރު ޝުޖާއު ދެއްކެވި ވާހަކަ އަކީ ދޮގެއް ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

16 އެޕްރީލު 2017

ސްޕެނިޝް ލަލީގާ: ސޮސައިޑާޑް އަތުން ބާސާއަށް ހަނި މޮޅެއް

16 އެޕްރީލު 2017
ސްޕެނިޝް ލަލީގާ: ސޮސައިޑާޑް އަތުން ބާސާއަށް ހަނި މޮޅެއް
11 އެޕްރީލު 2017

ދަތިތަކާއެކު ނިކުންނަން މިޖެހެނީ މުހިންމު މެޗަކަށް: ސާންތި

11 އެޕްރީލު 2017
ދަތިތަކާއެކު ނިކުންނަން މިޖެހެނީ މުހިންމު މެޗަކަށް: ސާންތި
03 އެޕްރީލު 2017

ނޭމާ ކާމިޔާބުކޮށްދިން 100 ވަނަ ލަނޑާއެކު ބާސާއަށް މޮޅެއް

03 އެޕްރީލު 2017
ނޭމާ ކާމިޔާބުކޮށްދިން 100 ވަނަ ލަނޑާއެކު ބާސާއަށް މޮޅެއް
30 މާރިޗު 2017

ޓީމުތަކުގެ ޝަރަފުގައި ބޭއްވި ހަފްލާއަށް ވޮލީ ޓީމުގެ އެންމެ ކުޅުންތެރިއެއް

30 މާރިޗު 2017
ޓީމުތަކުގެ ޝަރަފުގައި ބޭއްވި ހަފްލާއަށް ވޮލީ ޓީމުގެ އެންމެ ކުޅުންތެރިއެއް
13 މާރިޗު 2017

މެޗު ފަސޭހަކުރަން ބޭނުމެއް ނޫން، މޮޅުވުން ވަރަށް މުހިންމު: ނިޒާމްބެ

13 މާރިޗު 2017
މެޗު ފަސޭހަކުރަން ބޭނުމެއް ނޫން، މޮޅުވުން ވަރަށް މުހިންމު: ނިޒާމްބެ
10 މާރިޗު 2017

މުހިންމު މެޗެއް މި ގެއްލުނީ، ޕްރެޝަރު އިތުރައް ބޮޑުވެއްޖެ: ސުޒެއިން

10 މާރިޗު 2017
މުހިންމު މެޗެއް މި ގެއްލުނީ، ޕްރެޝަރު އިތުރައް ބޮޑުވެއްޖެ: ސުޒެއިން
10 މާރިޗު 2017

މުހިންމު ދަނޑިވަޅެއްގައި މާޒިޔާއަށް މޮޅެއް

10 މާރިޗު 2017
މުހިންމު ދަނޑިވަޅެއްގައި މާޒިޔާއަށް މޮޅެއް
25 ފެބުރުއަރީ 2017

ބޮބީއަކީ ގައުމީ ލެވެލްގައި ވިދާލާނެ ކުޅުންތެރިއެއް: ސާންތި

25 ފެބުރުއަރީ 2017
ބޮބީއަކީ ގައުމީ ލެވެލްގައި ވިދާލާނެ ކުޅުންތެރިއެއް: ސާންތި
24 ޖެނުއަރީ 2017

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

24 ޖެނުއަރީ 2017
ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ
10 ޖެނުއަރީ 2017

އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ

10 ޖެނުއަރީ 2017
އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް