Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޝިޔާމަށް އަނިޔާވި މައްސަލަ ބެލުން

ޝިޔާމަށް އަނިޔާވި މައްސަލަ މަޖިލީހުގެ އިމްތިޔާޒު ކޮމެޓީން ބަލަން ނިންމައިފި

16 ޖޫން 2020 | އަންގާރަ 13:46

ޝިޔާމަށް އަނިޔާކުރި ކަމަށްބުނެ، އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ވަނީ މަޖިލީހުގެ ޖަލްސާތައް ބޮއިކޮޓް ކޮށްފަ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 16 ޖޫން 2020 | އަންގާރަ 13:46
ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް އަހުމަދު ޝިޔާމް: ޝިޔާމަށް އަނިޔާވުމުން އިދިކޮޅު ޕާޓީތަކުން ވަނީ މަޖިލީހުގެ ޖަލްސާތައް ބޮއިކޮޓް ކޮށްފައި

ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް އަހުމަދު ޝިޔާމް: ޝިޔާމަށް އަނިޔާވުމުން އިދިކޮޅު ޕާޓީތަކުން ވަނީ މަޖިލީހުގެ ޖަލްސާތައް ބޮއިކޮޓް ކޮށްފައި

ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް އަހުމަދު ޝިޔާމަށް އަނިޔާވި މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒް އަދި ސްލޫކް ކޮމެޓީން ނިންމައިފިއެވެ.

ޝިޔާމަށް އަނިޔާވެފައިވަނީ، ހިނގަމުންދިޔަ ކައުންސިލްތަކުގެ ދައުރު ދިގު ދައްމާލަން ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހު ފާސްކުރުމަށް ބޭއްވި މަޖިލީހުގެ ޖަލްސާގައި ހިނގައިދިޔަ ހަމަނުޖެހުމުގެ ތެރެއިންނެވެ.

Advertisement - newsAdvertisement

އެޖަލްސާގައި ނިޒާމު ގެއްލި، ޝިޔާމްގެ ނަން މަޖިލީހުގެ ރިޔާސަތުން އިއްވިއެވެ. އަދި މަޖިލީހުގެ ތަޅުމުން ނިކުންނެވުމަށް ރިޔާސަތުން ވިދާޅުވުމުން ވެސް މަޖިލީހުގެ ތަޅުމުގައި، ހުންނަވައި މަޖިލީހުގެ ނިޒާމު ގެއްލިގެން ދިއުމުން ހިނގައިދިޔަ ހަމަނުޖެހުމުގެ ތެރެއިން ޝިޔާމަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ވަނީ ބުނެފައެވެ.

ޝިޔާމަށް އަނިޔާވުމާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން ވަނީ މަޖިލީހުގެ ޖަލްސާތައް ބޮއިކޮޓް ކޮށްފައެވެ. ޝިޔާމު މަޖިލީހުގެ ތަޅުމުން ނެރުމުގައި ހަރަކާތްތެރިވީ، މަޖިލީހުގައި އެކަމަށް ކަނޑައަޅާފައި އޮންނަ ނިޒާމުގެ ތެރެއިން ސަރޖަންޓް އެޓް އާރމްސްއެވެ.

އެޖަލްސާ ބާއްވާފައިވަނީ، މިމަހުގެ 1 ވަނަ ދުވަހުގެ ރޭގެ ދަންވަރު 01:30ގަ އެވެ. މިޖަލްސާ އެގަޑީގައި ބާއްވަން ޖެހުނީ، ގާނޫނުއަސާސީއަށް ގެންނަން ހުށަހަޅާފައިވާ އެ އިސްލާހު ނުގެނެވިއްޖެނަމަ، މިމަހުގެ 3 ވަނަ ދުވަހަށް ލޯކަލް ކައުންސިލްތަކުގެ ގާނޫނީ ހުސްކަން އަންނާނެތީ، ވަގުތު ކުޑަތަންވެފައިވާތީއެވެ.

ގާނޫނު އަސާސީއަށް އެ އިސްލާހު ގެންނަން ޕީޕީއެމް-ޕީއެންސީން ކޯލިޝަނުން ފުރަތަމަ އެއްބާރުލުން ދޭނެ ކަމަށް ބުނިނަމަވެސް، ފަހު ވަގުތު ވަނީ އެކަމަށް ދެކޮޅު ހަދާފައެވެ.

އަންގާރަ ދުވަހު، އިމްތިޔާޒް އަދި ސްލޫކް ކޮމެޓީން ބޭއްވި ބަސްދަލުވުމުގައި، ޝިޔާމަށް އަނިޔާވި މައްސަލަ ދިރާސާކުރަން ނިންމާފައިވަނީ 3 މެމްބަރުންގެ ސަބް ކޮމެޓީއަކުންނެވެ. ސަބް ކޮމެޓީގައި ހިމެނި ވަޑައިގަންނަވަނީ، ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް އާއި ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފްއެވެ.

ސަބް ކޮމެޓީން މިމައްސަލަ ބެލުމަށްފަހު، ނިންމާ ރިޕޯޓް، ފުރަތަމަ ފޮނުވޭނީ، އިމްތިޔާޒް އަދި ސްލޫކް ކޮމެޓީއަށެވެ. އަދި ކޮމެޓީގެ ނިންމުމަކަށް ވާނީ އިމްތިޔާޒު އަދި ސްލޫކް ކޮމެޓީން ނިންމާ ނިންމުމެވެ. އެއަށްފަހު، އިމްތިޔާޒު އަދި ސްލޫކް ކޮމެޓީގެ ރިޕޯޓް ހުށަހެޅޭނީ މަޖިލީހުގެ ޖަލްސާއަށެވެ. އެއަށްފަހު، ކޮމެޓީގެ އެރިޕޯޓާމެދު ގޮތެއް ނިންމާނީ ރައްޔިތުންގެ މަޖިލީހުންނެވެ.

އިމްތިޔާޒު އަދި ސްލޫކް ކޮމެޓީގައި، ޕީޕީއެމްގެ ފަރާތުން، ތ. ގުރައިދޫ ދާއިރާގެ މެމްބަރު ގައްސާން މައުމޫން، ޕީއެންސީގެ ފަރާތުން، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް، ޖުމްހޫރީ ޕާޓީގެ ފަރާތުން ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް، އެމްޑީއޭގެ ފަރާތުން މީދޫ ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މުހައްމަދު (ސަން ސިޔާމް) އަދި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައި ނުގަންނަވާ، ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ހިމެނިވަޑާއިގަންނަވާއިރު، އެމްޑީޕީއަށް ނިސްބަތްވާ 8 މެމްބަރުން ހިމެނިވަޑައިގަންނަވައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް