Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މިންތީގެ ހަމަހަމަކަން

ޖިންސީ ފުރައްސާރަކުރުން ހުއްޓުވުމުގެ ގާނޫނަށް ހަ އަހަރު، ކޯޓަށް ހުށަހެޅުނީ އެންމެ މައްސަލައެއް

ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުން ކޯޓަށް ހުށަހެޅުނީ 18 މައްސަލަ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 16 ޖޫން 2020 | އަންގާރަ 08:22
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އިވާ އަބްދުﷲ

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އިވާ އަބްދުﷲ

ޖިންސީ ފުރައްސާރަކުރުން ހުއްޓުވުމުގެ ގާނޫނު ފާސްކުރެވުނުތާ ހަ އަހަރުވެގެން ދިޔައިރު ކޯޓަށް ހުށަހެޅިފައިވަނީ އެންމެ މައްސަލައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އިވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި ދިވެހިރާއްޖޭގައި އަންހެނުންނާމެދު ކުރާ ތަފާތުކުރުންތަކަށް ހުއްޓުމެއް ގެނައުމަށްޓަކައި، ކަމާގުޅޭ ސިޔާސަތުތަކާއި، ނިޒާމާއި ޤާނޫނުތަކާއި ގަވާއިދުތަކުގައި ހުރި ހުރަސްތަކާއި ތަފާތުކުރުންތައް ދެނެގަތުމަށްޓަކައި ޕާލިމަންޓަރީ އިންކުއަރީއެއް ހެދުމަށް ގޮވާލައި ހުށަހަޅާ ޤަރާރަށް ބަހުސް ކުރައްވަމުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ވިދާޅުވީ އެކިއެކި ގޮތްގޮތުން ރާއްޖޭގައި ޖިންސީ ފުރައްސާރަ އާއި ކުރިމަތިލާން ނުޖެހޭ އެއްވެސް އަންހެނަކާ ބައްދަލު ނުވާނެ ކަމަށެވެ. އަދި އިންސާފު ލިބުނު އެންމެ އަންހެނަކާވެސް ބައްދަލެއްނުވާނެ ކަމަށެވެ.

Advertisement - newsAdvertisement

އިވާ ވިދާޅުވީ މިކަންކަމާއި ގުޅިގެން ހެދިފައިވާ ގާނޫނުތައް ތަންފީޒު ކުރުމަށް ކުރެވުނީ ކިހާ މަސައްކަތެއްތޯ ބެލުމަށްޓަކައި ކަމާ ގުޅުން ހުރި މުއައްސަސާތަކަށް ހުށަހެޅުއްވި ކަމަށެވެ. އެގޮތުން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ފޮނުއްވި ޖަވާބު މެމްބަރު ވަނީ ތަޅުމުގައި ހިއްސާ ކުރައްވާފައެވެ.

މެމްބަރު ވިދާޅުވީ މައްސަލަ ހުށަނޭޅުމުގެ މާނައަކީ ޖިންސީ ފުރައްސާރައާއި، ގޯނާ ކުރުމާއި އަނިޔާއާޢި ހަމަހަމަ ކަން ނިގުޅައި ގަތުން ފަދަ ކަންކަމާއި ކުރިމަތިލާން ނުޖެހުމެއް ނޫން ކަމަށެވެ. މި ފަދަ މައްސަލަތައް ހުށަހެޅުމަށް ގިނަ ފަހަރު ފަސް ޖެހެނީ އިންސާފު ނުލިބޭނެތީ ކަމަށެވެ. މައްސަލަ ހުށަހެޅި ނަމަވެސް، ތަންފީޒީ އިދާރާތަކުން ނަސޭހަތްދީފައި ގެއަށް ފޮނުވާލާ ފަހަރު މަދުނުވާނެ ކަން ވެސް މެމްބަރު ފާހަގަކުރެއްވިއެވެ. މެމްބަރު ވަނީ ކޯޓުތަކުގެ ފަނޑިޔާރުންނަށް މި މައްސަލަތައް ސާބިތުނުވަނީ ސާބިތު ކުރަން ބޭނުންފުޅު ނުވާތީ ކަމަށް ވިދާޅުވެފައެވެ.

މެމްބަރު ވިދާޅުވީ ގާނޫނުތައް ތަންފީޒު ކުރެވެމުންދާ މިންވަރު ބެލުމަށް މޮނީޓަރިން މެކޭނިޒަމްއެއް އެކުލަވާލާ ކޮންމެވެސް މުއައްސަސާތައަކަށް އެ މައްސޫލިއްޔަތު ހަވާލުކުރަންޖެހޭ ކަމަށެވެ.

މެމްބަރު މި ހުށަހެޅުއްވި ގަރާރުގައި ވަނީ މުޖްތަމަޢުގައި އަންހެނުންނާމެދު ކުރާ ނޭދެވޭ ތަފާތުކުރުންތައް ނައްތާލުމަށް އެކަށީގެންވާ ފިޔަވަޅުއެޅުމަށާއި، ދިވެހި މުޖްތަމަޢުގައި އަންހެނުންނަށް ހަމަހަމަ ފުރުޞަތު މަގުފަހިކޮށްދިނުމަށާއި، ޤާނޫނުގެ ކުރިމަތީގައި ހަމަހަމަކަން ކަށަވަރުކޮށްދިނުމަށް ޤާނޫނުތަކާއި ގަވާއިދުތަކާއި، ސިޔާސަތުތަކާއި، ނިޒާމުގައި ހުރި ދަތިތަކާއި ގޮންޖެހުންތަކަކީ ކޮބައިކަން ދެނެގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީން ޕާލިމަންޓަރީ އިންކުއަރީއެއް ހެދުމަށް ގޮވާލާފައެވެ. އަދި އެކަމަށް ދާއިމީ ޙައްލެއް ހޯދުމަށްޓަކައި، އިޞްލާޙުކުރަންޖެހޭ ކަންކަން ބަޔާންކޮށް އެ ކޮމިޓީގެ ރިކޮމެންޑޭޝަންސްތައް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ވެސް ގޮވާލައްވާފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 އެޕްރީލު
އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!
20251 އަހަރު ކުރިން
ރާއްޖެ

އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.
20242 އަހަރު ކުރިން
އިސްލާމް

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް
20233 އަހަރު ކުރިން
ރާއްޖެ

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟
20224 އަހަރު ކުރިން
ރިޕޯޓު

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!
20215 އަހަރު ކުރިން
ރިޕޯޓު

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު