Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕީއެސްޖީގައި ޓުޗެލް މަޑުކުރުން

އަންނަ ސީޒަނުގައި ވެސް ޕީއެސްޖީގައި ޓުޗެލް މަޑުކުރާނެ

15 ޖޫން 2020 | ހޯމަ 09:36

ޓުޗެލްގެ އެއްބަސްވުމުގައި ބާކީ އެއް އަހަރު އެބައޮތް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 15 ޖޫން 2020 | ހޯމަ 09:36
ޕީއެސްޖީގެ ކޯޗު ތޯމަސް ޓުޗެލް: އަންނަ ސީޒަނުގައި ވެސް އޭނާ ޕީއެސްޖީގައި މަޑުކުރާނެ

ޕީއެސްޖީގެ ކޯޗު ތޯމަސް ޓުޗެލް: އަންނަ ސީޒަނުގައި ވެސް އޭނާ ޕީއެސްޖީގައި މަޑުކުރާނެ

އަންނަ ސީޒަނުގައި ވެސް ޕީއެސްޖީގައި އެ ކްލަބުގެ ކޯޗު ތޯމަސް ޓުޗެލް މަޑުކުރާނެ ކަމަށް ސްޕޯޓިންގ ޑިރެކްޓަރު ލިއެނާޑޯ ބުނެފިއެވެ.

2017 ވަނަ އަހަރު ބޮރޫޝިއާ ޑޯޓްމަންޑުން ވަކިވުމަށްފަހު، ޕީއެސްޖީއާ ޓުޗެލް ހަވާލުވީ 2018 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. ޕީއެސްޖީން ޓުޗެލްއަށް ފުރަތަމަ ދީފައިވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެކެވެ. އެކަމަކު ފަހުން އެ އެއްބަސްވުން ވަނީ 2021 ވަނަ އަހަރުގެ ނިޔަލަށް އާކޮށްފައެވެ.

ޕީއެސްޖީގައި ޓުޗެލް މަޑުކުރާނެ ކަމަށް އެ ކްލަބުގެ ސްޕޯޓިންގ ޑިރެކްޓަރު ބުނިއިރު، މީގެ ކުރިން ބައެއް މީޑިއާތަކުން ވަނީ ޕީއެސްޖީން ޓުޗެލްގެ ބަދަލުގައި އެހެން ކޯޗަކު ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ. އެގޮތުން އޭސީ މިލާނާއި ޔުވެންޓަސްއަށް ކޯޗުކަން ކޮށްދީފައިވާ މަސިމިލިއާނޯ އެލެގްރީއަށް ޕީއެސްޖީން ފާރަލަމުން އަންނަ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

އެކަމަކު ޕީއެސްޖީގެ ސްޕޯޓިންގ ޑިރެކްޓަރު ލިއެނާޑޯ ބުނީ އެ ކްލަބުގައި މިހާތަނަށް ޓުޗެލް ރަނގަޅު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން އޭނާގެ އެއްބަސްވުމުގައި ބާކީ އެއް އަހަރު އެބައޮތް ކަމަށާއި، އަންނަ ސީޒަނުގައި ޕީއެސްޖީއަށް އިރުޝާދު ދޭނީ ޓުޗެލް ކަމަށެވެ.

އުމުރުން މިހާރު 46 އަހަރުގެ ޓުޗެލް ޑޯޓްމުންޑުގައި ވިދާލި ނަމަވެސް، އޭނާއަށް އެ ކްލަބާއެކު ކާމިޔާބުކުރެވިފައިވަނީ ޖަރުމަން ކަޕް އެކަންޏެވެ. އެކަމަކު ޕީއެސްޖީއަށް ބަދަލުވުމަށްފަހު ޓުޗެލް ވަނީ މިދިޔަ ދެ ސީޒަނުގައި ވެސް ފްރެންޗު ލީގުގެ ޗެމްޕިއަންކަން ހޯދާފައެވެ.

މިފަހަރުގެ ފްރެންޗު ލީގުގެ ޗެމްޕިއަންކަން ޕީއެސްޖީއަށް ލިބުނީ ކޮރޯނާވައިރަސް (ކޮވިޑް-19)އާ ގުޅިގެން ފްރެންޗު ލީގު ކެންސަލް ކުރަން ނިންމުމުންނެވެ. އެހެންކަމުން މި ސީޒަނުގައި ދެން ޕީއެސްޖީއަށް އޮތީ ޔުއެފާ ޗެމްޕިއަންސް ލީގު އެކަންޏެވެ. އަންނަ އޮގަސްޓް މަހުގެ ތެރޭގައި ޗެމްޕިއަންސް ލީގު އަލުން ފަށަން ޔުއެފާއިން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ގައުމީ ވޮލީ ޓީމުގެ ފަރިތަކުރުން އަންނަ ހަފްތާގައި ފަށަނީ

09 ފެބުރުއަރީ 2017
ގައުމީ ވޮލީ ޓީމުގެ ފަރިތަކުރުން އަންނަ ހަފްތާގައި ފަށަނީ
31 ޖެނުއަރީ 2017

ދަނޑުގައި ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރެވޭނެ: އެފްއޭއެމް

31 ޖެނުއަރީ 2017
ދަނޑުގައި ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރެވޭނެ: އެފްއޭއެމް
31 ޖެނުއަރީ 2017

ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

31 ޖެނުއަރީ 2017
ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!
23 ޖެނުއަރީ 2017

ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!

23 ޖެނުއަރީ 2017
ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!
22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
18 ޖެނުއަރީ 2017

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017
މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި
18 ޖެނުއަރީ 2017

ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި

18 ޖެނުއަރީ 2017
ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި
17 ޖެނުއަރީ 2017

މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

17 ޖެނުއަރީ 2017
މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް
17 ޖެނުއަރީ 2017

އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް

17 ޖެނުއަރީ 2017
އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް