Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސިޓީ ސަސްޕެންޑް ކުރި މައްސަލަ

ސިޓީ ސަސްޕެންޑް ކުރި މައްސަލައިގައި ގޮތް ނިންމުން ޖުލައި މަހުގެ ކުރީކޮޅު

ޔުއެފާއިން ވަނީ ކުރިއަށް އޮތް ދެ ސީޒަނަށް ޔޫރަޕްގެ މުބާރާތްތަކުން ސިޓީ ސަސްޕެންޑް ކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 11 ޖޫން 2020 | ބުރާސްފަތި 10:01
މެންޗެސްޓާ ސިޓީގެ އިއްތިހާދު ސްޓޭޑިއަމް: ޔުއެފާއިން ވަނީ ކުރިއަށް އޮތް ދެ ސީޒަނަށް ޔޫރަޕްގެ މުބާރާތްތަކުން ސިޓީ ސަސްޕެންޑް ކޮށްފައި

މެންޗެސްޓާ ސިޓީގެ އިއްތިހާދު ސްޓޭޑިއަމް: ޔުއެފާއިން ވަނީ ކުރިއަށް އޮތް ދެ ސީޒަނަށް ޔޫރަޕްގެ މުބާރާތްތަކުން ސިޓީ ސަސްޕެންޑް ކޮށްފައި

ޔުއެފާއިން މެންޗެސްޓާ ސިޓީ ސަސްޕެންޑް ކުރި މައްސަލައިގައި ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް) އިން ގޮތެއް ނިންމުން އަންނަ ޖުލައި މަހުގެ ކުރީކޮޅަށް ތާވަލުކޮށްފިއެވެ.

މިދިޔަ ފެބްރުއަރީ މަހު ޔުއެފާއިން ވަނީ ފައިނޭންޝިއަލް ފެއާ ޕްލޭ (އެފްއެފްޕީ) ގަވާއިދާ ސިޓީން ޚިލާފުވެފައި ވާތީ އެ ކްލަބު ޔޫރަޕުގެ މުބާރާތްތަކުން ސަސްޕެންޑް ކުރަން ނިންމާފަ އެވެ. ޔުއެފާއިން ކުރިއަށް އޮތް ދެ ސީޒަނަށް ސިޓީ ސަސްޕެންޑް ކުރުމުން، 2020/2021 އަދި 2021/2022 ވަނަ އަހަރުގެ ސީޒަނުގެ ޔޫރަޕް މުބާރާތްތަކުގައި އެޓީމަށް ނުކުޅެވޭނެ އެވެ. މީގެ އިތުރުން ޔުއެފާ އިން ވަނީ އެޓީމު 30 މިލިއަން ޔޫރޯ އިން ޖޫރިމަނާވެސް ކޮށްފައެވެ.

މީގެ ކުރިން ޔުއެފާގެ ކްލަބު ފައިނޭންޝިއަލް ކޮންޓްރޯލް ބޮޑީ (ސީއެފްސީބީ) އިން ވަނީ މި މައްސަލައިގައި ސިޓީން ފުރިހަމަ އެއްބާރުލުން ދީފައި ނުވާ ކަމަށްވެސް ބުނެފަ އެވެ.

އެކަމަކު ސިޓީން ވަނީ ސަސްޕެންޑްކުރި މައްސަލަ ސީއޭއެސް ގައި އިސްތިއުނާފު ކޮށްފަ އެވެ. ސިޓީގެ އިސްތިއުނާފް މައްސަލައިގެ އަޑުއެހުންތައް ސީއޭއެސްގައި ހޯމަ ދުވަހު ފެށިއިރު، މިހާރު ވަނީ މައްސަލަ ބަލައި ނިންމާފައެވެ. އަދި މި މައްސަލައިގައި ގޮތެއް ނިންމުން ޖުލައި މަހުގެ ކުރީކޮޅަށް ތާވަލުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޔުއެފާއިން ސިޓީ ސަސްޕެންޑް ކުރި ނަމަވެސް، ސިޓީން އަންނަނީ އެއްވެސް ގޯހެއް ހަދާފައި ނުވާނެ ކަމަށް ތަކުރާރުކޮށް ބުނަމުންނެވެ. އަދި އެ ޓީމަށް ދީފައިވާ އަދަބަކީ އިންސާފުވެރިކޮށް ކޮށްފައިވާ ކަމެއް ނޫން ކަމަށް އެ ޓީމުން ބުނެއެވެ.

ސިޓީގެ މި މައްސަލައިގައި ޔުއެފާ އިން އަދަބު ދިންއިރު، އިނގިރޭސި އެފްއޭ އިންވެސް އަންނަނީ މި މައްސަލަ ބަލަމުންނެވެ. އަދި އެފްއޭ އިން ކުރާ ތަހުގީގު ސިޓީގެ މައްޗަށް ސާބިތުވެއްޖެނަމަ، އެ ކްލަބުގެ އަތުން 2014 ވަނަ އަހަރުގެ ލީގު ތަށި ނެގުމުގެ ފުރުސަތު އެބައޮތް ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

އާސެނަލްގެ ވިލްޝެއާ ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ: ޒަވީ

16 ފެބުރުއަރީ 2017
އާސެނަލްގެ ވިލްޝެއާ ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ: ޒަވީ
14 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ބޯންމައުތް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

14 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ބޯންމައުތް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި
06 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް
27 ޖެނުއަރީ 2017

ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

27 ޖެނުއަރީ 2017
ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު