Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފަތުރުވެރިކަން އިސްތިހާރު ކުރުން

ސެލްޓަ ވީގޯގެ ތަރިން ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކޮށްފި

ރާއްޖެއިން އަންނަ ޖުލައި މަހު ބޯޑަރު އަލުން ހުޅުވާލަން ވަނީ ނިންމާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 11 ޖޫން 2020 | ބުރާސްފަތި 08:23
ސެލްޓަގެ ކުޅުންތެރިން ބައިވެރިވެ ހާއްސަ މެސެޖުގެ ތެރެއިން ސްޕެއިންގެ ޑެނިސް ސުއާރޭޒް ---

ސެލްޓަގެ ކުޅުންތެރިން ބައިވެރިވެ ހާއްސަ މެސެޖުގެ ތެރެއިން ސްޕެއިންގެ ޑެނިސް ސުއާރޭޒް ---

ކޮރޯނާވައިރަސް (ކޮވިޑް-19) ށްފަހު ރާއްޖޭގެ ފަތުރުވެރިކަން އަލުން ހުޅުވާލުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގައި، ރާއްޖޭން ސްޕޮންސާކޮށްފައިވާ ސްޕެނިޝް ލީގުގެ ސެލްޓަ ވީގޯގެ ކުޅުންތެރިން ބައިވެރިވެއްޖެއެވެ.

ރާއްޖެއިން އަންނަ ޖުލައި މަހު ބޯޑަރު އަލުން ހުޅުވާލަން ނިންމާފައިވާކަން ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އިއުލާން ކޮށްފައިވަނީ މިދިޔަ މެއި މަހުގެ 30 ވަނަ ދުވަހު އެވެ. އެގޮތުން އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވަނީ، ޖުލައި މަހުން ފެށިގެން ރާއްޖެއަށް އަންނަން ބޭނުންވާ ފަތުރުވެރިންނަށް އާދެވޭނެ ކަމަށާއި، ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާއިރު، ހާއްސަ ފީއެއް ދައްކަން ނުޖެހެނޭ ކަމަށް ބުނެފައެވެ. ރާއްޖޭގެ ބޯޑަރު ބަންދުކުރީ ކޮވިޑް-19ގެ ނުރައްކާ ބޮޑުވުމުގެ ސަބަބުން މާޗު މަހުގެ 27 ވަނަ ދުވަހުއެވެ.

ރާއްޖޭގެ ފަތުރުވެރިކަން އަލުން އިސްތިހާރު ކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގައި ސެލްޓަގެ ކުޅުންތެރިން ވަނީ ބައިވެރިވެ ހާއްސަ މެސެޖެއް ދީފައެވެ. ސެލްޓައިން ރާއްޖެ އިސްތިހާރު ކުރުމުގައި ބައިވެރިވީ ސްޕެއިން ގައުމީ ޓީމަށްވެސް ކުޅެފައިވާ ފޯވާޑް އިއާގޯ އަސްޕާސް އާއި ބާސެލޯނާގެ ލޯނެއްގެ ދަށުން ކުޅެމުން އަންނަ ބްރެޒިލްގެ ރަފީނިއާ އަލްކަންޓްރާ އާއި ކުރިން އާސެނަލާއި ބާސެލޯނާ އަށް ކުޅުނު ސްޕެއިންގެ ޑެނިސް ސުއާރޭޒް އަދި ރަޝިއާ ގައުމީ ޓީމުގެ ތަރި ފިޔޯޑޯ ސްމޯލޯފް އެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް ސެލްޓަ އާއެކު އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ކުރީކޮޅު އެވެ. ތިން އަހަރު ދުވަހުގެ މުއްދަތަށް ވެފައިވާ މި އެއްބަސްވުމުގެ ދަށުން އަހަރަކު 900،000 (ނުވަ ލައްކަ) ޑޮލަރު ރާއްޖެއިން ޚަރަދު ކުރާނެއެވެ. އަހަރުން އަހަރަށް ބަދަލު ގެނެވޭގޮތަށް ހެދި މި އެއްބަސްވުމާއެކު ރާއްޖެއިން ތިން އަހަރުގެ ތެރޭގައި ސެލްޓަގެ ޖާޒީ އާއި ސްޓޭޑިއަމްގައި ރާއްޖޭ އިސްތިހާރު ކުރާނެއެވެ.

އަދި މި އެއްބަސްވުމުގެ ދަށުން ސެލްޓައިން ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށްވެސް އެކި ގޮތްގޮތުން އެހީވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ރާއްޖޭގެ އެކި އުމުރު ފުރާތަކުގެ ގައުމީ ޓީމުތައް ސްޕެއިނަށް ގޮސް، އެ ކްލަބުގެ ޓްރެއިނިންގ ފެސިލިޓީތައް ބޭނުން ކުރެވޭނެ މަގު ފަހިވެގެން ދާނެއެވެ. އަދި ރަހުމަތްތެރިކަމުގެ މެޗުތައް ކުޅުމާއި ކޯޗުން ތަމްރީން ކުރުމާއި ސެލްޓަގެ އެކަޑަމީގައި ރާއްޖޭގެ ގައުމީ ޓީމުން ބޭނުންވާ ކުޅުންތެރިން ތިބެ ތަމްރީނުވުމުގެ ފުރުސަތުވެސް ފަހިކޮށްދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ކޮވިޑް-19 އާ ގުޅިގެން މެދުކަނޑާލި ސްޕެނިޝް ލީގުގެ ކުޅުން ބުރާސްފަތި ދުވަހުގެރޭ އަލުން ފަށާއިރު، ލީގުގެ 17 ވަނައިގައި އޮތް ސެލްޓަ ކުޅޭ މެޗުގައި އަމިއްލަ ދަނޑުގައި ހޮނިހިރު ދުވަހު ނުކުންނާނީ ވިޔަރެއާލްއާ ދެކޮޅަށެވެ.

އިތުރަށް ކިޔާލަން

27 އެޕްރީލު 2017

ރާއްޖޭގެ ކުރީގެ ކްރިކެޓް ކުޅުންތެރިން ހާއްސަ މެޗުތަކެއް ކުޅުމަށް ފުވައްމުލަކަށް ފުރައިފި

27 އެޕްރީލު 2017
ރާއްޖޭގެ ކުރީގެ ކްރިކެޓް ކުޅުންތެރިން ހާއްސަ މެޗުތަކެއް ކުޅުމަށް ފުވައްމުލަކަށް ފުރައިފި
15 އެޕްރީލު 2017

ރާއްޖޭގެ ދެ އަމްޕަޔަރުންނަށް ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕުން ފުރުސަތު ލިބިއްޖެ

15 އެޕްރީލު 2017
ރާއްޖޭގެ ދެ އަމްޕަޔަރުންނަށް ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕުން ފުރުސަތު ލިބިއްޖެ
15 އެޕްރީލު 2017

ސައުދީގެ މައްޗަށް ރާއްޖޭގެ ބީޗް ވޮލީ ޓީމު ކުރި ހޯދައިފި

15 އެޕްރީލު 2017
ސައުދީގެ މައްޗަށް ރާއްޖޭގެ ބީޗް ވޮލީ ޓީމު ކުރި ހޯދައިފި
26 މާރިޗު 2017

އޮސްޓްރެލީއާގެ ތަރިންގެ ޓީމަކުން ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދައިފި

26 މާރިޗު 2017
އޮސްޓްރެލީއާގެ ތަރިންގެ ޓީމަކުން ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދައިފި
04 މާރިޗު 2017

ޔޫތު ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ސްކޮޑް ފައިނަލްކޮށްފި

04 މާރިޗު 2017
ޔޫތު ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ސްކޮޑް ފައިނަލްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު