Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަންހެނުންގެ ވޯލްޑް ކަޕް ބޭއްވުން

އަންހެނުންގެ ވޯލްޑް ކަޕަށް ބިޑް ނުކުރަން ބްރެޒިލުން ނިންމައިފި

ބިޑް ނުކުރަން ނިންމީ ވޯލްޑް ކަޕަށް ބޮޑު ޚަރަދެއް ނުކުރެވޭނެ ކަމަށް އެ ގައުމުގެ ސަރުކާރުން އެންގުމުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 10 ޖޫން 2020 | ބުދަ 13:48
މިދިޔަ އަހަރު ބޭއްފި އަންހެނުންގެ ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދި އެމެރިކާ ޓީމުގެ ކުޅުންތެރިން

މިދިޔަ އަހަރު ބޭއްފި އަންހެނުންގެ ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދި އެމެރިކާ ޓީމުގެ ކުޅުންތެރިން

2023 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ އަންހެނުންގެ ވޯލްޑް ކަޕަށް ބިޑް ނުކުރަން ބްރެޒިލުން ނިންމައިފިއެވެ.

އަންހެނުންގެ ވޯލްޑް ކަޕަށް ބިޑް ކުރާނެ ކަމަށް ކުރިން ބްރެޒިލުން އިއުލާން ކުރިނަމަވެސް، އަންހެނުންގެ ވޯލްޑް ކަޕަށް ބިޑް ނުކުރަން ބްރެޒިލުން ނިންމީ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ބްރެޒިލަށް ދިމާވެފައިވާ މާލީ ހާލަތުގެ ސަބަބުން، އަންހެނުންގެ ވޯލްޑް ކަޕަށް ބޮޑު ޚަރަދެއް ނުކުރެވޭނެ ކަމަށް އެ ގައުމުގެ ސަރުކާރުން އެންގުމުންނެވެ. ހަމައެއާއެކު ބްރެޒިލްގެ ފުޓްބޯޅައިގެ މައި އިދާރާ، ބްރެޒިލިއަން ފުޓްބޯލް ކޮންފެޑެރޭޝަނުން މިހާރު ވަނީ އަންހެނުންގެ ވޯލްޑް ކަޕް ބޭއްވުމަށް ކޮލަމްބިއާއިން ކޮށްފައިވާ ބިޑަށް އެއްބާރުލުން ދޭން ނިންމާފައެވެ.

ކޮލަމްބިއާގެ އިތުރުން އަންހެނުންގެ ވޯލްޑް ކަޕް ބޭއްވުމަށް ބިޑް ކުރާނެ ކަމަށް އިއުލާން ކޮށްފައިވަނީ ޖަޕާނުގެ އިތުރުން އޮސްޓްރޭލިއާ އަދި ނިއުޒިލޭންޑް (ޖޮއިންޓް ބިޑުގެ އުސޫލުން) ނެވެ.

32 ޓީމު ވާދަކުރާ 2023 ވަނަ އަހަރުގެ އަންހެނުންގެ ވޯލްޑް ކަޕް ބޭއްވުމަށް ބިޑް ކޮށްފައިވާ ގައުމުތަކުގެ މެދުގައި ވޯޓުލުން ކުރިޔަށް ދާނީ މި މަހު 25 ވަނަ ދުވަހު އެވެ.

ބްރެޒިލިއަން ފުޓްބޯލް ކޮންފެޑެރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް-19ގެ ސަބަބުން އެ ގައުމަށް ދިމާވެފައިވާ މާލީ ހާލަތުން އަރައިގަތުމަކީ އުނދަގޫ ކަމެއް ކަމަށާއި މި ދަނޑިވަޅުގައި ވޯލްޑް ކަޕް ފަދަ ބޮޑު މުބާރާތެއް ބޭއްވުމަށް ބިޑް ނުކުރުމަށް ސަރުކާރުން ލަފާދީފައިވާ ކަމަށެވެ.

ބްރެޒިލުން ވަނީ ފަހަކަށް އައިސް ބޮޑެތި މުބާރާތްތަކެއް އެގައުމުގައި ބާއްވާފައެވެ. އޭގެތެރޭގައި 2014 ވަނަ އަހަރުގެ ފިރިހެނުންގެ ފީފާ ވޯލްޑް ކަޕާއި، 2016 ވަނަ އަހަރުގެ އޮލިމްޕިކް ގޭމްސް އާއި 2019 ވަނަ އަހަރުގެ ކޮޕަ އެމެރިކާ ހިމެނެއެވެ.

ކޮވިޑް-19ގެ އަސަރު ބްރެޒިލަށް ވެސް ކޮށްފައިވާއިރު، އެ ގައުމުން މިހާތަނަށް 742،000 ށްވުރެ ގިނަ މީހުން ވަނީ ވައިރަހަށް ޕޮޒިޓިވް ވެފައެވެ. އަދި ވައިރަސް ޖެހިގެން އެގައުމުން މިހާތަނަށް 38،400 ށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ

10 ފެބުރުއަރީ 2017
ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ
07 ފެބުރުއަރީ 2017

ކެވިން ލަވް ޓްރޭޑްކޮށް، ކާމެލޯ އެންތަނީ ކެވެލިއަރސްއަށް ގެންނަން މަސައްކަތެއް ނުކުރަން: ލެބްރޯން ޖޭމްސް

07 ފެބުރުއަރީ 2017
ކެވިން ލަވް ޓްރޭޑްކޮށް، ކާމެލޯ އެންތަނީ ކެވެލިއަރސްއަށް ގެންނަން މަސައްކަތެއް ނުކުރަން: ލެބްރޯން ޖޭމްސް
27 ޖެނުއަރީ 2017

ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

27 ޖެނުއަރީ 2017
ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ
26 ޖެނުއަރީ 2017

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ
23 ޖެނުއަރީ 2017

ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!

23 ޖެނުއަރީ 2017
ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު