Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވީޑިއޯއަށް ހަރަދުވީ 3000 ރުފިޔާ

ވީޑިއޯ ހަދަން ހަރަދުވީ 3000 ރުފިޔާ: އަލީ ވަހީދު

ވީޑިއޯ ނެގުމާއި އެޑިޓް ކުރުމުގައި ހަރަކާތްތެރިވީ މިނިސްޓްރީ މުވައްޒަފުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 9 ޖޫން 2020 | އަންގާރަ 07:36
ބޯޑަރު ހުޅުވާލާކަން އާންމު ކުރުމަށް ޓުއަރިޒަމް މިނިސްޓްރީން ހެދި ވީޑިއޯގެ ޝޫޓިންގެ ތެރެއިން މިނިސްޓަރ އަލީ ވަހީދު

ބޯޑަރު ހުޅުވާލާކަން އާންމު ކުރުމަށް ޓުއަރިޒަމް މިނިސްޓްރީން ހެދި ވީޑިއޯގެ ޝޫޓިންގެ ތެރެއިން މިނިސްޓަރ އަލީ ވަހީދު

ޖުލައިގައި އަލުން ފަތުރުވެރިކަމަށް ހުޅުވާލުވުމަށް ތައްޔާރުވެފައިވާކަން ދައްކުވައިދިނުމަށް ޓުއަރިޒަމް މިނިސްޓްރީން ހެދި ވީޑިއޯއަށް ހަރަދުވީ 3000 ރުފިޔާކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަލި ވަހީދު ފެނިގެންދާ މި ވީޑިއޯއަށް ހަރަދުވި މިންވަރު ހާމަކުރައްވާފައިވަނީ އޮންލައިން ނޫހެއް ކަމަށްވާ ދިޔަރެސް އިން އެކަމުގެ މައުލޫމާތު ހޯދަން އެދިފައިވާތީއެވެ. 56 ސިކުންތުގެ މި ވީޑިއޯއަކީ ޖުލައިމަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލާކަން އާންމުކުރުމުގެ ގޮތުން ޓުއަރިޒަމް މިނިސްޓްރީން ތައްޔާރު ކުރި ވީޑިއޯއެކެވެ.

ދިޔަރެސް އިން ހޯދަން އެދިފައިވާ މައުލޫމާތުގައި ބުނެފައިވަނީ ކޮވިޑް-19 ގެ ސަބަބުން ދިވެހިރާއްޖެއަށް ފަތުރުވެރިން ގެނައުން ހުއްޓުވާފައި އޮތުމަށްފަހު، އަންނަ ޖުލައި މަހު ރާއްޖޭގެ ބޯޑަރު ބޭރުގެ ފަރާތްތަކަށް ހުޅުވާލާނެކަން އިއުލާންކުރެއްވުމަށް، ޓުއަރިޒަމް މިނިސްޓްރީން ތައްޔާރު ކުރި 56 ސިކުންތުގެ ވީޑިއޯ ކްލިޕް ތައްޔާރު ކުރަން މިނިސްޓްރީން ކުރި ހަރަދަކީ ކޮބައިކަން ހޯދުމަށެވެ. މިގޮތުން، އެއްވެސް އަމިއްލަ ފަރާތަކާއި ހަވާލުކޮށްގެން އެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާނަމަ، އެ ފަރާތަކަށް ދިން ފައިސާގެ އަދަދާއި އެ ފަރާތަކާއި އެކު ވެވުނު އެއްބަސްވުމުގެ ކޮޕީ އަދި ކުރެވިފައިވާ އެހެން މުއާމަލާތްތަކުގެ ކޮޕީގެ އިތުރުން މިކަމަށް އިތުރު ހަރަދެއް ކުރެވިފައިވާނަމަ އޭގެ ތަފްސީލު ދިނުމަށް އެދިފައިވެއެވެ.

ދިޔަރެސް ނޫހުން ކޮށްފައިވާ ޓްވީޓާއި ގުޅިގެން މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ އެކަން ބަލަމުންދާތީ ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި ކެމެރާގެ މަސައްކަތާއި ޕްރޮޑަކްޝަންގެ މަސައްކަތަކީ ޓުއަރިޒަމް މިނިސްޓްރީންގެ ސްޓާފުންގެ ބުރަ މަސައްކަތެއް ކަމަށާއި، 3000 ރުފިޔާ މިއުޒިކް ކޮމްޕޯސަރަށް ދީފައިވާނެ ކަމަށެވެ. އެހެންކަމުން މި މަސައްކަތުގެ ޖުމްލަ އަގަކީ 3000 ރުފިޔާ ނުވަތަ 194 ޑޮލަރު ކަމަށެވެ.

އަންނަ މަހު ބޯޑަރު ހުޅުވާލަން ނިންމާފައިވާ ކަން ޓޫރިޒަމް މިނިސްޓްރީން އިއުލާންކޮށްފައިވަނީ މިދިޔަ މަހުގެ 30 ގައެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ، ޖުލައި މަހުން ފެށިގެން ރާއްޖެއަށް އަންނަން ބޭނުންވާ ފަތުރުވެރިންނަށް އާދެވޭނެ ކަމަށެވެ. އަދި ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާއިރު ހާއްސަ ފީއެއް ދައްކަން ނުޖެހެނޭ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. ރާއްޖޭގެ ބޯޑަރު ބަންދުކުރީ ކޮވިޑް-19ގެ ނުރައްކާ ބޮޑުވުމުގެ ސަބަބުން ނިމުނު މާރިޗު މަހުގެ 27 ވަނަ ދުވަހުއެވެ.

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު