Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ލިވަޕޫލްގެ ދަނޑުގައި މެޗުތައް ކުޅުން

ލިވަޕޫލްގެ ދަނޑުގައި މެޗުތައް ކުޅުނަސް މައްސަލައެއް ނެތް: މޭޔަރު

މިމަހުގެ 17 ގައި ޕްރިމިއާ ލީގު އަލުން ފަށަން ވަނީ ނިންމާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 8 ޖޫން 2020 | ހޯމަ 07:09
ލިވަޕޫލްގެ މޭޔަރު ޖޯ އެންޑާސަން: ލިވަޕޫލްގެ ދަނޑުގައި މެޗުތައް ކުޅެން މައްސަލައެއް ނެތް ކަމަށް ވަނީ ބުނެފައި

ލިވަޕޫލްގެ މޭޔަރު ޖޯ އެންޑާސަން: ލިވަޕޫލްގެ ދަނޑުގައި މެޗުތައް ކުޅެން މައްސަލައެއް ނެތް ކަމަށް ވަނީ ބުނެފައި

އިނގިރޭސި ޕްރިމިއަރ ލީގުގެ ބާކީ ހުރި މެޗުތައް ލިވަޕޫލްގެ ދަނޑުގައި ކުޅުނަސް މައްސަލައެއް ނެތް ކަމަށް ލިވަޕޫލްގެ މޭޔަރު ޖޯ އެންޑަރސަން ވިދާޅުވެއްޖެ އެވެ.

މާރޗު މަހު ޕްރިމިއަރ ލީގު ކުޅުން ހުއްޓާލިއިރު، ސަޕޯޓަރުން ނުވައްދާ މެޗުތައް ކުޅޭ ގޮތަށް މިމަހުގެ 17 ވަނަ ދުވަހު ޕްރިމިއަރ ލީގު އަލުން ފަށަން މިހާރު ވަނީ ނިންމާފަ އެވެ.

މީގެ ކުރިން އޭޕްރީލް މަހުގެ ތެރޭގައި އެންޑަސަން ވަނީ ލީގު މެޗުތައް ސަޕޯޓަރުން ނުވައްދައި ކުޅުނު ނަމަވެސް، ދަނޑު ބޭރަށް މީހުން އެއްވާނެ ކަމަށާއި އެހެން ކަމުން މި ދަނޑިވަޅުގައި ލީގު ކުރިއަށް ގެންދިއުމަކީ ގެއްލުންތަކެއް ވެދާނެ ކަމެއް ކަމަށް ވުމުން، ލީގު ކެންސަލް ކުރަން ގޮވާލައްވާފަ އެވެ.

އެކަމަކު ދާދި ފަހުން ކުރިއަށް ގެންދިޔަ މަޝްވަރާތަކަށް ފަހު އެންޑަރސަން ވަނީ ލިވަޕޫލްގެ ދަނޑުގައި މެޗުތައް ކުޅުނަސް އެއްވެސް މައްސަލައެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.

ދަނޑަށް ސަޕޯޓަރުން ނުވައްދައި މެޗުތައް ކުޅެން ނިންމާފައިވީ ނަމަވެސް، ދަނޑު ބޭރުގައި ސަޕޯޓަރުން އެއްވެ، އިޖުތިމާއީ ގައިދުރުކަމުގެ އުސޫލުތަކާ ޚިލާފުވާ ގިނަ ކަންތައްތަކެއް ހިނގައިފާނެ ކަމަށް ފެންނާތީ އިނގިރޭސިވިލާތުގެ ފުލުހުން ވަނީ ފަސް މެޗެއް 'ނިއުޓްރަލް' ދަނޑެއްގައި ކުޅެން ލަފާދީފަ އެވެ.

އެ ފަސް މެޗަކީ އެވަޓަން އާއި ލިވަޕޫލް ކުޅޭ މެޗާއި، މެންޗެސްޓަރ ސިޓީ އާއި ލިވަޕޫލް ކުޅޭ މެޗާއި، މެންޗެސްޓަރ ސިޓީ އާއި ނިއުކާސަލް ކުޅޭ މެޗާއި، މެންޗެސްޓަރ ޔުނައިޓެޑާއި ޝެފީލްޑް ޔުނައިޓެޑް ކުޅޭ މެޗުގެ އިތުރުން ނިއުކާސަލް އާއި ލިވަޕޫލް ބައްދަލުކުރާ މެޗު ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިހާތަނަށް ލިވަޕޫލުން އެވަޓަން އާއި ސިޓީއާ ދެކޮޅަށް ކުޅޭ މެޗުތައް ކުރިއަށް ގެންދާނެ ދަނޑެއް ކަނޑައަޅާފައި ނުވާއިރު، މިމަހުގެ 21 ވަނަ ދުވަހު އެވަޓަން އާއި ލިވަޕޫލް ޑާބީ މެޗުގައި ބައްދަލުކުރާނެ އެވެ. ރިޕޯޓުތައް ބުނާ ގޮތުން އެވަޓަން އާއި ލިވަޕޫލް ބައްދަލުކުރާ މެޗު ކުޅޭނެ ދަނޑަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ލިވަޕޫލްގެ ސިޓީ ކައުންސިލުން ހޯމަ ދުވަހު ބައްދަލުވުމެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ.

ޕްރިމިއަރ ލީގު މެދުކަނޑާލިއިރު، އެއްވަނައިގައި 82 ޕޮއިންޓާއެކު ލިވަޕޫލް އޮތީ 25 ޕޮއިންޓުގެ ލީޑަކާ އެކު އެވެ. 30 އަހަރަށްފަހު ލީގު ޗެމްޕިއަންކަން ހޯދަން ލިވަޕޫލަށް ބޭނުންވަނީ އެންމެ 6 ޕޮއިންޓެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލިވަޕޫލްގެ ޗެމްޕިއަންސް ލީގު ސްކޮޑުން ކުޓީނިއޯ ބާކީކޮށްފި

ލިވަޕޫލްގެ ޗެމްޕިއަންސް ލީގު ސްކޮޑުން ކުޓީނިއޯ ބާކީކޮށްފި

15 އޯގަސްޓު 2017
މިއަދުގެ މެޗަށް ނިކުންނައިރު ލިވަޕޫލްގެ މުހިންމު ބައެއް ކުޅުންތެރިން އަނިޔާގައި

މިއަދުގެ މެޗަށް ނިކުންނައިރު ލިވަޕޫލްގެ މުހިންމު ބައެއް ކުޅުންތެރިން އަނިޔާގައި

12 އޯގަސްޓު 2017
17 އަހަރުން ދަށުގެ ވޯލްޑްކަޕް: އިންޑިއާގެ މެޗުތައް ނިއު ދިއްލީއަށް ބަދަލުކޮށްފި

17 އަހަރުން ދަށުގެ ވޯލްޑްކަޕް: އިންޑިއާގެ މެޗުތައް ނިއު ދިއްލީއަށް ބަދަލުކޮށްފި

02 ޖުލައި 2017
ލިލީ ލަޔަންސް އާއި ދިރްހަމް ގެ މެޗުން ކޮމްޕެނީ ބައިގެ މެޗުތައް ފަށަނީ

ލިލީ ލަޔަންސް އާއި ދިރްހަމް ގެ މެޗުން ކޮމްޕެނީ ބައިގެ މެޗުތައް ފަށަނީ

15 ޖޫން 2017
ފަލަސްތީން ކުޅުނު މެޗުތައް ބަލައިފިން، ބަލިކުރަން އުނދަގޫވާނެ: ރާއްޖޭ ކޯޗު

ފަލަސްތީން ކުޅުނު މެޗުތައް ބަލައިފިން، ބަލިކުރަން އުނދަގޫވާނެ: ރާއްޖޭ ކޯޗު

20 މާރިޗު 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު