Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބޭލް ރެއާލްގައި މަޑުކުރުން

ޕްރިމިއާ ލީގަށް އެނބުރި ދާން ބޭލް ބޭނުމެއް ނުވޭ: އޭޖެންޓް

ބޭލް ހޯދުމަށް ޓޮޓެންހަމާއި ނިއުކާސަލް އަދި އިންޓަ މަޔާމީން އަންނަނީ މަސައްކަތް ކުރަމުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 6 ޖޫން 2020 | ހޮނިހިރު 12:57
ރެއާލް މެޑްރިޑްގެ ފޯވާޑް ގެރެތު ބޭލް: ޓޮޓެންހަމާއި ނިއުކާސަލް އިން އަންނަނީ ބޭލް ގަތުމަށް މަސައްކަތް ކުރަމުން

ރެއާލް މެޑްރިޑްގެ ފޯވާޑް ގެރެތު ބޭލް: ޓޮޓެންހަމާއި ނިއުކާސަލް އިން އަންނަނީ ބޭލް ގަތުމަށް މަސައްކަތް ކުރަމުން

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ވޭލްސްގެ ތަރި ގެރެތު ބޭލް އެނބުރި އިނގިރޭސި ޕްރިމިއާ ލީގަށް ދާން ބޭނުންނުވާ ކަމަށް އޭނާގެ އޭޖެންޓް ބުނެފި އެވެ.

ރެއާލަށް 2013 ވަނަ އަހަރުގެ ސީޒަނުގައި ބަދަލުވި ބޭލް، އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން 2022 ގެ ނިޔަލަށް އާކޮށްފައި ވާއިރު، އެއްބަސްވުން ހަމަވުމުން އޭބނާ ކްލަބު ބަދަލުކުރަން ބޭނުންވާ ކަމަށް މީގެ ކުރިން ވަނީ ރިޕޯޓުކޮށްފައެވެ. ބޭލް މީގެ ކުރިން ވަނީ ރެއާލް އާއެކު ހަދާފައިވާ އެއްބަސްވުން ހަމަވުމުން، ދެން ކުޅެން ޝައުގުވެރިވަނީ އެމެރިކާގެ މޭޖާ ލީގުގައި ކަމަށް ބުނެފަ އެވެ. އެއާއެކު އެމެރިކާގެ އިންޓަ މަޔާމީން ވެސް އަންނަނީ ބޭލް ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

ބޭލް ހޯދުމަށް އޭނާގެ ކުރީގެ ކްލަބު ޓޮޓެންހަމް ހޮޓްސްޕާ އާއި ނިއުކާސަލް ޔުނައިޓެޑުން ވެސް މަސައްކަތް ކުރަމުން އަންނައިރި، ބޭލްގެ އޭޖެންޓް ދާދި ފަހުން ބުނީ ބޭލް ރެއާލް ދޫކޮށްލިޔަސް، އެނބުރި ޕްރިމިއާ ލީގަށް ނުދާނެ ކަމަށެވެ. އަދި މިވަގުތު ބޭލް ރެއާލްގައި ހުރީ ހިތްހަމަޖެހިގެން ކަމަށާއި، އެހެން ޓީމަކަށް ބަދަލުވުމާއި މެދު ގޮތެއް ނިންމާނީ ރެއާލް އާއެކު ހަދާފައިވާ އެއްބަސްވުން ހަމަވުމުން ކަމަށްވެސް ބުންޏެވެ.

ޕްރިމިއާ ލީގަށް އެނބުރި ދާން ބޭލް ބޭނުންނުވާ ކަމަށް އޭނާގެ އޭޖެންޓް ބުނި ނަމަވެސް، ނިއުކާސަލް ޔުނައިޓެޑުން އަންނަނީ ބޭލް ގަތުމަށް 53 މިލިއަން ޕައުންޑް ޚަރަދުކުރަން ތައްޔާރުވަމުންނެވެ.

2013 ވަނަ އަހަރު ބޭލް ރެއާލަށް ބަދަލުވީ އޭރު ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 100 މިލިއަން ޑޮލަރަށެވެ. ރެއާލާއެކު ބޭލް ވަނީ މިދިޔަ ހަތް ސީޒަނުގައި ފާހަގަކޮށްލެވޭ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން ބޭލް ވަނީ ރެއާލަށް މިހާތަނަށް ކުޅުނު 249 މެޗުގައި 105 ލަނޑު ކާމިޔާބުކޮށް، އެ ކްލަބާއެކު ޔުއެފާ ޗެމްޕިއަންސް ލީގު ހަތަރު ފަހަރު، ޔުއެފާ ސުޕަ ކަޕް ތިން ފަހަރު، ކްލަބު ވޯލްޑް ކަޕް ތިން ފަހަރު، ސްޕެނިޝް ލީގު އެއް ފަހަރު، ސްޕެނިޝް ކަޕް އެއް ފަހަރު އަދި ސްޕެނިޝް ސުޕަ ކަޕް އެއް ފަހަރު ކާމިޔާބުކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

30 މެއި
މިނިސްޓަރު މުއްތަލިބުއެވެ. ތިޔަހާ އިމޯޝަނަލްވެ، ގިސްލާފަ ރޮމުން ވެސް ރައްޔިތުންނަށް ތިޔަ ދެއްވަނީ ދޯކާ ނޫންތޯއެވެ.!؟
20251 އަހަރު ކުރިން
ރިޕޯޓު

މިނިސްޓަރު މުއްތަލިބުއެވެ. ތިޔަހާ އިމޯޝަނަލްވެ، ގިސްލާފަ ރޮމުން ވެސް ރައްޔިތުންނަށް ތިޔަ ދެއްވަނީ ދޯކާ ނޫންތޯއެވެ.!؟

އިސްރާއީލު ޕާސްޕޯޓް މަނާ ނުކުރަނީ ލިބޭ ޑޮލަރުކޮޅު ގެއްލިދާނެތީ ބިރުން - އުމަރު ނަސީރު
20242 އަހަރު ކުރިން
ރާއްޖެ

އިސްރާއީލު ޕާސްޕޯޓް މަނާ ނުކުރަނީ ލިބޭ ޑޮލަރުކޮޅު ގެއްލިދާނެތީ ބިރުން - އުމަރު ނަސީރު

ސައުތް ލަންޑަންގެ އެންމެ މޮޅު ކޯޗަކަށް އަލީ ވަހީދު
20233 އަހަރު ކުރިން
ކުޅިވަރު

ސައުތް ލަންޑަންގެ އެންމެ މޮޅު ކޯޗަކަށް އަލީ ވަހީދު

މުއިއްޒުވެސް "މުއިއްޒުވީ" ތަ؟
20224 އަހަރު ކުރިން
ރިޕޯޓު

މުއިއްޒުވެސް "މުއިއްޒުވީ" ތަ؟

"ރައީސް ނަޝީދު ގޮއްވާލީ ހަވާލުވެ ތިބި މީހުންގެ އިހުމާލުން, އުމުރަށް މިވާހަކަ ދައްކާނަން"
20215 އަހަރު ކުރިން
ރާއްޖެ

"ރައީސް ނަޝީދު ގޮއްވާލީ ހަވާލުވެ ތިބި މީހުންގެ އިހުމާލުން, އުމުރަށް މިވާހަކަ ދައްކާނަން"

މުސްލިމުން ނުކުމެ ލަންކާގެ މިސްކިތެއް ތަޅާލައިފި
20197 އަހަރު ކުރިން
ދުނިޔެ

މުސްލިމުން ނުކުމެ ލަންކާގެ މިސްކިތެއް ތަޅާލައިފި

\"ސަލާހް އަށް އަނިޔާވީ ކޯފާ އަކުން\"
20188 އަހަރު ކުރިން
ދުނިޔެ

\"ސަލާހް އަށް އަނިޔާވީ ކޯފާ އަކުން\"

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު