Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެޓަލާންޓާ ކޯޗު ކޮވިޑް-19ށް ޕޮޒިޓިވްވުން

އެޓަލާންޓާ ކޯޗުގެ މައްސަލަ ހޫނުވެއްޖެ

6 ޖޫން 2020 | ހޮނިހިރު 10:11

ވެލެންސިއާ މެޗަށް ދިޔައިރު ކޮވިޑް-19ގެ އަލާމާތްތައް ފެނުނު ކަމަށް ގެސްޕަރީނީ ވަނީ ބުނެފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 6 ޖޫން 2020 | ހޮނިހިރު 10:11
އެޓަލާންޓާގެ ކޯޗު ޖިއަން ޕިއޭރޯ ގެސްޕަރީނީ: ކޮވިޑް-19ށް ޕޮޒިޓިވްވީ މާޗު މަހުގެ ކުރީކޮޅު

އެޓަލާންޓާގެ ކޯޗު ޖިއަން ޕިއޭރޯ ގެސްޕަރީނީ: ކޮވިޑް-19ށް ޕޮޒިޓިވްވީ މާޗު މަހުގެ ކުރީކޮޅު | ގެޓީ އިމޭޖަސް

ވެލެންސިއާއާ ދެކޮޅަށް އެޓަލާންޓާ ކުޅުނު މެޗަށް ދިޔައިރު، އެ ޓީމުގެ ކޯޗު ޖިއަން ޕިއޭރޯ ގެސްޕަރީނީގެ ކިބައިން ކޮރޯނާވައިރަސް (ކޮވިޑް-19) ގެ އަލާމާތްތައް ފެނުނު ކަމަށް ބުނެ ވާހަކަ ދެއްކުމާ ގުޅިގެން އެ މައްސަލަ ހޫނުވެއްޖެ އެވެ.

ކޮވިޑް-19ށް އެޓަލާންޓާގެ ކޯޗު ގެސްޕަރީނީ ޕޮޒިޓިވްވީ މާޗު މަހުގެ ކުރީކޮޅުއެވެ. އެގޮތުން މާޗު މަހުގެ 11 ވަނަ ދުވަހު ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި ރަށުން ބޭރުގައި އެޓަލާންޓާ އިން ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ވައިރަހުގެ އަސަރު އޭނާ އަށް ކުރި ކަމަށް ގެސްޕަރީނީ ވަނީ ބުނެފައެވެ.

އެ މެޗަށްފަހު ވެލެންސިއާ ސްކޮޑުގެ 35 އިންސައްތަ ކުޅުންތެރިން ވަނީ ކޮވިޑް-19ށް ޕޮޒިޓިވް ވެފައެވެ. އެހެންކަމުން ވެލެންސިއާ އިން ވަނީ ވައިރަހުގެ އަސަރު ހުރެ ގެސްޕަރީނީ އެ ދުވަހު މެޗަށް ދިޔަކަން ހާމަކުރުމުން، ނުރުހުން ފާޅު ކޮށްފައެވެ.

ވެލެންސިއާގެ އޮފިޝަލަކު ބުނީ ކޮވިޑް-19ގެ އަލާމަތްތައް ހުއްޓައި ގެސްޕަރީނީ މެޗަށް އައުމަކީ އޭނާ ހެދި ވަރަށް ބޮޑު ގޯހެއް ކަމަށާއި އޭގެ ސަބަބުން ވަރަށް ގިނަ މީހުން ނުރައްކަލަކަށް ހުށަހެޅިގެންދިޔަ ކަމަށެވެ. މި މައްސަލައިގައި ސްޕެއިންގެ ސަރުކާރުން ވެސް ވަނީ ގެސްޕަރީނީގެ ފަރާތުން ފެނުނު ކަންތައްތަކާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

ވެލެންސިއާ އިން ފާޑުކިޔުމާ ގުޅިގެން ގެސްޕަރީނީ ވެސް ވަނީ އޭނާގެ ދިފާއުގައި ވާހަކަ ދައްކައިފަ އެވެ. ގެސްޕަރީނީ ބުނީ ހަގީގަތުގައި ކަން ހިގައިދިޔަ ގޮތް ކިޔައިދިނީ އެއީ އޭނާ ބޭނުންވި ގޮތް ކަމަށާއި އެކަން ނުފޮރުވުމުން މިހާރު އޭނާ އަށް ކުރިމަތިވެފައި މިވަނީ މާ އުނދަގޫ ހާލަތެއް ކަމަށެވެ.

ކޮވިޑް-19ން ގެސްޕަރީނީ މިހާރު ރަނގަޅުވެފައިވާއިރު، މީގެ ކުރިން ގެސްޕަރީނީ ވަނީ މީޑިއާގައި އޭނާގެ ތަޖުރިބާ ހިއްސާ ކޮށްފައެވެ. ގެސްޕަރީނީ ބުނީ ކޮވިޑް-19 ގެ ސަބަބުން އޭނާ އަށް ވަރަށް ބޮޑަށް އަސަރުކުރި ކަމަށާއި، މަރާ ކުރިމަތިލާން ޖެހިދާނެ ކަމުގެ ބިރު އޭނާ އަށް ހީވި ކަމަށެވެ.

ދެ ލެގުން ވެލެންސިއާގެ މައްޗަށް ކުރިހޯދައި އެޓަލާންޓާ ވަނީ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދާފައެވެ. ކޮވިޑް-19ގެ ސަބަބުން މާޗު މަހު ޗެމްޕިއަންސް ލީގު މެދުކަނޑާލީ ދެވަނަ ބުރުގެ ދެވަނަ ލެގުގެ މެޗުތަކުގެ ތެރެއިންނެވެ. ޔުއެފާ އިން މިހާރު އަންނަނީ އޮގަސްޓް މަހު ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު އަލުން ފަށަން މަސައްކަތް ކުރަމުންނެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

3

އީރާނުން އެމެރިކާގެ ދެ މަނަވަރަކަށާއި 18 އުޅަނދަކަށް ހަމަލާދީފި

4

ރައީސް މުއިއްޒުގެ ސިޓީފުޅާ އެކު، އިނގިރޭސިވިލާތުން ބުނީ ފޯޅަވަހީގެ މައްސަލަ އަކީ ރާއްޖެއާ ގުޅުން އޮތް ކަމެއް ނޫން ކަމަށް

5

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

އިތުރަށް ކިޔާލަން

11 ޖުލައި 2017

ފޯމުގައި ޓީސީ އޮއްވާ ދިގު ބްރޭކެއް އައުމުން މައްސަލަތައް ދިމާވި: ނިޒާމްބެ

11 ޖުލައި 2017
ފޯމުގައި ޓީސީ އޮއްވާ ދިގު ބްރޭކެއް އައުމުން މައްސަލަތައް ދިމާވި: ނިޒާމްބެ
30 މެއި 2017

އަނެއްކާވެސް އާސެނަލްގެ ކޯޗުގެ މަގާމުގައި ވެންގާ ބެހެއްޓުމަށް ނިންމައިފި

30 މެއި 2017
އަނެއްކާވެސް އާސެނަލްގެ ކޯޗުގެ މަގާމުގައި ވެންގާ ބެހެއްޓުމަށް ނިންމައިފި
26 މެއި 2017

އަންހެން ކުދިން ކުޅޭހެން ފުޓުބޯޅަ ކުޅެން އުޅުނީމަ މައްސަލަ ދިމާވީ: ނަޒީހް

26 މެއި 2017
އަންހެން ކުދިން ކުޅޭހެން ފުޓުބޯޅަ ކުޅެން އުޅުނީމަ މައްސަލަ ދިމާވީ: ނަޒީހް
24 މެއި 2017

ޓެކްސް އަށް މެސީ މަކަރު ހެދިކަމަށް ބުނާ މައްސަލަ އަށް ހައިކޯޓުން ތާއީދުކޮށްފި

24 މެއި 2017
ޓެކްސް އަށް މެސީ މަކަރު ހެދިކަމަށް ބުނާ މައްސަލަ އަށް ހައިކޯޓުން ތާއީދުކޮށްފި
21 މެއި 2017

އެވްރެޖުކޮށް ދެއްކި ކުޅުމާއިމެދު ހިތްހަމަ ޖެހޭ، މައްސަލަ އަކީ ގޯލެއް ސްކޯ ކޮށް ނުލެވުން: ފެސްކޯ

21 މެއި 2017
އެވްރެޖުކޮށް ދެއްކި ކުޅުމާއިމެދު ހިތްހަމަ ޖެހޭ، މައްސަލަ އަކީ ގޯލެއް ސްކޯ ކޮށް ނުލެވުން: ފެސްކޯ
15 މެއި 2017

ބަލަމުންދާ މައްސަލަ އަކާހުރެ އިންޓާ އޮފީސް/ކޮމްޕެނީ ވޮލީބޯޅަ މުބާރަތުގެ ސެމީ ފައިނަލް މެޗެއް ފަސްކޮށްފި

15 މެއި 2017
ބަލަމުންދާ މައްސަލަ އަކާހުރެ އިންޓާ އޮފީސް/ކޮމްޕެނީ ވޮލީބޯޅަ މުބާރަތުގެ ސެމީ ފައިނަލް މެޗެއް ފަސްކޮށްފި
04 އެޕްރީލު 2017

ސަންޑަލޭންޑްގެ ކޯޗު އަންހެން ރިޕޯޓަރަކަށް އިންޒާރުދިން މައްސަލަ ބަލަނީ!

04 އެޕްރީލު 2017
ސަންޑަލޭންޑްގެ ކޯޗު އަންހެން ރިޕޯޓަރަކަށް އިންޒާރުދިން މައްސަލަ ބަލަނީ!
13 މާރިޗު 2017

ޗެލްސީއާ ދެކޮޅަށް ނުކުންނަ އިރު ޔުނައިޓެޑަށް ސްޓްރައިކަރުންގެ މައްސަލަ

13 މާރިޗު 2017
ޗެލްސީއާ ދެކޮޅަށް ނުކުންނަ އިރު ޔުނައިޓެޑަށް ސްޓްރައިކަރުންގެ މައްސަލަ
07 ފެބުރުއަރީ 2017

ރަނގަޅަށް ނުކުޅެވުނީ މޫސުމުގެ މައްސަލަ ދިމާވުމުން: ތިމްޕޫގެ ކޯޗު

07 ފެބުރުއަރީ 2017
ރަނގަޅަށް ނުކުޅެވުނީ މޫސުމުގެ މައްސަލަ ދިމާވުމުން: ތިމްޕޫގެ ކޯޗު
03 ފެބުރުއަރީ 2017

ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް

03 ފެބުރުއަރީ 2017
ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް