Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކޮސްޓާ ޓެކުހަށް މަކަރު ހެދުން

ކޮސްޓާ އަށް ކުރި ޖަލު ހުކުން ޖޫރިމަނާއަކަށް ލުއިކޮށްދީފި

ކޮސްޓާ ހަ މަސް ދުވަހަށް ޖަލަށް ލުމަށް ވަނީ ހުކުން ކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 6 ޖޫން 2020 | ހޮނިހިރު 09:15
އެތުލެޓިކޯ މެޑްރިޑްގެ ފޯވާޑް ޑިއޭގޯ ކޮސްޓާ: ހަ މަސް ދުވަހަށް ޖަލަށް ލުމަށް ވަނީ ހުކުން ކޮށްފައި

އެތުލެޓިކޯ މެޑްރިޑްގެ ފޯވާޑް ޑިއޭގޯ ކޮސްޓާ: ހަ މަސް ދުވަހަށް ޖަލަށް ލުމަށް ވަނީ ހުކުން ކޮށްފައި

ޓެކުހަށް މަކަރު ހެދިކަން ސާބިތުވެ އެތުލެޓިކޯ މެޑްރިޑްގެ ފޯވާޑް ޑިއޭގޯ ކޮސްޓާ އަށް ސްޕެއިންގެ ކޯޓަކުން ކުރި ހަ މަހުގެ ޖަލު ހުކުން ޖޫރިމަނާއަކަށް ލުއިކޮށްދީފި އެވެ.

ރިޕޯޓުތައް ބުނާ ގޮތުން ކޮސްޓާ ވަނީ ޓެކުހުގެ ގޮތުގައި ދައްކަން ޖެހޭ އެއް މިލިއަނަށް ވުރެ ގިނަ ޔޫރޯ އަށް މަކަރު ހަދާފައެވެ. އޭގެ ތެރޭގައި 2014 ވަނަ އަހަރު ޗެލްސީން އެތުލެޓިކޯއަށް ބަދަލުވިއިރު، ޓްރާންފާ ފީން ދައްކަން ޖެހޭ ޓެކުހުން މަކަރު ހަދާފައިވާ ކަމަށް ވަނީ ރިޕޯޓު ކޮށްފައެވެ. އަދި އިމޭޖް ރައިޓްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީން ދައްކަން ޖެހޭ ޓެކުހުގެ އެއް މިލިއަން ޔޫރޯ އިންވެސް އޭނާ މަކަރު ހަދާފައިވާ ކަމަށް ވަނީ ރިޕޯޓު ކޮށްފައެވެ.

މި މައްސަލައިގައި މެޑްރިޑްގެ ކޯޓަކުން ބުރާސްފަތި ދުވަހު ހުކުންކުރީ ކޮސްޓާ ހަ މަސް ދުވަހަށް ޖަލަށް ލުމަށެވެ.

ސްޕެއިނުގެ ގާނޫނުގައިވާ ގޮތުން، ފުރަތަމަ ފަހަރަށް ނުރައްކާތެރި ނޫން މިފަދަ ކުށެއް ކުރާ މީހަކަށް ދެ އަހަރަށް ވުރެން ކުރު މުއްދަތެއްގެ ޖަލު ހުކުމެއް އައިސްފިނަމަ ޖޫރިމަނާ ދައްކައިގެން ޖަލު ހުކުމް ތަންފީޒު ނުކޮށް ސަލާމަތްވެވޭނެ އެވެ.

ކުރެވުނު ކުށަށް އިއުތިރާފުވެ، އުމުރުން 31 އަހަރުގެ ކޮސްޓާ ނިންމީ ޖަލު ހުކުމް ތަންފީޒުނުކޮށް ޖޫރިމަނާގެ ގޮތުގައި 36،000 (ތިރީސް ހަ ހާސް) ޔޫރޯ ދައްކާށެވެ. އަދި ކޮސްޓާ ވަނީ އިމޭޖް ރައިޓްސް ކޮމްޕެނީ މެދުވެރިކޮށް ޓެކުހަށް މަކަރު ހެދި އެއް މިލިއަން ޔޫރޯ ދައްކާފައެވެ.

ފާއިތުވި 15 ވަރަކަށް އަހަރަށް ބަލާއިރު ސްޕެއިން ލީގުގެ ވަރަށް ގިނަ ކުޅުންތެރިންނާއި އެ ކުޅުންތެރިންގެ އޭޖެންޓުން އަދި ކޯޗުން ޓެކުހަށް މަކަރު ހެދުމުގެ ތުހުމަތުގައި ވަނީ ކޯޓަށް ހާޒިރުކޮށް ޖަލު ހުކުން އިއްވާފައެވެ. އޭގެ ތެރޭގައި މަޝްހޫރު ފުޓްބޯޅަ ދެ ތަރިން ކަމަށްވާ ލިއޮނެލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް ހިމެނެއެވެ.

އެގޮތުން ޓެކުހަށް މަކަރު ހެދި ކަމަށް ބުނެ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް ރޮނާލްޑޯ އަށް އިއްވިއިރު، އޭނާ އެ މައްސަލަ ހައްލުކުރީ 20 މިލިއަން ޔޫރޯ ދައްކައިގެންނެވެ. އަދި މެސީ އަށް 21 މަހުގެ ޖަލު ހުކުމެއް އިއްވިއިރު، މެސީ އެ މައްސަލަ ހައްލުކުރީ 252،000 (ދެ ލައްކަ ފަންސާސް ދެ ހާސް) ޔޫރޯ ދައްކައިގެންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮސްޓާގެ ނުރައްކަލަށް އާސެނަލް ސަމާލުވާނެ

ކޮސްޓާގެ ނުރައްކަލަށް އާސެނަލް ސަމާލުވާނެ

03 މެއި 2018
ޖަލު ގޮޅި އިހުތިޔާރުކޮށްފިނަމަ ރޮނާލްޑޯއަށް އަދަބު ލުއިކޮށް ދެނީ

ޖަލު ގޮޅި އިހުތިޔާރުކޮށްފިނަމަ ރޮނާލްޑޯއަށް އަދަބު ލުއިކޮށް ދެނީ

06 އެޕްރީލު 2018
މެސީއަށް ފާޑުނުކިޔޭނެ، އޭނާއަކީ އާޖެންޓީނާގެ އެންމެ މުހިންމު ކުޅުންތެރިޔާ: ޑިއޭގޯ ކޮސްޓާ

މެސީއަށް ފާޑުނުކިޔޭނެ، އޭނާއަކީ އާޖެންޓީނާގެ އެންމެ މުހިންމު ކުޅުންތެރިޔާ: ޑިއޭގޯ ކޮސްޓާ

28 މާރިޗު 2018
ސްޕެނިޝް ލަލީގާ: ލަނޑު ޖެހުމަށް ފަހު ކޮސްޓާ ރަތް ކާޑު ހޯދައިފި

ސްޕެނިޝް ލަލީގާ: ލަނޑު ޖެހުމަށް ފަހު ކޮސްޓާ ރަތް ކާޑު ހޯދައިފި

07 ޖެނުއަރީ 2018
އެޓްލެޓިކޯގެ ކުޅުންތެރިޔެއްގެ ގޮތުގައި ކޮސްޓާ ދައްކާލައިފި

އެޓްލެޓިކޯގެ ކުޅުންތެރިޔެއްގެ ގޮތުގައި ކޮސްޓާ ދައްކާލައިފި

01 ޖެނުއަރީ 2018

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު