Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވާނާ ޗެލްސީ އަށް ބަދަލުވުން

ވާނާގެ ސޮއި ޗެލްސީން ހޯދައިފި

ލެއިޕްޒީގްގެ އެއްބަސްވުން އުވާލަން 54 މިލިއަން ޕައުންޑް ދައްކަން ޗެލްސީން ވަނީ އެއްބަސްވެފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 5 ޖޫން 2020 | ހުކުރު 10:14
އާރުބީ ލެއިޕްޒީގްގެ ފޯވާޑް ޓިމޯ ވާނާ: އޭނާ އަންނަނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން

އާރުބީ ލެއިޕްޒީގްގެ ފޯވާޑް ޓިމޯ ވާނާ: އޭނާ އަންނަނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން

ޖަރުމަންގެ އާރުބީ ލެއިޕްޒީގަށް ކުޅެމުން އަންނަ ހުނަރުވެރި ފޯވާޑް ޓިމޯ ވާނާގެ ސޮއި ޗެލްސީން ހޯދައިފި އެވެ.

ވާނާގެ ސޮއި ޗެލްސީން ހޯދީ އޭނާ ލެއިޕްޒީގާއެކު ހަދާފައިވާ އެއްބަސްވުން އުވާލަން ދައްކަން ޖެހޭ 54 މިލިއަން ޕައުންޑް ޗެލްސީން ދައްކަން އެއްބސްވުމުން ކަމަށް ރިޕޯޓުތައް ބުނެއެވެ. ލެއިޕްޒީގާއެކު ވާނާ ހަދާފައިވާ އެއްބަސްވުމުގައިވާ ގޮތުން މިމަހު 15 ވަނަ ދުވަހުގެ ކުރިން 54 މިލިއަން ޕައުންޑް ޓްރާންސްފާ ފީ އެއް ދައްކައިގެން އޭނާ ގަތުމުގެ އިޚުތިޔާރު ލިބެ އެވެ.

ވާނާގެ ސޮއި ޗެލްސީން ހޯދިއިރު، އޭނާ ރަސްމީކޮށް ޗެލްސީ އަށް ބަދަލުވާނީ މި ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގު ނިމުމުންނެވެ.

ޗެލްސީ އަށް ބަދަލުވާން ވާނާ އެއްބަސްވިއިރު، އޭނާ ހޯދުމަށް މީގެ ކުރިން އިންޓަ މިލާނާއި، ބާސެލޯނާ އާއި، މެންޗެސްޓާ ޔުނައިޓެޑް އަދި ލިވަޕޫލުން ވެސް ވަނީ މަސައްކަތްކޮށްފަ އެވެ. މީގެ ތެރެއިން ވާނާ އަށް އެންމެ ބޮޑަށް ފާރަލީ ލިވަޕޫލުންނެވެ.

އެގޮތުން މީގެ ކުރިން ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް އާއެކު މަސައްކަތްކުރަން ބޭނުންވާ ކަމަށް ވާނާ ބުނި ނަމަވެސް، ލިވަޕޫލުން ވަނީ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ މި ހާލަތުގައި އެ ވަރުގެ އަގެއް އިތުރު ފޯވާޑަކަށް ޚަރަދުކުރަން ބޭނުންނުވާ ކަމަށް ބުނެ، އަގު ކުޑަކުރަން ހުށަހަޅާފަ އެވެ. އެކަމަކު ލެއިޕްޒީގުން އެކަމަށް އެއްބަސްވެފައެއް ނުވެއެވެ.

އުމުރުން 24 އަހަރުގެ ވާނާ އަންނަ ސީޒަނުގައި ޗެލްސީ އަށް ބަދަލުވާން އެއްބަސްވިއިރު، އޭނާ އަންނަނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން ވާނާ ވަނީ މި ސީޒަނުގައި މިހާތަނަށް 40 މެޗުން 31 ލަނޑު ކާމިޔާބުކޮށްފައެވެ.

ގަވާއިދާ ޚިލާފާށް ކުޅުންތެރިން ރަޖިސްޓްރީ ކުރުމުގައި ޗެލްސީން ފީފާ ގަވާއިދުގެ 150 ކަމަކާ ޚިލާފުވެފައިވާތީ ދެ ޓްރާންސްފާ ބާޒާރުގައި ކުޅުންތެރިން ނުގެނެވޭ ގޮތަށް ދިން އަދަބު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ސީއޭއެސް އިން ލުއިކޮށްދިން އިރު، ވާނާ އަކީ އޭގެ ފަހުން ޗެލްސީން ހޯދި ދެވަނަ ކުޅުންތެރިޔާ އެވެ.

މީގެ ކުރިން އެ ކްލަބުން ސޮއި ހޯދާފައިވަނީ އަޔަކްސް އަށް ކުޅެމުން އަންނަ މޮރޮކޯގެ ތަރި ހަކީމް ޒިޔެކް އެވެ. އެކަމަކު އޭނާ ވެސް ޗެލްސީއާ ގުޅޭނީ މި ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގު ނިމުމުންނެވެ.

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

ކްލަބް ފްރެންޑްލީ: ރެކޯޑު ބަޖެޓަކާ އެކު ނިކުންނަ ނިއުގެ މައްޗަށް ޓީސީ ކުރިހޯދައިފި

28 ޖެނުއަރީ 2017
ކްލަބް ފްރެންޑްލީ: ރެކޯޑު ބަޖެޓަކާ އެކު ނިކުންނަ ނިއުގެ މައްޗަށް ޓީސީ ކުރިހޯދައިފި
28 ޖެނުއަރީ 2017

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި
23 ޖެނުއަރީ 2017

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

23 ޖެނުއަރީ 2017
އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
12 ޖެނުއަރީ 2017

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު