Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަ

"އެމްއެމްޕީއާރްސީގެ ދައުވާ ބިނާވާނީ ހެކި ޤަރީނާގެ މައްޗަށް، ވަކި މީހަކަށްވީތީ ދައުވާ އަވަސްކުރުމެއް ނޯންނާނެ"

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގެ ތަހުޤީޤަށް ގިނަ ދުވަސްތަކެއް ވެފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 5 ޖޫން 2020 | ހުކުރު 10:23
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް- ޕީޖީ ވިދާޅުވީ، އެމްއެމްޕީއާރްސީ މައްސަލަ ބެއްލެވުމުގައި ތަފާތު ނުގެންގުޅުއްވާނޭ ކަމަށް

ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް- ޕީޖީ ވިދާޅުވީ، އެމްއެމްޕީއާރްސީ މައްސަލަ ބެއްލެވުމުގައި ތަފާތު ނުގެންގުޅުއްވާނޭ ކަމަށް

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ވަކި މީހަކަށް ވީތީ ދައުވާ އަވަސް ކުރުމެއް ނޯންނާނެ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރްސީ ޚިޔާނާތުގައި ހިމެނޭ މީހުންގެ މައްސަލަ ބަލާނެ ތަރުތީބެއް އެކުލަވާލައި، ހުރިހާ އިދާރާއަކުން އެކަމުގައި އެއްބަސްވުމަކަށް އާދެވިފައި ވާކަމަށް ހޯމް މިނިސްޓަރ ވިދާޅުވެފައި ވާއިރު، އެކަމާ ގުޅިގެން "ރާއްޖެއެމްވީ"އަށް މައުލޫމާތު ދެއްވަމުން ޕިޖީ ހުސައިން ޝަމީމް ވިދާޅުވީ، މައްސަލަތަކުގައި ދައުވާ ކުރުމާމެދު ގޮތް ނިންމާނީ ޕީޖީ އޮފީހުން ކަމަށެވެ. އެގޮތުން ދައުވާކުރާއިރު ވަކި މީހެއްގެ މައްސަލައެއް އަވަސް ކުރުން/ލަސް ކުރުމުގެ ވިސްނުމެއް ނުގެންގުޅުއްވާކަމަށް ޕީޖީ ވިދާޅުވިއެވެ.

ޕީޖީ ވިދާޅުވީ، ތަހުޤީޤު ނިމި، އެކަށީގެންވާ ހެކި ޤަރީނާ ލިބެމުންދާ ވަރަކަށް މައްސަލަތަކުގައި ދައުވާ ކުރައްވަމުން ގެންދަވާނެ ކަމަށެވެ. އަދި އެކަށީގެންވާ ހެކި ހުރިނަމަ އެމްއެމްޕީއާރްސީ ހިޔާނާތުގައި ދެނެގަނެވިފައިވާ 260 މީހުންގެ މައްޗަށް އެއްފަހަރާ ދައުވާ ކުރުމުގެ ޤާބިލުކަންވެސް ހުރިކަން ޕީޖީ ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން، މި މަސައްކަތުގައި ފުލުހުންނާއި، އޭސީސީގެ އިތުރުން، ރިޔާސީ ކޮމިޝަނާ ގުޅިގެން ބުރަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަ ކުރައްވައި ޕީޖީ ވިދާޅުވީ، ވަކި ލަނޑުދަނޑިތަކެއް ކަނޑައެޅިގެން އެކަމުގައި މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.

ޕީޖީ އެހެން ވިދާޅުވެފައިވާއިރު، މި މައްސަލައިގައި ތުހުމަތު ކުރެވޭ އެކި ފެންވަރުގެ 260 އެއްހާ މީހުން ހިމެނޭއިރު، އެ ހުރިހާ އެންމެންގެ މައްޗަށް އެއްފަހަރާ އަދި އެއް މިންގަނޑެއްގައި ދަޢުވާ ކުރުމަކީ ކުރެވިދާނެ ކަމެއް ނޫންކަމަށް ހޯމް މިނިސްޓަރ ޝެއިޙް އިމްރާން އަބްދުﷲ ވަނީ ވިދާޅުވެފައެވެ.

އޭގެ އިތުރުން، އެމްއެމްޕީއާރްސީ ޚިޔާނާތުގައި ހިމެނޭ މީހުންގެ މައްސަލަ ބަލާނެ ތަރުތީބެއް އެކުލަވާލައި، ހުރިހާ އިދާރާއަކުން އެކަމުގައި އެއްބަސްވުމަކަށް އާދެވިފައި ވާކަމަށްވެސް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
17 ޖެނުއަރީ 2017

ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

17 ޖެނުއަރީ 2017
ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު