Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކޮވިޑ1-19: ޣައްޒާގެ ޙާލަތު

ޣައްޒާގެ މިސްކިތްތައް ހުޅުވައިފި

މިސްކިތްތައް ހުޅުވި ނަމަވެސް އާންމުން އަމަލު ކުރަން ޖެހޭ އުޞޫލުތަކެއް ވަނީ ކަނޑައަޅާފައި

ޒިހްނަތު ހަސަން
ޒިހްނަތު ހަސަން, ރާއްޖެ އެމްވީ | 4 ޖޫން 2020 | ބުރާސްފަތި 10:44
ފަލަޞްޠީނުގެ މިސްކިތެއް - މިސްކިތްތައް ހުޅުވާލުމާއެކު ގިނަ އަދަދެއްގެ މީހުން މިސްކިތައް ޒިޔާރަތްކޮށް އަޅުކަމުގައި މަޝްޢޫލުވެ އުޅޭ

ފަލަޞްޠީނުގެ މިސްކިތެއް - މިސްކިތްތައް ހުޅުވާލުމާއެކު ގިނަ އަދަދެއްގެ މީހުން މިސްކިތައް ޒިޔާރަތްކޮށް އަޅުކަމުގައި މަޝްޢޫލުވެ އުޅޭ

ފަލަޞްޠީނުގެ ޣައްޒާގެ މިސްކިތްތައް ޢާންމުކޮށް ހުޅުވާލައިފި އެވެ.

ޙަމާސް ޖަމާޢަތުން ކޮންޓްރޯލް ކުރަމުންދާ ޣައްޒާގެ މިސްކިތްތައް ހުޅުވާލާފައިވަނީ ބުދަ ދުވަހުގެ ކަމަށް ގަލްފުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. މިސްކިތްތަކުގެ އިތުރުން ޕްރީސް ސްކޫލްތައްވެސް ބުދަ ދުވަހު ހުޅުވާލާފައިވާކަމަށް ޚަބަރު ލިބެއެވެ.

މިޞްރާއި، އިސްރާއީލުން ޣައްޒާގެ ޞަރަހައްދީ އިންތައް ކޮންޓްރޯލް ކުރަމުންދާއިރު، ޣައްޒާގައި ކޮވިޑް-19 ގެ ޚާއްޞަ ޙާލަތުގައި ޣައްޒާގެ ރައްޔިތުން ތަޙައްމަލު ކުރަމުން ދިޔައީ ދަތި އުދަނގޫ ދުވަސްތަކެއްކަމަށް ބައިނަލްއަޤުވާމީ މުޙައްލިލުން ބުނެއެވެ. ޣައްޒާއިން 61 މީހުން ކޮވިޑް-19 ށް ޕޮޒިޓިވްވެފައިވާއިރު، މަރުވެފައިވަނީ އެންމެ މީހެކެވެ. ދެމިލިއަންގެ އާބާދީއެއް އޮންނަ ޣައްޒާގައި އަދިވެސް ކަރަންޓީން އާއި އައިސޮލޭޝަން ފެސިލިޓީސްތަކުގައި އަދިވެސް މީހުން އެޑްމިޓްކޮށްގެން ފަރުވާ ދެމުން އެބަދެއެވެ.

ދެ މަސްދުވަހަށްފަހު ޣައްޒާގެ މިސްކިތްތައް ހުޅުވާލުން ގިނަ ބަޔަކު މިސްކިތައް ޖަމާވަމުންދާއިރު، ފަލަޞްޠީނުގެ ކަމާއިބެހޭ ފަރާތްތަކުން ވަނީ މިސްކިތައް ޖަމާވާއިރު، އަމަލު ކުރަން ޖެހޭ ޚާއްޞަ އުޞޫލުތަކެއް ކަނޑައަޅާފައެވެ. އޭގެތެރޭގައި ގޭގައި ވުޟޫކުރުމާއި، ޤުރުއާނުގެ މުޞްޙަފް ހިފައިގެން މިސްކިތައް ދިއުމަށް އުޞޫލުގައި ވެއެވެ. އަދި މިސްކިތުން އެހެން އަޚުންނާއި ދިމާވާއިރު ސަލާމް ނުކުރުމަށާއި، މިސްކިތުގައި ހުންނަ ޤުރުއާނުގެ މޫޞްޙަފުތަކާއި، ދީނީ އެހެނިހެން ފޮތްތަައް ނުނެގުމަށް އިލްތިމާސްކޮށްފައިވެއެވެ.

ޣައްޒާގެ ޕްރީ ސްކޫލްތައްބަންދު ކުރީ މަރޗް މަހުގައެވެ. ޣައްޒާގެ އިބްތިދާއީ، މެދު މަދުރަސީ އަދި ޘާނަވީ ގްރޭޑްތަކުގެ ދަރިވަރުންގެ ދިރާސީ އަހަރުގެ ކިޔެވުން މިހާރު ވަނީ ނިމިފައެވެ. އަންނަ ހޮނިހިރު ދުވަހަކީ އެ ދަރިވަރުންގެ ފަހު އިމްތިހާނު ބާއްވާ ދުވަަހެވެ.

ކޮވިޑް-19 އާއި ގުޅިގެން ޙަމާސް ޖަމާއަތުން ޣައްޒާގައި ސަލަމާތާއުި ރައްކާތެރިކަމުގެ ގޮތުން ފިޔަވަޅުތައް އެޅިނަމަވެސް، ޙާލަތު ބަދަލުވަމުން ދިއުމާއި ގުޅިގެން ބައެއް ފިޔަވަޅުތައް ލުއިކޮށް އަދި ބައެއް ފިޔަވަޅުތައް އުވާލާފައިވެއެވެ. އެގޮތުން ރެސްޓޯރެންޓުތަކާއި ބައެއް ކުދި ވިޔަފާރިތައް ހުުވުމުގެ ހުއްދަ ދިނެވެ. އެހެންނަމަވެސް އިޤުތިޞާދީ މައި ޙަރަކާތްތައް އަދިވެސް އޮތީ ހުއްޓިފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިސްކިތްތައް ބަންދުކުރުމަކީ ހަނގުރާމައެއް ފެށިދާނެ ކަމެއް: އުރުދުޣާން

މިސްކިތްތައް ބަންދުކުރުމަކީ ހަނގުރާމައެއް ފެށިދާނެ ކަމެއް: އުރުދުޣާން

11 ޖޫން 2018
ޣައްޒާގެ ބޯޑަރުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި ފަލަސްތީނުގެ 41 މީހުން ޝަހީދުކޮށްލައިފި

ޣައްޒާގެ ބޯޑަރުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި ފަލަސްތީނުގެ 41 މީހުން ޝަހީދުކޮށްލައިފި

14 މެއި 2018
ސައުދީގެ ވެރިރަށް ރިޔާދްގައި ފުރަތަމަ ސިނަމާ ހުޅުވައިފި

ސައުދީގެ ވެރިރަށް ރިޔާދްގައި ފުރަތަމަ ސިނަމާ ހުޅުވައިފި

19 އެޕްރީލު 2018
ޣައްޒާގެ އެންމެ ދިގު ޓަނަލް އިސްރާއީލުން ތަޅާލައިފި

ޣައްޒާގެ އެންމެ ދިގު ޓަނަލް އިސްރާއީލުން ތަޅާލައިފި

16 އެޕްރީލު 2018
ޣައްޒާގެ ބޯޑަރުގެ ހަމަނުޖެހުމަށް މިނިވަން ތަހުގީގެއް ބޭނުންވާ ކަަމަށް އދ އިން ބުނެފި

ޣައްޒާގެ ބޯޑަރުގެ ހަމަނުޖެހުމަށް މިނިވަން ތަހުގީގެއް ބޭނުންވާ ކަަމަށް އދ އިން ބުނެފި

31 މާރިޗު 2018

އަހަރުތަކުން މިއަދު

23 އެޕްރީލު
ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން
20251 އަހަރު ކުރިން
ރާއްޖެ

ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ
20242 އަހަރު ކުރިން
ދުނިޔެ

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"
20224 އަހަރު ކުރިން
ރާއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
20197 އަހަރު ކުރިން
ރިޕޯޓު

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ
20188 އަހަރު ކުރިން
ރިޕޯޓު

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު