Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޖަރުމަން ލީގު

ސަންޗޯގެ ހެޓްރިކާއެކު ޕަޑާބޯން އަތުން ޑޯޓްމުންޑަށް ފަސޭހަ މޮޅެއް

ޕަޑާބޯން އަތުން ޑޯޓްމުންޑް މޮޅުވީ 6-1 ން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 31 މެއި 2020 | އާދީއްތަ 20:01
ޕަޑާބޯން އާއި ޑޯޓްމުންޑް ބައްދަލުކުރި މެޗުގެ ތެރެއިން: ސަންޗޯ ވަނީ ލަނޑު ޖެހުމަށްފަހު ޖޯޖް ފްލޮއިޑަށް އިންސާފު ހޯދައިދިނުމަށް އެދި މެސެޖެއް ދައްކާލާފައި

ޕަޑާބޯން އާއި ޑޯޓްމުންޑް ބައްދަލުކުރި މެޗުގެ ތެރެއިން: ސަންޗޯ ވަނީ ލަނޑު ޖެހުމަށްފަހު ޖޯޖް ފްލޮއިޑަށް އިންސާފު ހޯދައިދިނުމަށް އެދި މެސެޖެއް ދައްކާލާފައި

ޖަރުމަން ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން ޕަޑާބޯން އަތުން ބޮރޫޝިއާ ޑޯޓްމުންޑް ފަސޭހަ މޮޅެއް ހޯދައިފި އެވެ.

ރަށުން ބޭރުގައި ކުޅުނު މި މެޗުން ޑޯޓްމުންޑް މޮޅުވީ 6-1 ގެ ތަފާތު ބޮޑު ނަތީޖާ އަކުންނެވެ.

އަންގާރަ ދުވަހުގެރޭ ބަޔާން މިއުނިކާ ދެކޮޅަށް ކުޅުނު މެޗުގައި ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން މި މެޗުގައި ޑޯޓްމުންޑްގެ ތަރި އާލިން ހާލަންޑް ކުޅެފައެއް ނުވެ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް، ދެވަނަ ހާފުގެ ކުރީކޮޅު ޑޯޓްމުންޑުން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން މެޗުގެ 54 ވަނަ މިނެޓުގައި ޑޯޓްމުންޑަށް ލީޑު ނަގައިދިނީ ތޯގަން ހަޒާޑެވެ. އަދި އޭގެ ތިން މިނެޓު ފަހުން ޖޫލިއަން ބްރަންޓްގެ އެހީއާއެކު ޖޭޑަން ސަންޗޯ ވަނީ ޑޯޓްމުންޑަށް ލީޑު ފުޅާކޮށްދީފަ އެވެ.

އެކަމަކު މެޗުގެ 72 ވަނަ މިނެޓުގައި ޕަޑާބޯން އިން ވަނީ ފަރަގު ކުޑަކޮށްފަ އެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އުވެ ހުނެމަޔާ އެވެ.

ޕަޑާބޯން އިން ފަރަގު ކުޑަކުރިތާ ދެ މިނެޓު ފަހުން ޑޯޓްމުންޑުން ވަނީ އަނެއްކާވެސް ލީޑު ފުޅާކޮށްފައެވެ. ތޯގަން ހަޒާޑްގެ އެހީއާއެކު މި ލަނޑު ޑޯޓްމުންޑަށް ކާމިޔާބުކޮށްދިނީ ޖޭޑަން ސަންޗޯ އެވެ. އަދި 85 ވަނަ މިނެޓުގައި އަޝްރަފް ހަކީމީ ޑޯޓްމުންޑުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކުރިއިރު، އޭގެ ހަތަރު މިނެޓު ފަހުން މާސެލް ޝްމެލްޒާ ވަނީ ޑޯޓްމުންޑުގެ ފަސްވަނަ ލަނޑު ޖަހާފަ އެވެ. މެޗުގައި ސަންޗޯ އޭނާގެ ހެޓްރިކް ފުރިހަމަކުރީ އިތުރު ވަގުތުގެ ތެރޭގަ އެވެ.

މި މޮޅާއެކު ޑޯޓްމުންޑުން ވަނީ އެއްވަނައިގައި އޮތް ބަޔާންގެ ލީޑު ހަތް ޕޮއިންޓަށް ކުޑަކޮށްފަ އެވެ. ބަޔާން އެއްވަނައިގައި އޮތީ ކުޅުނު 29 މެޗުން 67 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް ޑޯޓްމުންޑަށް ލިބިފައިވަނީ 29 މެޗުން 60 ޕޮއިންޓެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޭންގެ ހެޓްރިކާއެކު ޓޮޓެންހަމް ޓޭބަލްގެ ދެވަނައަށް

ކޭންގެ ހެޓްރިކާއެކު ޓޮޓެންހަމް ޓޭބަލްގެ ދެވަނައަށް

27 ފެބުރުއަރީ 2017
ސްޕެނިޝް ލީގު: ވެލެންސިއާ އަތުން ބަލިވެ ރެއާލް އަށް އިތުރު ހުރަހެއް

ސްޕެނިޝް ލީގު: ވެލެންސިއާ އަތުން ބަލިވެ ރެއާލް އަށް އިތުރު ހުރަހެއް

23 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ

ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ

12 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް

ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް

09 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

09 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު