Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޫސުން ގޯސްވުން

ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅަށް ނެރުނު ވައިޓް އެލާރޓްގެ މުއްދަތު އިތުރުކޮށްފި

30 މެއި 2020 | ހޮނިހިރު 08:07

ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 30 މެއި 2020 | ހޮނިހިރު 08:07
ކ.މާލެއަށް ބޯކޮށް ވާރޭ ވެހެނީ، ރާއްޖޭގެ ހުރިހާ ހިސާބަކަށް ވިއްސާރަ ކުރާނެ ކަމަށް މެޓް އޮފީހުން ބުނޭ

ކ.މާލެއަށް ބޯކޮށް ވާރޭ ވެހެނީ، ރާއްޖޭގެ ހުރިހާ ހިސާބަކަށް ވިއްސާރަ ކުރާނެ ކަމަށް މެޓް އޮފީހުން ބުނޭ

ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅަށް ނެރުނު ވައިޓް އެލާރޓްގެ މުއްދަތު އިތުރުކޮށްފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) ބުނީ ހއ. އަތޮޅުން ޅ.އަތޮޅަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މެޓު އޮފީހުން ބުނެއެވެ.

Advertisement - newsAdvertisement

މި އަތޮޅުތަކަށް ވައިޓް އެލަރޓް ނެރިފައި ވަނީ ހެނދުނު 11:00 ން ހަވީރު 17:00 އަށެވެ. މެޓް އޮފީހުން ހޮނިހިރު ދުވަހުގެ ފަތިހު 05:00ން ހެނދުނު 10:00 އާ ހަމަޔަށް ވައިޓް އެލާޓް ނެރުނެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، މެޓް އޮފީހުން ބުނީ އުތުރާއި މެދުތެރޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި، އުތުރުގެ ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށެވެ. އަދި ދެކުނުގެ އެކިހިސާބަށް ކެރީގެ އަސަރު ފޯރާނެ ކަމަށާއި، ގުގުރުން އެކަށީގެންވާ ކަމަށެވެ.

މެޓް އޮފީހުން ބުނީ އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާ 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 6 މޭލާއި 16 މޭލާ ދެމެދުގެ ބާރުނިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެއެވެ.

މީގެ އިތުރުން މެޓް އޮފީހުން ބުނީ އުތުރާއި މެދުތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި، ދެކުނުގެ ކަނޑުތަށް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ. ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނުގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް މެޓް އޮފީހުން ބުނެއެވެ.

ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

14 ސެޕްޓެމްބަރު 2017

ފުވައްމުލަކަށް ބޯކޮށް ވާރޭވެހި ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެއްޖެ!

14 ސެޕްޓެމްބަރު 2017
ފުވައްމުލަކަށް ބޯކޮށް ވާރޭވެހި ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެއްޖެ!
18 އޯގަސްޓު 2017

ދ. ކުޑަހުވަދޫއަށް ބޯކޮށް ވާރޭވެހި، އެ ރަށުގައި ފެންބޮޑުވެއްޖެ

18 އޯގަސްޓު 2017
ދ. ކުޑަހުވަދޫއަށް ބޯކޮށް ވާރޭވެހި، އެ ރަށުގައި ފެންބޮޑުވެއްޖެ
18 އޯގަސްޓު 2017

ށ. މިލަންދޫއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެއްޖެ

18 އޯގަސްޓު 2017
ށ. މިލަންދޫއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެއްޖެ
02 ޖުލައި 2017

ބޯކޮށް ވާރޭ ވެހި ވިލިނގިލި ފެނު އަޑީގައި

02 ޖުލައި 2017
ބޯކޮށް ވާރޭ ވެހި ވިލިނގިލި ފެނު އަޑީގައި
02 ޖުލައި 2017

ފޮނަދުއަށް ބޯކޮށް ވާރޭ ވެހޭތީ ޕްރީ ސްކޫލުތަކުގެ ކިޔެވުން ބަންދު

02 ޖުލައި 2017
ފޮނަދުއަށް ބޯކޮށް ވާރޭ ވެހޭތީ ޕްރީ ސްކޫލުތަކުގެ ކިޔެވުން ބަންދު
17 މެއި 2017

ބޯކޮށް ވާރޭ ވެހޭނެ، ގުގުރުން ވެސް އެކަށިގެންވޭ، ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ، ސަމާލުވޭ: މެޓް އޮފީސް

17 މެއި 2017
ބޯކޮށް ވާރޭ ވެހޭނެ، ގުގުރުން ވެސް އެކަށިގެންވޭ، ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ، ސަމާލުވޭ: މެޓް އޮފީސް
20 އެޕްރީލު 2017

އެމްޑީޕީގެ ޓީމަށް ލ. އަތޮޅުން ހޫނު މަރުހަބާއެއް!

20 އެޕްރީލު 2017
 އެމްޑީޕީގެ ޓީމަށް ލ. އަތޮޅުން ހޫނު މަރުހަބާއެއް!
13 އެޕްރީލު 2017

އެމްޑީޕީގެ ޓީމަށް ތ. އަތޮޅުން ހޫނު މަރުހަބާއެއް ކިޔައިފި

13 އެޕްރީލު 2017
އެމްޑީޕީގެ ޓީމަށް ތ. އަތޮޅުން ހޫނު މަރުހަބާއެއް ކިޔައިފި
01 އެޕްރީލު 2017

ބޯކޮށް ވާރޭވެހި މާލޭގެ ބައެއް ހިސާބުތަކުގައި ފެންބޮޑުވެއްޖެ

01 އެޕްރީލު 2017
ބޯކޮށް ވާރޭވެހި މާލޭގެ ބައެއް ހިސާބުތަކުގައި ފެންބޮޑުވެއްޖެ
05 މާރިޗު 2017

ކުޅުދުއްފުއްޓަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެއްޖެ

05 މާރިޗު 2017
ކުޅުދުއްފުއްޓަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް