Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމާޓިނޭޒް ހޯދަން ކުރާ މަސައްކަތް

"މާޓިނޭޒް ވިއްކާނީ ބާސާ އިން 111 މިލިއަން ޔޫރޯ ދެއްކުމުން"

ބާސާ އަށް ބަދަލުވާން ބޭނުންވާކަން އިންޓަ އަށް މާޓިނޭޒް އަންގާފައިވާ ކަމަށް ރިޕޯޓުތައް ބުނޭ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 28 މެއި 2020 | ބުރާސްފަތި 18:18
އިންޓަ މިލާނުގެ ފޯވާޑް ލަޓާރޯ މާޓިނޭޒް: ބާސާ އަށް ބަދަލުވާން ބޭނުންވާކަން އިންޓަ އަށް ވަނީ އަންގާފައި

އިންޓަ މިލާނުގެ ފޯވާޑް ލަޓާރޯ މާޓިނޭޒް: ބާސާ އަށް ބަދަލުވާން ބޭނުންވާކަން އިންޓަ އަށް ވަނީ އަންގާފައި

އާޖެންޓީނާ ގައުމީ ޓީމުގެ ފޯވާޑް ލަޓާރޯ މާޓިނޭޒް ބާސެލޯނާ އަށް ވިއްކާނީ އޭނާގެ އެއްބަސްވުން އުވާލަން ޖެހޭ 111 މިލިއަން ޔޫރޯ ދެއްކުމުން ކަމަށް އިންޓަ މިލާނުގެ ސްޕޯޓިންގ ޑިރެކްޓަރު ޕިއޭރޯ އައުސީލިއޯ ބުނެފި އެވެ.

ބާސާ އިން ފޯވާޑެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނައިރު، ކުރިއަށް އޮތް ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި އެޓީމުން އެންމެ ބޮޑަށް ފާރަލާ ކުޅުންތެރިއަކީ މާޓިނޭޒް އެވެ. އެއާއެކު ކުރިއަށް އޮތް ހޫނު މޫސުމުގައި ބާސާ އަށް ބަދަލުވާން ބޭނުންވާކަން އިންޓަ އަށް މާޓިނޭޒް އަންގާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މާޓިނޭޒް އިންޓަ އާއެކު ހަދާފައިވާ އެއްބަސްވުން އުވާލަން، ބާސާ އިން 111 މިލިއަން ޔޫރޯ ދައްކަން ޖެހެއެވެ. އެކަމަކު ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ބާސާ އަށްވެސް މާލީ ދަތިތަކާ ކުރިމަތިލާން ޖެހިފައިވާއިރު، އިންޓަ އިން އެ އަދަދު 90 މިލިއަން ޔޫރޯ އަށް ކުޑަކޮށްދީފައިވާ ކަމަށް މީގެ ކުރިން ރިޕޯޓުތައް ވަނީ ބުނެފައެވެ. އެއާއެކު ބާސާ އިން އެ އަދަދު ދެއްކުމަށާއި، ބާސާގެ ބައެއް ކުޅުންތެރިން އިންޓަ އަށް ހުށަހެޅުމަށް މަސައްކަތް ކުރި ކަމަށް ރިޕޯޓުތައް ބުންޏެވެ.

އެކަމަކު އިންޓަގެ ސްޕޯޓިންގ ޑިރެކްޓަރު ޕިއޭރޯ އައުސީލިއޯ ބުނީ މާޓިނޭޒް އަކީ އިންޓަ އިން ވިއްކަން ބޭނުންވާ ކުޅުންތެރިއެއް ނޫން ކަމަށާއި، ބާސާ އަށް މާޓިނޭޒް ވިއްކާނީ އޭނާގެ އެއްބަސްވުން އުވާލަން ދައްކަން ޖެހޭ 111 މިލިއަން ޔޫރޯ ދެއްކުމުން އެކަނި ކަމަށެވެ.

ބާސާ އިން މާޓިނޭޒް ހޯދުމަށް މަސައްކަތް ކުރަމުން އަންނައިރު، މީގެ ކުރިން ބައެއް މީޑިއާތަކުން ވަނީ ބާސާ އިން މާޓިނޭޒްއަށް އަހަރަކު 10 މިލިއަން ޔޫރޯގެ މުސާރައެއް ހުށަހަޅަންވެސް ތައްޔާރަށް އޮތް ކަމަށް ރިޕޯޓުކޮށްފައެވެ. ބާސާގެ އިތުރުން މެންޗެސްޓާ ސިޓީން ވެސް އަންނަނީ މާޓިނޭޒް އަށް ފާރަލަމުންނެވެ.

އުމުރުން 22 އަހަރުގެ މާޓިނޭޒް އިންޓަ އަށް ބަދަލުވީ މިދިޔަ އަހަރުގެ ސީޒަނުގައި ފަސް އަހަރުގެ އެއްބަސްވުމެއް ދަށުންނެވެ. އާޖެންޓީނާގެ ރޭސިން ކްލަބުން 22 މިލިއަން ޔޫރޯއަށް އިންޓައަށް ބަދަލުވި މާޓިނޭޒް އަންނަނީ އެޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން މާޓިނޭޒް ވަނީ މިހާތަނަށް އިންޓަ އަށް ކުޅެދިން 66 މެޗުގައި 25 ލަނޑު ޖަހާފައެވެ.

އަދި އޭނާ ވަނީ އާޖެންޓީނާ ގައުމީ ޓީމަށް މިހާތަނަށް ކުޅެދިން 17 މެޗުގައި 9 ލަނޑު ކާމިޔާބުކޮށްފައެވެ.

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ބޮޑު ތަފާތަކުން ބާސާ ބަލިކޮށް ޕީއެސްޖީ ކުއާޓާގެ އުންމީދު ބޮޑުކޮށްފި

15 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގު: ބޮޑު ތަފާތަކުން ބާސާ ބަލިކޮށް ޕީއެސްޖީ ކުއާޓާގެ އުންމީދު ބޮޑުކޮށްފި
14 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ

14 ފެބުރުއަރީ 2017
 ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ
12 ފެބުރުއަރީ 2017

ސްޕެނިޝް ލަލީގާ: ރެއާލް އަދި ބާސާ މޮޅުވެ މަގާމު ދަމަހައްޓައިފި

12 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: ރެއާލް އަދި ބާސާ މޮޅުވެ މަގާމު ދަމަހައްޓައިފި
08 ފެބުރުއަރީ 2017

ކޮޕާޑެލްރޭ: އެޓްލެޓިކޯއާ އެއްވަރުކޮށް އެގްރިގޭޓް ނަތީޖާއިން ބާސާ ފައިނަލަށް

08 ފެބުރުއަރީ 2017
ކޮޕާޑެލްރޭ: އެޓްލެޓިކޯއާ އެއްވަރުކޮށް އެގްރިގޭޓް ނަތީޖާއިން ބާސާ ފައިނަލަށް
05 ފެބުރުއަރީ 2017

ސްޕެނިޝް ލަލީގާ: އެތުލެޓިކް ކްލަބް ބަލިކޮށް ބާސާ ލީޑު ކުޑަކޮށްފި

05 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: އެތުލެޓިކް ކްލަބް ބަލިކޮށް ބާސާ ލީޑު ކުޑަކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު