Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކައުންސިލްތަކުގެ ގާނޫނީ ހުސްކަން

ކައުންސިލްތަކުގެ ގާނޫނީ ހުސްކަން: ދިގުކޮށް ބަހުސް ކުރެވިއްޖެ، އެއްބަސް ވެވޭ ހައްލެއް ނުހޯދުނު: ހިސާން

26 މެއި 2020 | އަންގާރަ 09:13

ހިސާން ވިދާޅުވަނީ ގާނޫނުއަސާސީ އިސްލާހު ނުކޮށް މިހާރު ތިބި ކައުންސިލްތަކުގެ ދައުރު ދިގުދައްމާ ނުލެވޭނެ ކަމަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 26 މެއި 2020 | އަންގާރަ 09:13
ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން: ގާނޫނުއަސާސީ އިސްލާހުކޮށްގެން ނޫންގޮތަކަށް ކައުންސިލްތަކުގެ ދައުރު އިތުރުނުކުރެއްވޭނެ ކަމަށް ހިސާން ވެސް ވަނީ ވިދާޅުވެފައި

ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން: ގާނޫނުއަސާސީ އިސްލާހުކޮށްގެން ނޫންގޮތަކަށް ކައުންސިލްތަކުގެ ދައުރު އިތުރުނުކުރެއްވޭނެ ކަމަށް ހިސާން ވެސް ވަނީ ވިދާޅުވެފައި

މިހާރު ހިނގަމުންދާ ކައުންސިލްތަކުގެ ދައުރު ދިގު ދައްމާލުމާއި، ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގައި ވަރަށް ގިނަ ބަހުޘްތަކާއި މަޝްވަރާތައް ކުރެވިފައިވާ ކަމަށާއި، ނަމަވެސް މިހާތަނަށް މިކަމަށް އެއްބަސްވެވޭ ޙައްލެއް ހޯދާފައިވާ ކަމަށް ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ޙުސައިން ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ޤާނޫނު ނަންބަރު 22/2019 (ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލަށް ބަހުޘް ކުރައްވަމުން މަޝްހޫރު ޤާނޫނީ ވަކީލު ހިސާން ވިދާޅުވީ، ޤާނޫނުއަސާސީ އިޞްލާޙު ކުރުމަކީ އެންމެ ފަހު މަރުޙަލާގައި ކުރަންޖެހޭ ކަމެއް ކަމަށާއި އަދި އެހެން ގޮތަކުން ޙައްލެއް ނުލިބުނިއްޔާ ނޫނީ ޤާނޫނުއަސާސީ އިޞްލާޙު ކޮށްގެން ނުވާނެކަން ހުރިހާ މެންބަރުން ވެސް ޤަބޫލު ކުރައްވާ ކަމަށެވެ.

Advertisement - newsAdvertisement

ހިސާން ވިދާޅުވީ، ޤާނޫނުއަސާސީ އިޞްލާޙު ނުކޮށް، ޤާނޫނުއަސާސީން މުއްދަތެއް ނުވަތަ ދައުރެއް ކަނޑައަޅާފައި އޮންނަކަމަކަށް، ޢާންމު ޤާނޫނަކުން ޙަހައްލެއް ހޯދޭނެ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ.

އެހެންކަމުން، މަޖިލީހަށް ހުށަހެޅިފައިވާ ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލު ފާސްކުރަން ތާޢީދު ކުރައްވާ ކަމަށް ހިސާން ވިދާޅުވި އެވެ.

މީގެ އިތުރުން ހިސާން ވިދާޅުވީ، މިހާރު ތިއްބެވި ކައުންސިލަރުންގެ ދައުރު ހަމަވެ، އިތުރަށް ތިއްބަވާނަމަ ދިމާވެދާނެ ކަންކަމާމެދު މަޖިލީހުގެ ގިނަ މެންބަރުންގެ ކަންބޮޑުވުންތައް މިމައުޟޫއަށް ބަހުޘް ކުރައްވަމުން ހިއްސާ ކުރައްވާފައިވާ ކަމަށެވެ. ހިސާން ވިދާޅުވީ، އެކަންކަމަށް ކޮންމެވެސް ވަރެއްގެ ޤާނޫނީ ޙައްލެއް، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ހުށަހަޅުއްވާފައިވާ ޚާއްޞަ ބިލުން ލިބިގެންދާނެ ކަމަށެވެ.

ހިސާން ވިދާޅުވީ، "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ބިލު 2020" ބިލު ދިރާސާ ކުރުމުގެ މަސައްކަތް މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީން މިހާރު ނިންމާފައިވާ ކަމަށެވެ.

ޙަސަން ލަޠީފް ހުށަހެޅުއްވި، "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ބިލު 2020" ބިލަކީ އާ ކައުންސިލަރުން އިންތިޚާބު ކުރެވެންދެން މިހާރު ތިއްބެވި ކައުންސިލްތައް ދެމިގެންދާގޮތަށް ފަރުމާކޮށްފައިވާ ބިލެކެވެ. އެބިލު ހުށަހެޅުނީ، ކޮވިޑް-19 އާ ގުޅިގެން ޢާންމު ޞިއްޙަތުގެ ނުރައްކަލުގެ ޙާލަތު އިޢުލާނު ކޮށްފައިވާ މިދަނޑިވަޅު ޤާނޫނުއަސާސީއަށް އިޞްލާޙު ގެންނަން ހުށަހަޅާފައި ވާތީ، އުފެދުނު ދެބަސްވުންތަކާ ގުޅިގެން ނެވެ.

އެޓަރނީ ޖެނެރަލް އިބްރާހީމް ރިފްޢަތު އަދި ރައްޔިތުންގެ މަޖިލީހުގެ ކައުސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވެސް ލާމަރުކަޒީ ކޮމެޓީއަށް ލަފާ ދެއްވާފައި ވަނީ، ޤާނޫނު ނަންބަރު 22/2019 (ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާއިން ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ނ)އަށް ގެނެސްފައިވާ އިޞްލާޙު ކަމަށްވާ ކައުންސިލްތަކުގެ އުމުރު 3 އަހަރުން 5 އަހަރަށް ބަދަލުކުރި ކުރުމަށް ރިޢާޔަތް ކުރާއިރު، އެ މާއްދާ އަށް ޢަމަލު ކުރެވޭނެ އުޞޫލު ކަނޑައަޅާދީފައި ވަނީ އެ ޤާނޫނުގެ 4 ވަނަ މާއްދާގަ އެވެ. މިގޮތުން ޤާނޫނުއަސާސީގެ 231 ވަނަ މާއްދާއަށް ގެނެސްފައިވާ ބަދަލުތަކާ އެއްގޮތްވާ ގޮތުގެމަތިން ކައުންސިލްތަކަށް މެންބަރުން ޢައްޔަނު ކުރަންވާނީ އެ ކައުންސިލްތަކަށް މެންބަރުން ޢައްޔަނުކުރަން ފެށި ތާރީޚު ކަމަށްވާ 8 ޑިސެންބަރު 2019ށް ފަހު، ދެން އެންމެ އަވަހަށް ބާއްވާ އިންތިޚާބެއްގައި ކަމަށް ބަޔާންކޮށްފައި ވާތީ، ޤާނޫނުއަސާސީއަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ 4 މާއްދާ އެފަދައިން އޮތްހާހިނދަކު، އެމާއްދާ އިޞްލާޙު ކުރުމަކާ ނުލައި މިހާރު 3 އަހަރަށް އިންތިޚާބު ކޮށްފައިވާ ކައުންސިލްތަކުގެ ދައުރު، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޢާންމު ޤާނޫނަކުން އެއަށްވުރެ އިތުރު މުއްދަތަކަށް އިތުރު ކުރެވިދާނެ ކަމަކަށް ނުފެންނަ ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2017

އެމްޔޫއޯއިން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް މާޗް 9 ގައި ފަށަނީ

27 ފެބުރުއަރީ 2017
އެމްޔޫއޯއިން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް  މާޗް 9 ގައި ފަށަނީ
27 ފެބުރުއަރީ 2017

ލޯކަލް ކައުންސިލްތަކުގެ މުއްދަތު ހަމަވެއްޖެ

27 ފެބުރުއަރީ 2017
ލޯކަލް ކައުންސިލްތަކުގެ މުއްދަތު ހަމަވެއްޖެ
26 ފެބުރުއަރީ 2017

މަޖުބޫރު ކޮށްގެން ޕީޕީއެމަށް މެމްބަރުން އިތުރުކުރާ މައްސަލައަށް ބަހުސް ކުރުން މާދަމާ

26 ފެބުރުއަރީ 2017
މަޖުބޫރު ކޮށްގެން ޕީޕީއެމަށް މެމްބަރުން އިތުރުކުރާ މައްސަލައަށް ބަހުސް ކުރުން މާދަމާ
13 ފެބުރުއަރީ 2017

ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ސަރުކާރުން ހުށަހެޅި ބިލަށް ބަހުސް ކުރުން އަންގާރަ ދުވަހު

13 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ސަރުކާރުން ހުށަހެޅި ބިލަށް ބަހުސް ކުރުން އަންގާރަ ދުވަހު
13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
15 ޖެނުއަރީ 2017

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް