Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްވިމިންގ އެސޯސިއޭޝަންގެ އިންތިޚާބު

ސްވިމިންގ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ ދައުރު ދަމަހައްޓައިފި

ކޮވިޑް-19 އާ ގުޅިގެން ސްވިމިންގ އެސޯސިއޭޝަންގެ އިންތިޚާބު ވަނީ ފަސްކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 23 މެއި 2020 | ހޮނިހިރު 15:45
މީގެ ކުރިން ބޭއްވި ގައުމީ ފެތުމުގެ މުބާރާތުގެ ތެރެއިން

މީގެ ކުރިން ބޭއްވި ގައުމީ ފެތުމުގެ މުބާރާތުގެ ތެރެއިން

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީގެ ދައުރު ދަމަހައްޓަން ނިންމައިފި އެވެ.

ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ސްވިމިންގ އެސޯސިއޭޝަންގެ އިންތިޚާބު ވަނީ ފަސްކޮށްފައެވެ. އެ އެސޯސިއޭޝަންގެ އިންތިޚާބު ނުބޭއްވި ލަސްވަމުންދާތީ މިހާރުގެ ހިންގާ ކޮމިޓީގެ ދައުރު ދަމަހައްޓަން ވަނީ ނިންމާފައެވެ.

ސްވިމިންގ އެސޯސިއޭޝަނުން ބުނޫ ކޮވިޑް-19 އާ ގުޅިގެން ސަރުކާރު ބަންދުކޮށްފައިވާ ކުރުން ނިމުމަކަށް އައިސް، އާންމު ހާލަތަކަށް ރުޖޫޢއަވެ، ސަރުކާރު ހުޅުވޭތާ 30 ދުވަހުގެ ތެރޭގައި އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ އިންތިޚާބު ބޭއްވުމަށާއި، އައު ހިންގާ ކޮމިޓީ އިންތިޚާބުކުރުމާ ހަމައަށް މިހާރު އިންތިޚާބުކޮށްފައިވާ ހިންގާ ކޮމިޓީ ދެމިއޮތުމުގެ ހުއްދަ ސްޕޯޓްސް ކޮމިޝަންގެ ފަރާތުންނާއި ބައިނަލްއަގުވާމީ ފެތުމުގެ ކުޅިވަރުތަކާ ބެހޭ ޖަމްޢިއްޔާ (ފީނާ) އިން ދީފައިވާ ކަމަށެވެ.

ސްވިމިންގ އެސޯސިއޭޝަންގެ އިންތިޚާބު ހަތަރުވަނަ ފަހަރަށް ފަސްކޮށްފައިވާއިރު، އެ އެސޯސިއޭޝަނުން މީގެ ކުރިން ވަނީ ހަތަރުވަނަ އިންތިޚާބުގެ ވޯޓުލުން ބޭއްވޭނެ ތާރީޚް، ގަޑި އަދި ބޭއްވޭނެ ތަން ފަހުން އިއުލާން ކުރާނެ ކަމަށެވެ.

މީގެ ކުރިން ސްވިމިންގ އެސޯސިއޭޝަންގެ އިންތިޚާބު ބާއްވަން ނިންމީ އޭޕްރީލް މަހުގެ 11 ވަނަ ދުވަހު އެވެ. އޭގެ ކުރިން ވެސް އިންތިޚާބު ބާއްވަން މަސައްކަތް ކުރި ނަމަވެސް، ކޮވިޑް-19 އާ ގުޅިގެން އިންތިޚާބު ފަސްކުރިއެވެ. އެންމެ ފުރަތަމަ އިންތިޚާބު ބާއްވަން ނިންމީ މާޗު މަހުގެ 28 ވަނަ ދުވަހު އެވެ.

އިތުރަށް ކިޔާލަން

02 މެއި 2017

ބައްސާމްގެ ދައުރު ނިމެންދެން އަންހެން ފުޓުބޯޅަ ޓީމުގެ ކޯޗަކަށް އާތީ

02 މެއި 2017
ބައްސާމްގެ ދައުރު ނިމެންދެން އަންހެން ފުޓުބޯޅަ ޓީމުގެ ކޯޗަކަށް އާތީ
23 އެޕްރީލު 2017

އޮލިމްޕިކް ކޮމިޓީގެ އިންތިހާބުގައި އެފްއޭއެމްގެ އެންޑޯސްމަންޓް ޝަވީދަށް

23 އެޕްރީލު 2017
އޮލިމްޕިކް ކޮމިޓީގެ އިންތިހާބުގައި އެފްއޭއެމްގެ އެންޑޯސްމަންޓް ޝަވީދަށް
23 އެޕްރީލު 2017

15 ވަނަ މަކިޓާ ސްވިމިންގް އެސޯސިއޭޝަން ކަޕް އަންނަ މަހު ފަށަނީ

23 އެޕްރީލު 2017
15 ވަނަ މަކިޓާ ސްވިމިންގް އެސޯސިއޭޝަން ކަޕް އަންނަ މަހު ފަށަނީ
17 އެޕްރީލު 2017

އޮލިމްޕިކް ކޮމިޓީގެ އިންތިހާބު އަންނަމަހު

17 އެޕްރީލު 2017
އޮލިމްޕިކް ކޮމިޓީގެ އިންތިހާބު އަންނަމަހު
30 މާރިޗު 2017

އެތުލެޓިކްސް އެސޯސިއޭޝަންގެ މިއަހަރުގެ ބަޖެޓު ހަތް މިލިއަނަށް

30 މާރިޗު 2017
އެތުލެޓިކްސް އެސޯސިއޭޝަންގެ މިއަހަރުގެ ބަޖެޓު ހަތް މިލިއަނަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު