Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ61.9 މިލިއަން ޑޮލަރު އެހީ ލިބިފައިވޭ

މިހާތަނަށް 61.9 މިލިއަން ޑޮލަރު އެހީއާއި ލޯނުގެ ގޮތުގައި ލިބިފައިވޭ

ވާރލްޑް ބޭންކުން ލިބިފައިވަނީ 17.3 މިލިއަން ޑޮލަރު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 23 މެއި 2020 | ހޮނިހިރު 11:50
ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އަމީރު ބައިވެރިވެވަޑައިގަންނަވަނި

ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އަމީރު ބައިވެރިވެވަޑައިގަންނަވަނި

މިހާތަނަށް 61.9 މިލިއަން ޑޮލަރު އެހީއެއް ލޯނުގެ ގޮތުގައި ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ ވާރލްޑް ބޭންކުން ލިބިފައި ވަނީ 17.3 މިލިއަން ޑޮލަރު ކަމަށާއި، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ލިބިފައި ވަނީ 0.6 މިލިއަން ޑޮލަރު ކަމަށެވެ. މީގެ އިތުރުން އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) މެދުވެރިކޮށް ލިބިފައި ވަނީ 15.1 މިލިއަން ޑޮލަރު ކަމަށާއި، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) މެދުވެރިކޮށް ލިބިފައި ވަނީ 28.9 މިލިއަން ޑޮލަރު ކަމަށެވެ.

މީގެ އިތުރުން އެކިއެކި ފައިނޭންޝިއަލް އިންސްޓިޓިއުޓްތަކުން މަސައްކަތް ކުރަމުން ދަނީ ފައިސާ ހަމަޖައްސަން ކަމަށާއި، 'އިންޑިކޭޓިވް ފިގަރ' އެއްގެ ގޮތުގައި ގާތްގަޑަކަށް 290 މިލިއަން ޑޮލަރުގެ ފަންޑިންގ މިހާތަނަށް ޔަގީން ކުރެވިފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ ވާރލްޑް ބޭންކުން ލިބިފައިވާ 17.3 މިލިއަން ޑޮލަރުގެ ތެރެއިން 10 މިލިއަން ޑޮލަރުގެ 50 އިންސައްތަ އަކީ ލޯނު ކަމަށާއި 50 އިންސައްތަ އަކީ ހިލޭ އެހީ ކަމަށެވެ. އަދި 7.3 މިލިއަން ޑޮލަރުގެ ތެރެއިންވެސް 50 އިންސައްތަ އަކީ ލޯން އަދި އަނެއް 50 އިންސައްތަ އަކީ ހިލޭ އެހީ ކަމަށެވެ.

މީގެ އިތުރުން ކޮވިޑް-19 އާއި ގުޅިގެން އިންޑިއާ، ޖަޕާން، އެމެރިކާ، ޗައިނާ، ޔުނިސެފް، ޔޫރަޕިއަން ޔޫނިއަން އަދި ބަންގުލަދޭޝުން އެހީތެރިވެފައިވާ ކަމަށް މިނިސްޓަރ އަމީރު ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

މިހާތަނަށް ބޭއްވި ސިވިލް ސަރވިސް އެންޓްރޭންސް އެގްޒާމްގައި 352 ބައިވެރިވެފައިވޭ

31 ޖެނުއަރީ 2017
މިހާތަނަށް ބޭއްވި ސިވިލް ސަރވިސް އެންޓްރޭންސް އެގްޒާމްގައި 352 ބައިވެރިވެފައިވޭ
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
17 ޖެނުއަރީ 2017

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު