Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފިލި އިތުރު މީހަކު ހޯދައިފި

ޕޮޒިޓިވްވެފައި ހުއްޓާ ފިލި އިތުރު މީހަކު ހޯދައިފި

ފިލައިގެން އުޅެނިކޮށް ފެނިފައިވަނީ ކޭސް ނަންބަރު 594

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 19 މެއި 2020 | އަންގާރަ 18:03
ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގެ ތަރުޖަމާނު މަބްރޫކް އަޒީޒު، ފަހު މީހާ ވެސް ހޯދޭނެކަމަށް މަބްރޫކް ވިދާޅުވި

ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގެ ތަރުޖަމާނު މަބްރޫކް އަޒީޒު، ފަހު މީހާ ވެސް ހޯދޭނެކަމަށް މަބްރޫކް ވިދާޅުވި

ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ހުއްޓައި، ފިލި ހަތް މީހުންގެ ތެރެއިން އިތުރު އެކަކު ހޯދާފައިވާ ކަމަށް ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.

އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ މި މީހާއަކީ ހޯމަ ދުވަހާ ހަމައަށް ނުފެނި ތިބި ދެ މީހުންގެ ތެރެއިން އެކަކު ކަމަށާއި، އެއީ ކޭސް ނަންބަރު 594 ކަމަށެވެ. މިއީ ޕޮޒިޓިވްވި ފަހުން ފިލި 7 ބިދޭސީންގެ ތެރޭގައި ހިމެނޭ މީހެކެވެ.

މި މީހާއަކީ ބަންގުލަދޭޝް މީހެކެވެ. އޭނާ ބައްޔަށް ޕޮޒިޓިވްވެފައިވަނީ މި މަހުގެ 5 ވަނަ ދުވަހުއެވެ. މަބްރޫކް ވިދާޅުވީ އެމީހާ ފެނުމާއެކު ހޯދަމުންދާ މީހުންގެ ތެރެއިން ނުފެނި ވަނީ އެއްމެ މީހެއް ކަމަށެވެ.

ބާކީ ނުފެނި ހޯދަމުންދާ މީހާގެ ވަނަވަރު އާންމު ނުކުރާތީ އެކަމާއި ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މަބްރޫކް ވިދާޅުވީމީހާގެ ވަނަވަރު އާންމުކުރަން އޮންނަ ގޮތަކީ ފުލުހުންނަށް އެންގުމަށްފަހު ފުލުހުންނަށް އޭނާ ނުފެނުނުކަމަށް ޑިކްލެއަރ ކުރުމުން ދެން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް އެ މައުލޫމާތު އާންމު ކުރައްވާ ގޮތަށް ކަމަށެވެ. ނަމަވެސް މިހާ ހިސާބަށް އައި އިރު އެކަކު ހޯދިފައިވާ ކަމަށާއި، ދެން ހުރި މީހާ ވެސް ހޯދޭނެކަމަށް ބެލެވޭ ކަމަށެވެ. އެހެންނަމަވެސް އެމީހާ ނުހޯދިއްޖެނަމަ އެމީހާގެ މައުލޫމާތު އާންމުކުރައްވާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު