Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޑަބްލިއުއެޗްއޯއަށް ޓްރަމްޕް ފާޑު ވިދާޅުވުން

ޑަބްލިއުއެޗްއޯ އަށް ފަންޑު ދިނުން ހުއްޓާލާނެ ކަމުގެ އިންޒާރެއް ޓްރަމްޕް ދެއްވައިފި

19 މެއި 2020 | އަންގާރަ 12:36

ޓްރަމްޕް ވަނީ 30 ދުވަހުގެ މުހުލަތެއް ޑަބްލިއުއެޗްއޯއަށް ދެއްވާފައި

ޒިހްނަތު ހަސަން
ޒިހްނަތު ހަސަން | 19 މެއި 2020 | އަންގާރަ 12:36
ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޯސް އެެދެނޯމް ގެބްރިއޭސަސް އަދި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް

ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޯސް އެެދެނޯމް ގެބްރިއޭސަސް އަދި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް

ދުނިޔޭގެ ޞިއްހަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އަށް އެމެރިކާއިން ދެމުން އަންނަ ފަންޑު ހުއްޓާލާނެ ކަމުގެ އިންޒާރު އެޤައުމުގެ ރައީސް ޑޮނާލްޑް ޓްރަމްޕް ދެއްވައިފި އެވެ.

ކޮވިޑް-19 ގެ ޙާލަތާއި ގުޅިގެން އެމެރިކާ ސަރުކާރުން ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޯސް އެެދެނޯމް ގެބްރިއޭސަސް އަށް ފޮނުއްވި ސިޓީގައި ޓްރަޕްމް ވިދާޅުވެފައި ވަނީ، އެޖަމާޢަތުން ކުރުމަށް ނިންމާފައިވާ މަސައްކަތްތަކުގެ ނަތީޖާ ކުރިޔަށް އޮތް 30 ދުވަހުގެ ތެރޭގައި ނުނެރެވޭނަމަ އެމެރިކާއިން ފަންޑް ދިނުން ހުއްޓާލާނެ ކަމަށެވެ. ޓްރަމްޕްގެ ރަސްމީ ޓްވިޓަރ އެކައުންޓުގައި ވަނީ ހިއްސާ ކުރައްވާފަ އެވެ.

އެމެރިކާގެ ރައީސް ޑަބްލިއުއެޗްއޯ އަށް ސިޓީއެއް ފޮނުއްވާފައި މި ވަނީ މުޅި ދުނިޔެއިން 4.8 މިލިއަން މީހުން ކޮވިޑް-19ށް ޕޮޒިޓިވްވެ، 318 ހާހަށް ވުރެ ގިނަ މީހުން މަރުވެފައިވާ ދަނޑިވަޅެއްގަ އެވެ. އެމެރިކާއިން އެކަނި 1.5 މިލިއަން މީހުން މި ވައިރަސްއަށް ޕޮޒިޓިވްވެ، 90،000ށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. ކޮވިޑް-19 ގެ މިޙާލަތުގައި އެމެރިކާއިން އެންމެ ކަންބޮޑު ވަނީ އެޤައުމަކީ މުޅި ދުނިޔެއަށް ބަލާއިރު ވައިރަސްގެ ނުރައްކާ އެންމެ ބޮޑު ޤައުމަށް ވާތީއެވެ.

މިދިޔަ އެޕްރީލް މަހުވެސް ޓްރަމްޕް ވަނީ ޑަބްލިއުއެޗްއޯ އިން ކޮވިޑް-19ގެ ނުރައްކަލާއި ކުރިމަތިލުމަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރާކަމަށް ތުހުމަތު ކުރައްވާ ފަންޑު ދިނުން ހުއްޓާލުމުގެ ވިސްނުންފުޅެއް ގެންގުޅުއްވާކަން ބަޔާންކުރައްވާފައެވެ. ނަމަވެސް މިފަހަރު ތަފާތެވެ. މި ފަހަރު ދެއްވީ ހަރުކަށި އިންޒާރެކެވެ. ސިޓީގައި ފަންޑު ހުއްޓާލަން ނިންމެވި ޝަރުޠު ތަކެއްގެ އިތުރުން އެ ޖަމާޢާތުގެ މެންބަރު ކަމުން ވަކިވެދާނެ ކަމުގެ އިންޒާރެއްވެސް ދެއްވާފައި ވެއެވެ.

ޓްރަމްޕްގެ މި އިންޒާރާއި ގުޅިގެން، އެމެރިކާގެ ކުރީގެ ބައެއް އިސް މަސްއޫލުވެރިންނާއި، ޞިއްޙީ ބައެއް އޮފިޝަލުން ވަނީ ޓްރަމްޕަށް ފާޑު ވިދާޅުވެ، ޑަބްލިއުއެޗްއޯ ދިފާޢު ކުރައްވާ ވާހަކަފުޅު ދައްކަވާފަ އެވެ. ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ޑަބްލިއުއެޗްއޯއަށް ގޮން ޖައްސަވަނީ، އަމިއްލަ ޤައުމުގެ ކަންކަން ހަމަޔަކަށް އެޅުވުމުގައި ނުކުޅެދުމުން، އެހެން ފަރާތްތަކުގެ އިސްތަށިފުޅުގައި ބަދުނާމު އަޅުވާ މަންޒަރު ބަދަލުކޮށްލުމުގެ ބޭނުމުގައި ކަމަށެވެ.

ޓްރަމްޕަށް ފާޑު ވިދާޅުވީ ބޭފުޅުންގެ ތެރެއިން އެމެރިކާގެ ކުރީގެ ނައިބު ރައީސް ޖޯ ބައިޑެން ވިދާޅުވީ، ކޮވިޑް-19އާއި ކުރިމަތި ލުމުގައި އެމެރިކާ ސަރުކާރުން ވަގުތު ބޭކާރުކޮށްފައިވާ ކަމަށެވެ. އަދި ގިނަ ބަޔަކު ވައިރަސްގެ ވަބާގެ ޝިކާއަރަކަށް ވެގެން ދިޔައީ ޓްރަމްޕްގެ ޢާންމު ޞިއްޙަތުގެ ނިޒާމު ފޭލިވެފައި އޮތުމުގެ ސަބަބުން ކަމަށެވެ.

އެމެރިކާގެ ރައީސް ފާޑު ވިދާޅުވި ނަމަވެސް، ސްވިޓްޒަރލޭންޑުގެ ޖެނީވާގައި ޤާއިމުކޮށްފައިވާ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ގެންދަނީ މެންބަރު ޤައުމުތަކުގެ އެހީއާއި ފަންނީ މާހިރުންނާއި ސައިންސްވެރިންގެ އެހީގައި ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އަދި މެންބަރު ޤައުމުތަކާއި މެންބަރު ނޫން ޤައުމުތަކަށް ފަންނީ ގޮތުންނާއި ވަޞީލަތުގެ ގޮތުން އެހީތެރިވަމުންނެވެ. އެހެންނަމަވެސް ކޮވިޑް-19އާއި ގުޅިގެން ޤައުމުތަކުން ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އަޅާފައިވާ ބައެއް ފިޔަވަޅުތަކުގެ ސަބަބުން އެ ޖަމާއަތުގެ ކަންކަން ތަންފީޒު ކުރުމުގައި ވަނީ ދަތި އުދަގޫތަކާއި ކުރިމަތިވެފަ އެވެ. ޚާއްޞަކޮށް އެއްގަމާއި ވައިގެ ދަތުރު ހުއްޓާލުމާއި، ފުރަބަންދުގެ ފިޔަވަޅުތަކުގެ ސަބަބުން އެޖަމާޢަތުގެ މަސައްކަތައް ވަނީ ބުރޫ އަރާފަ އެވެ.

ނިމިގެން ދިޔަ އެ ޖަމާޢަތުގެ ޢާންމު މަޖިލީހުގައި ދުނިޔޭގެ ލީޑަރުންވެސް ވަނީ އެމެރިކާއާއި އެހެނިހެން ނުފޫޒު ގަދަ ޤައުމުތަކުން ޑަބްލިއުއެޗްއޯއަށް ކިޔަމުންދާ ފާޑު ކިޔުން ދިފާޢު ކުރައްވާ އެ ޖަމާޢާތުގެ މަސައްކަތައް ތަޢުރީފު ކުރައްވާ، ކޮވިޑް-19ގެ މި ޙާލަތުގައި މިހާރުވެސް އަމަލު ކުރަމުންދާ ގޮތައް އިސް ދައުރެއް ހިކުމަތްތެރިކަމާއެކު އަދާކުރެއްވުމަށް ސެކްރެޓަރީ ޖެނެރަލް ޑރ. އެދެނޯމްއަށް ގޮވާލައްވާފަ އެވެ.

ޑަބްލިއުއެޗްއޯއަށް ތަޢުރީފު ކުރެއްވި ބޭފުޅުންގެ ތެރޭގައި އެމެރިކާގެ ސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) ގެ އިސް މަސްއޫލުވެރިން ވެސް ހިމެނެއެވެ.

އެމެރިކާގެ މިހާރުގެ ރައީސް ޑަބްލިއުއެޗްއޯގެ މަސައްކަތައް ފާޑު ވިދާޅުވިނަމަވެސް، އެމެރިކާއަކީ އެ ޖަމާޢަތުގެ މަސައްކަތްތަކުގައި ވަރަށް ގާތުން އެހީވެދޭ ޤައުމެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ބަލިމަޑުކަމުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކާއި، ޞިއްޙީ އެކި ކެމްޕޭނުތަކުގައި އެމެރިކާއިން ދަނީ ޒަމާނުއްސުރެ އެހީތެރިވަމުންނެވެ. ވަކިން ޙާއްޞަކޮށް އެމެރިކާގެ ފަންނީ އަދި މާލީ އެހީތެރިކަން ފާހަގަކޮށްލެވެ އެވެ. އެމެރިކާ ފާހަގަ ކުރެވެނީ އެންމެ ބޮޑު މާލީ އެހީތެރިކަމެއް ޑަބްލިއުއެޗްއޯއަށް ވެދޭ ޤައުމުގެ ގޮތުގައެވެ. ފެންނަން ހުރި ޑޭޓާއަށް ބަލާއިރު، 2016-2017ށް އެމެރިކާއިން 945.6 މިލިއަން ޑޮލަރު ހަދިޔާކޮށްފައި ވެއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

4

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

25 އެޕްރީލު 2017

ބަނޑުހައިހޫނުކަމުގެ ހަޅުތާލުގެ ސަބަބުން މަރްވާން ބަރްގޫތީގެ ސިހްހީ ހާލަތު ދަށަށް

25 އެޕްރީލު 2017
ބަނޑުހައިހޫނުކަމުގެ ހަޅުތާލުގެ ސަބަބުން މަރްވާން ބަރްގޫތީގެ ސިހްހީ ހާލަތު ދަށަށް
18 އެޕްރީލު 2017

އިޒްރާއިލް ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަނީ

18 އެޕްރީލު 2017
އިޒްރާއިލް ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަނީ
17 އެޕްރީލު 2017

ރައީސަށް ވެރިކަމުގެ ބާރުތައް ލިބިދޭ އިސްލާހަށް ތުރުކީ ރައްޔިތުން އާބަސް ބުނެފި

17 އެޕްރީލު 2017
ރައީސަށް ވެރިކަމުގެ ބާރުތައް ލިބިދޭ އިސްލާހަށް ތުރުކީ ރައްޔިތުން އާބަސް ބުނެފި
16 އެޕްރީލު 2017

ފްލައިޓްތަކެއް ހައިޖެކް ކުރާނެ ކަމުގެ އިންޒާރާއެކު އިންޑިޔާގެ 3 އެއަރޕޯޓް އެލަރޓްވެއްޖެ

16 އެޕްރީލު 2017
ފްލައިޓްތަކެއް ހައިޖެކް ކުރާނެ ކަމުގެ އިންޒާރާއެކު އިންޑިޔާގެ 3 އެއަރޕޯޓް އެލަރޓްވެއްޖެ
31 މާރިޗު 2017

ސްކޮޓްލެންޑްގެ މިނިވަންކަމުގެ ވޯޓު ނެގުމުގެ ހުއްދައަށް އިނގިރޭސި ސަރުކާރުގެ ކިބައިން ރަސްމީކޮށް އެދެފި

31 މާރިޗު 2017
ސްކޮޓްލެންޑްގެ މިނިވަންކަމުގެ ވޯޓު ނެގުމުގެ ހުއްދައަށް އިނގިރޭސި ސަރުކާރުގެ ކިބައިން ރަސްމީކޮށް އެދެފި
21 މާރިޗު 2017

ފޯންކޯލް އަޑުއެހިކަމުގެ ހެއްކެތް ނެތް:އެފްބީއައި

21 މާރިޗު 2017
ފޯންކޯލް އަޑުއެހިކަމުގެ ހެއްކެތް ނެތް:އެފްބީއައި
05 މާރިޗު 2017

އަނެއްކާ ވެސް މުސްލިމް ގައުމުތަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަނީ!

05 މާރިޗު 2017
އަނެއްކާ ވެސް މުސްލިމް ގައުމުތަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަނީ!
14 ފެބުރުއަރީ 2017

ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި

14 ފެބުރުއަރީ 2017
ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި
09 ފެބުރުއަރީ 2017

ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

09 ފެބުރުއަރީ 2017
ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި
25 ޖެނުއަރީ 2017

މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ

25 ޖެނުއަރީ 2017
މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް