Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީޔޫ ކޮވިޑް ރިލީފް ފަންޑް

ކޮވިޑް ރިކަވަރީ ފަންޑަށް ޖަރުމަނާއި ފަރަންސޭސްވިލާތުން 500 ބިލިއަން ޔޫރޯ ހުށައަޅައިފި

19 މެއި 2020 | އަންގާރަ 03:07

މި ފައިސާ ދެވޭނީ ލޯނުގެ ގޮތުގައެއް ނޫން، އެހީގެ ގޮތުގައި

އަމަން ހަލީމް
އަމަން ހަލީމް | 19 މެއި 2020 | އަންގާރަ 03:07
ޖަރުމަނުވިލާތުގެ ޗާންސެލަރ އެންޖެލާ މަރކެލް އަދި ފަރަންސޭސީ ރައީސް އެމަނުއެލް މެކްރޯން ގުޅިގެން ދެއްވި ވަރޗުއަލް ޖޮއިންޓް ސްޓޭޓްމަންޓުގެ ތެރެއިން

ޖަރުމަނުވިލާތުގެ ޗާންސެލަރ އެންޖެލާ މަރކެލް އަދި ފަރަންސޭސީ ރައީސް އެމަނުއެލް މެކްރޯން ގުޅިގެން ދެއްވި ވަރޗުއަލް ޖޮއިންޓް ސްޓޭޓްމަންޓުގެ ތެރެއިން

ވިލާތު އިއްތިހާދު (އީޔޫ) ގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު ދެ އިގްތިސާދީ ބާރު ކަމަށްވާ، ފަރަންސޭސްވިލާތާއި ޖަރުމަންވިލާތުން، ކޮވިޑް ރިކަވަރީ ފަންޑުގެ ގޮތުގައި 500 މިލިއަން ޔޫރޯ ކަނޑައެޅުމަށް ތާއީދުކޮށްފި އެވެ.

މި ރިކަވަރީ ފަންޑުން އެހީއަށް އެދުމުގެ ފުރުސަތު އީޔޫ މެމްބަރު ގައުމުތަކަށް ލިބިގެންދާނެ އެވެ. އަދި މެމްބަރު ގައުމުތަކުގައި ރަޖިސްޓްރީ ކޮށްފައިވާ ވަކިވަކި ސިނާއަތްތަކަށް ވެސް މި ފަންޑުގެ ތެރެއިން ފައިސާގެ އެހީއަށް އެދި ހުށައެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

ބެލެވޭ ގޮތުގައި، ފަރަންސޭސްވިލާތާއި ޖަރުމަންވިލާތުގެ ހުށައެޅުމަށް، މެމްބަރު އެހެން ގައުމުތަކުގެ ތާއީދު ލިބޭނެ އެވެ. އެ ދެ ގައުމުގެ ހުށައެޅުމުގައި ވަނީ ޔޫރަޕިއަން ކޮމިޝަނުން މި ފައިސާ ދަރަނީގެ ގޮތުގައި ނެގުމަށް ފަހު، 2021-2027 ވަނަ އަހަރަށް ކަނޑައަޅާފައިވާ އީޔޫގެ ބަޖެޓުގެ ތެރޭގައި ހިމެނުމަށެވެ.

މި ހުށައެޅުމަށް އިޓަލީވިލާތާއި ސްޕެއިންގެ ތާއީދުވެސް ލިބޭނެކަމަށް މުރާސިލުން އަންނަނީ ބުނަމުންނެވެ. އެ ދެ ގައުމުން އެންމެ ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތްކުރަމުން އައީ އިއްތިހާދުގެ ހުރިހާ މެމްބަރުން ދަރަންޏަށް ޒިންމާވާގޮތަށް ރިކަވަރީ ފަންޑެއް އެކުލަވާލުމަށެވެ. ނަމަވެސް، އެއިރު ޖަރުމަނާއި ފަރަންސޭސްވިލާތުން ވަނީ މިހެން ފަންޑެއް އެކުލަވާލުމަށް ދެކޮޅު ހަދާފަ އެވެ.

އީޔޫގެ ކޮވިޑް ރިކަވަރީ ފަންޑުން އެހީ ލިބުމުގެ ޝަރުތުތަކުގެ ތެރޭގައި، ހަރުދަނާ އިގްތިދާސީ ސިޔާސަތުތައް އެކުލަވާލުމާއި، އިގްތިސާދީ ނިޒާމަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ އެޖެންޑާއެއް އެކުލަވާލުން ހިމެނެ އެވެ. މި އެޖެންޑާގެ މަގުސަދަކީ ތިމާވެއްޓާއި ރައްޓެހި، އުފެއްދުންތެރިކަމާއި ދިރާސާއަށް ބާރުއަޅާ، ޑިޖިޓަލް އިގްތިސާދަކަށް ގައުމުތަކުގެ މިސްރާބު އަނބުރާލުމެވެ.

މި ފައިސާ އަނބުރާ ދައްކަން ފަށާނީ 2027 ވަނަ އަހަރަށް ފަހުގަ އެވެ. ފައިސާ އަނބުރާ ދައްކާއިރު، އެ ގައުމަކުން ޒިންމާވާން ޖެހޭނީ މިހާރުވެސް އީޔޫގެ ބަޖެޓުގައި އެކަށައަޅާފައިވާ އިންސައްތައިގެ ތެރެއިންނެވެ. އެގޮތަށް ބަލާއިރު، ބަޖެޓުގެ އެންމެ ބޮޑު އިންސައެއް ހިއްސާކުރަނީ، ޖުމުލަ ބަޖެޓުގެ 27 އިންސައްތަ ހިއްސާކުރާ ޖަރުމަނުވިލާތުންނެވެ.

ފައިސާ އަނބުރާ ދައްކާނީ ނަގާ ޓެކްސްގެ އަދަދު އިތުރުކޮށްގެންތޯ ނުވަތަ އެހެން ކޮންސެޝަނަލްސްގެ ގޮތުގައިތޯ ނިންމާނީ މެމްބަރު ގައުމުތަކުގެ މެދުގައި މަޝްވަރާކުރުމަށް ފަހުގައި، އެއްބަސްވެވޭ ގޮތެއްގެ މަތިންނެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2020

ކޮވިޑް-19 އާއި ގުޅިގެން ބަހްރެއިންގެ ސްކޫލްތައް ބަންދުކޮށްފި

27 ފެބުރުއަރީ 2020
ކޮވިޑް-19 އާއި ގުޅިގެން ބަހްރެއިންގެ ސްކޫލްތައް ބަންދުކޮށްފި
27 ފެބުރުއަރީ 2020

ކޮވިޑް-19 ފެތުރޭތީ އުމްރާ އަށް މީހުން އައުން ސައުދީން ވަގުތީ ގޮތުން މަނާކޮށްފި

27 ފެބުރުއަރީ 2020
ކޮވިޑް-19 ފެތުރޭތީ އުމްރާ އަށް މީހުން އައުން ސައުދީން ވަގުތީ ގޮތުން މަނާކޮށްފި
26 ފެބުރުއަރީ 2020

ކޮވިޑް-19: ޗައިނާއިން އިއްޔެ 52 މީހުން މަރުވިއިރު ޗައިނާ ނޫން ގައުމުތަކުން 48 މަރު

26 ފެބުރުއަރީ 2020
ކޮވިޑް-19: ޗައިނާއިން އިއްޔެ 52 މީހުން މަރުވިއިރު ޗައިނާ ނޫން ގައުމުތަކުން 48 މަރު
25 ފެބުރުއަރީ 2020

ކޮވިޑް-19: ޔޫއޭއީއާ އިރާނާ ދެމެދު ދަތުރުކުރާ ފްލައިޓްތައް ވަގުތީ ގޮތުން މެދު ކަނޑާލައިފި

25 ފެބުރުއަރީ 2020
ކޮވިޑް-19: ޔޫއޭއީއާ އިރާނާ ދެމެދު ދަތުރުކުރާ ފްލައިޓްތައް ވަގުތީ ގޮތުން މެދު ކަނޑާލައިފި
25 ފެބުރުއަރީ 2020

ކޮވިޑް-19: މަރުވި މީހުންގެ އަދަދު 2,698 އަށް، ރަނގަޅުވި މީހުންގެ އަދަދު 27,323 އަށް

25 ފެބުރުއަރީ 2020
ކޮވިޑް-19: މަރުވި މީހުންގެ އަދަދު 2,698 އަށް، ރަނގަޅުވި މީހުންގެ އަދަދު 27,323 އަށް
23 ފެބުރުއަރީ 2020

ކޮވިޑް-19: ވައިރަސް ޖެހުނު މީހުންގެ އަދަދު 78,572 އަށް، މަރުވި މީހުންގެ އަދަދު 2,458 އަށް

23 ފެބުރުއަރީ 2020
ކޮވިޑް-19: ވައިރަސް ޖެހުނު މީހުންގެ އަދަދު 78,572 އަށް، މަރުވި މީހުންގެ އަދަދު 2,458 އަށް
20 ފެބުރުއަރީ 2020

އުތުރު ކޮރެއާއިން ކޮވިޑް-19 ފެނިއްޖެނަމަ ޗައިނާއަށްވުރެ ނުރައްކާ ބޮޑުވާނެ: ސިއްޙީ ތަޖުރިބާކާރުން

20 ފެބުރުއަރީ 2020
އުތުރު ކޮރެއާއިން ކޮވިޑް-19 ފެނިއްޖެނަމަ ޗައިނާއަށްވުރެ ނުރައްކާ ބޮޑުވާނެ: ސިއްޙީ ތަޖުރިބާކާރުން
18 ފެބުރުއަރީ 2020

ކޮވިޑް-19: ވޫހާން ހޮސްޕިޓަލުގެ އިސްވެރިޔާ މަރުވި ކަމަށް ބުނާ ހަބަރު ދޮގުކޮށްފި

18 ފެބުރުއަރީ 2020
ކޮވިޑް-19: ވޫހާން ހޮސްޕިޓަލުގެ އިސްވެރިޔާ މަރުވި ކަމަށް ބުނާ ހަބަރު ދޮގުކޮށްފި
11 ޖުލައި 2019

އިނގިރޭސިވިލާތް އަދި ކެނެޑާއިން މީޑިއާ ޑިފެންސް ފަންޑަށް 4 މިލިއަން ޑޮލަރު

11 ޖުލައި 2019
އިނގިރޭސިވިލާތް އަދި ކެނެޑާއިން މީޑިއާ ޑިފެންސް ފަންޑަށް 4 މިލިއަން ޑޮލަރު
05 ޑިސެމްބަރު 2018

މުޒާހަރާތަކާ ގުޅިގެން ފަރަންސޭސްވިލާތުން ޑީސަލް ޓެކްސް ނެގުން މަޑުޖައްސާލައިފި

05 ޑިސެމްބަރު 2018
މުޒާހަރާތަކާ ގުޅިގެން ފަރަންސޭސްވިލާތުން ޑީސަލް ޓެކްސް ނެގުން މަޑުޖައްސާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް