Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްކޮޓްލެންޑް ލީގު ކެންސަލް ކުރުން

‎ސްކޮޓްލެންޑް ލީގު ކެންސަލް ކޮށް، ޗެމްޕިއަންކަން ސެލްޓިކަށް ދީފި

‎ލީގު ކެންސަލް ކުރަން ހުރިހާ ކްލަބަކުންވެސް ވަނީ ތާއީދު ކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 18 މެއި 2020 | ހޯމަ 12:51
ސެލްޓިކްގެ ކުޅުންތެރިން އުފާފާޅު ކުރަނިކޮށް: މިއީ ސެލްޓިކުން ޗެމްޕިއަންކަން ޖެހިޖެހިގެން ހޯދި ނުވަވަނަ ފަހަރު

ސެލްޓިކްގެ ކުޅުންތެރިން އުފާފާޅު ކުރަނިކޮށް: މިއީ ސެލްޓިކުން ޗެމްޕިއަންކަން ޖެހިޖެހިގެން ހޯދި ނުވަވަނަ ފަހަރު

ސްކޮޓްލެންޑްގެ ފުރަތަމަ ޑިވިޝަން ކަމަށްވާ ސްކޮޓިޝް ޕްރިމިއާޝިޕް ކެންސަލް ކޮށް، އެއްވަނައިގައި އޮތް ސެލްޓިކަށް ޗެމްޕިއަންކަން ދޭން ނިންމައިފި އެވެ.

ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ސްކޮޓްލެންޑްގައި ވަނީ ޖޫން މަހުގެ 10 ވަނަ ދުވަހުގެ ކުރިން ކުޅިވަރު ހަރަކާތްތައް ބޭއްވުން މަނާ ކޮށްފައެވެ. ސްކޮޓްލެންޑް ލީގު މެދުކަނޑާލީ މާޗުމަހުގެ 13 ވަނަ ދުވަހު އެވެ.

ލީގުތަކާ މެދު އަމަލުކުރާނެ ގޮތެއް މިމަހުގެ 25 ގެ ކުރިން އަންގަން ޔުއެފާ އިން އެދިފައިވާއިރު، ސްކޮޓްލެންޑް ލީގު ކެންސަލް ކުރަން ސްކޮޓިޝް ޕްރޮފެޝަނަލް ފުޓްބޯލް ލީގު (އެސްޕީއެފްއެލް) ގެބޯޑުން ނިންމީ ހޯމަ ދުވަހު ލީގުގެ 12 ކްލަބާއެކު ބޭއްވި ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި 12 ކްލަބުން ވެސް ވަނީ ލީގު ކެންސަލް ކުރަން ތާއީދު ކޮށްފައެވެ.

ލީގު ޗެމްޕިއަންކަން ސެލްޓިކަށް ދިންއިރު، ލީގުގެ އެއްވަނައިގައި އެޓީމު އޮތީ 13 ޕޮއިންޓުގެ ލީޑަކާ އެކުއެވެ. ދެވަނައިގައި އޮތީ ރޭންޖާސް އެވެ. މީގެ އިތުރުން ހޯމަ ދުވަހު އޮތް ބައްދަލުވުމުގައިވަނީ ތާވަލުގެ ފުލުގައި އޮތް ހާޓްސް ދެވަނަ ޑިވިޝަނަށް ރެލިގޭޓް ކުރަން ނިންމާފައެވެ.

ސްކޮޓްލެންޑްގެ ފުރަތަމަ ޑިވިޝަން ކަމަށްވާ ސްކޮޓިޝް ޕްރިމިއާޝިޕް ކެންސަލް ކުރިއިރު، މީގެ ކުރިން ވަނީ ސްކޮޓްލެންޑްގެ ދަށް ޑިވިޝިންތަކުގެ ލީގުތައް ކެންސަލް ކޮށްފައެވެ. ދަށްޑިވިޝަންތަކުގެ ލީގުތައް ކެންސަލް ކުރީ ސްކޮޓްލެންޑްގެ 42 ކްލަބުގެ ވޯޓުގެ 81 އިންސައްތަ ލިބުމުންނެވެ.

ސްކޮޓްލެންޑް ލީގަކީ ކޮވިޑް-19 އާ ގުޅިގެން ޔޫރަޕުން ކެންސަލް ކުރި ހަތަރުވަނަ ލީގެވެ. މީގެ ކުރިން ބެލްޖިއަމް ލީގު ވަނީ ކެންސަލް ކޮށް، އެއްވަނައިގައި އޮތް ކްލަބު ބްރޫޖަށް ޗެމްޕިއަންކަންދީފައެވެ. އަދި ފްރެންޗު ލީގުވެސް ވަނީ ކެންސަލް ކޮށް ޕީއެސްޖީ އަށް ޗެމްޕިއަންކަން ދީފައެވެ. އެކަމަކު ނެދަލެންޑްސް ލީގު ކެންސަލް ކުރީ ޗެމްޕިއަނެއް ކަނޑަނާޅައެވެ.

އިތުރަށް ކިޔާލަން

06 ޖެނުއަރީ 2017

ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި

06 ޖެނުއަރީ 2017
ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ވިކްޓަރީގެ ޗެއާޕާސަންގެ މަގާމަށް ނަޒީމް އިންތިހާބުކޮށްފި

04 ޖެނުއަރީ 2017
ވިކްޓަރީގެ ޗެއާޕާސަންގެ މަގާމަށް ނަޒީމް  އިންތިހާބުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު