Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމުސާރަ ކުޑަކުރުން

"މެއި މަހުގެ މުސާރަ ކުޑަކުރަން ހުށަހަޅާނީ މެއި މަހަކު ނޫން"

18 މެއި 2020 | ހޯމަ 11:53

އިއްޔެ މަޖިލީހަށް ފޮނުވާފަ، މިއަދު މަޖިލީހުން ފާސްކޮށްފައި، މާދަމާ މުސާރަ ކުޑަކުރުމަކީ ހަމަޖެހޭ ކަމެއް ނޫން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 18 މެއި 2020 | ހޯމަ 11:53
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު: ފިނޭންސް މިނިސްޓަރީން ވަނީ މެއި މަހުން ފެށިގެން މުސާރަ އުނިކުރުމަށް ނިންމައި، އެކަން މަޖިލީހަށް ހުށަހަޅާފައި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު: ފިނޭންސް މިނިސްޓަރީން ވަނީ މެއި މަހުން ފެށިގެން މުސާރަ އުނިކުރުމަށް ނިންމައި، އެކަން މަޖިލީހަށް ހުށަހަޅާފައި

މެއި މަހުގެ މުސާރަ ކުޑަ ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނީ މެއި މަހުގެ ތެރޭގައި ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ކޮވިޑް-19 ރޯގާ ފެތުރި، "ކޮމިއުނިޓީ ސްޕްރެޑް" އާއެކު ޙާލަތު އިތުރަށް ގޯސްވުމާއި ގުޅިގެން، ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކުން އުނިކުރުމަށް ނިންމާފައިވާ ގޮތުގެ ތަފުޞީލު ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ލިޔުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވީ، މެއި މަހުގެ މުސާރަ ކުޑަ ކުރަން ހުށަހަޅާނީ މެއި މަހު ނޫން ކަމަށާއި އެފަދަ ވާހަކައެއް މީހެއްގެ ގާތު ބުނަންވެސް އުނދަގޫވާނެ ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ނަޝީދު ވިދާޅުވީ، ވަޒީފާއާ ބެހޭ ޤާނޫނުގައި ތިން މަސް ދުވަހުގެ މުއްދަތެއް މިކަހަލަ ބާވަތުގެ ކަންކަމަށް ދީފައިވާ ކަމަށެވެ. އެގޮތުން ދައުލަތުގެ އަދި ސިވިލް ސަރވިސް މުވައްޒަފުންގެ ވެސް މުސާރައާ ގުޅޭ ކަންކަން ހިނގަން ޖެހޭނީ ވަޒީފާއާ ބެހޭ ޤާނޫނާ އެއްގޮތަށް ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ މުސާރަތައް އުނިކުރަން ފިނޭންސް މިނިސްޓްރީ އެދިފައިވާ ގޮތަށް މަޖިލީހުން ދެކޭގޮތް ބެލުމަށް ފޮނުވި ނަމަވެސް މިއަދު ފާސްކޮށްފައި، ޖެހިގެން އަންނަ ދުވަހު މުސާރަ އުނި ކުރުމަކީ އެއްގޮތަކަށް ވެސް ހަމަޖެހޭ ގޮތެއް ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުގެ އިދާރާގެ މުވައްޒަފުންގެ މުސާރައަކީ މަޖިލީހުގެ ޢާންމު ކޮމެޓީން ނިންމާ ނިންމުމެއް ކަމަށްވާތީ، އެކަން އެކޮމެޓީން ބަލަމުންދާނެ ކަމަށެވެ. އަދި ފިނޭންސް މިނިސްޓްރީގެ މުސާރައިގެ އެ އޮނިގަނޑުން، މަޖިލީހުގެ އިދާރާގެ 8 މުވައްޒަފެއްގެ މުސާރައަށް ބަދަލު އަންނާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ލިޔުމުގައި ވާގޮތުން، ދައުލަތުގެ އެންމެހައި މުވައްޒަފުންގެ އަސާސީ މުސާރައިގެ ނިޞްބަތުން އަސާސީ މުސާރައިން އުނިކުރަން ނިންމާފައި ވަނީ، 20،001ރ އަށްވުރެ މަތިން އަސާސީ މުސާރަ ލިބޭ ފަރާތްތަކުގެ މުސާރައިން ނެވެ.

މީގެއިތުރުން، ދައުލަތުގެ މުވައްޒަފުން ޖުމުލަ މުސާރައިން އެންމެ ގިނައިން ގެއަށް (ޓޭކް ހޯމް ޕޭ) ގެންދެވޭނެ މިންވަރު ވެސް ފިނޭންސް މިނިސްޓްރީން ވަނީ ސީލިންގތަކެއް ކަނޑައަޅާފަ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

17 މާރިޗު 2017

ފެނަކައިގެ މުވައްޒަފުންގެ މުސާރަ ކުޑަކޮށް ބައެއް މުވައްޒަފުން ވަކިކުރަމުންދާ ކަމަށް ބައެއް މުވައްޒަފުން ބުނެފި

17 މާރިޗު 2017
ފެނަކައިގެ މުވައްޒަފުންގެ މުސާރަ ކުޑަކޮށް ބައެއް މުވައްޒަފުން ވަކިކުރަމުންދާ ކަމަށް ބައެއް މުވައްޒަފުން ބުނެފި
12 މާރިޗު 2017

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިމަހުގެ 27 އަށް ތާވަލްކޮށްފި

12 މާރިޗު 2017
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިމަހުގެ 27 އަށް ތާވަލްކޮށްފި
11 މާރިޗު 2017

މާލޭ ސިޓީ ކައުންސިލް ޕީޕީއެމް އަށް ދީ، މުސާރަ ބޮޑުކޮށް ކައުންސިލްގެ ބާރުތައް ދޭނަން: ނިހާން

11 މާރިޗު 2017
މާލޭ ސިޓީ ކައުންސިލް ޕީޕީއެމް އަށް ދީ، މުސާރަ ބޮޑުކޮށް ކައުންސިލްގެ ބާރުތައް ދޭނަން: ނިހާން
09 މާރިޗު 2017

ވިސާމަށް ހުކުމް އިއްވުން މިމަހުގެ 28 އަށް ފަސްކޮށްފި!

09 މާރިޗު 2017
ވިސާމަށް ހުކުމް އިއްވުން މިމަހުގެ 28 އަށް ފަސްކޮށްފި!
02 ފެބުރުއަރީ 2017

ބޮޑުކުރި އެލަވަންސް ނުހިމަނައި، ފުލުހުންނަށް މުސާރަ ޖަމާކޮށްދީފި

02 ފެބުރުއަރީ 2017
ބޮޑުކުރި އެލަވަންސް ނުހިމަނައި، ފުލުހުންނަށް މުސާރަ ޖަމާކޮށްދީފި
01 ފެބުރުއަރީ 2017

މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!

01 ފެބުރުއަރީ 2017
މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް