Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެއްމަސް ނުވާ ކުޑަކުއްޖަކު ޕޮޒިޓިވްވުން

އެއް މަސް ނުވާ ކުޑަކުއްޖަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

މިއީ ކޭސް 1041 ގައި ހިމެނޭ ކުއްޖާ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 16 މެއި 2020 | ހޮނިހިރު 18:52
އެޗްޕީއޭގެ ޑޮކްޓަރު ނަޒްލާ ރަފީގު؛ ކުޑަކުއްޖާ ޕޮޒިޓިވްވުމާއި ގުޅިގެން އެކުއްޖާގެ މަންމަ ޓެސްޓް ކުރާނެ ކަމަށް ޑރ. ނަަޒްލާ ވިދާޅުވި

އެޗްޕީއޭގެ ޑޮކްޓަރު ނަޒްލާ ރަފީގު؛ ކުޑަކުއްޖާ ޕޮޒިޓިވްވުމާއި ގުޅިގެން އެކުއްޖާގެ މަންމަ ޓެސްޓް ކުރާނެ ކަމަށް ޑރ. ނަަޒްލާ ވިދާޅުވި

ވިހޭތާ އެއް މަސް ނުވާ ކުޑަކުއްޖަކު ކޮވިޑް-19 ށް ޕޮޒިޓިވްވެއްޖެ އެވެ.

ހޮނިހިރު ދުވަހު ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކުޑަކުއްޖަކާއި ޕޮޒިޓިވްވި މީހަކު ކޮންޓެކްޓްވުމުގެ މައުލޫމާތު ލިބިގެން އެ ކުއްޖާގެ ޓެސްޓް ކުރެވުނު ކަމަށެވެ. އަދި ނެގި ސާމްޕަލް ޕޮޒިޓިވް ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

ޑރ. ނަޒްލާ ވިދާޅުވީ އެ ކުއްޖާގެ ފަރާތުން އަލާމާތްތައް ފެނުމާއި ގުޅިގެން އެ ކުއްޖާގެ މަންމަ ވެސް ޓެސްޓް ކުރަމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިއީ ރާއްޖޭގައި އެއް މަސް ނުވާ ކުޑަކުއްޖެއް އަލަށް ޕޮޒިޓިވްވި ފަހަރެވެ. ހެލްތް މިނިސްޓްރީގެ ޑޭޝް ބޯޑުން ދައްކާ ގޮތުން މިއީ ކޭސް 1041 ގައި ހިމެނޭ ކުއްޖާއެވެ. އަދި މިއީ ފިރިހެން ކުއްޖެކެވެ.

މީގެ އިތުރުން 7 މަހުގެ ކުއްޖެއް ވެސް ވަނީ ރާއްޖެއިން ޕޮޒިޓިވްވެފަ އެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން އެއް އަހަރު ނުފުރޭ 2 ފިރިހެން ކުދިން ވަނީ ޕޮޒިޓިވްވެފަ އެވެ. އެއީ އެއް މަސް ނުވާ ކުއްޖާއާއި 7 މަހުގެ ކުއްޖާ އެވެ. މީގެ އިތުރުން 1 އަހަރުގެ 1 ކުއްޖަކު، 2 އަހަރުގެ 3 ފިރިހެން ކުދިން އަދި 1 އަންހެން ކުއްޖަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

4 އަހަރުގެ 4 ފިރިހެން ކުދިން އަދި 1 އަންހެން ކުއްޖަކު ޕޮޒިޓިވްވެފައި ވެއެވެ. 5 އަހަރުގެ 2 އަންހެން ކުދިން ވަނި ޕޮޒިޓިވްވެފަ އެވެ. 6 އަހަރު އަދި 7 އަހަރުގެ 1 އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު ވަނީ ޕޮޒިޓިވްވެފަ އެވެ. 9 އަހަރުގެ 2 ފިރިހެން ކުދިން އަދި 2 އަންހެން ކުދިން ވަނީ ޕޮޒިޓިވްވެފަ އެވެ. 10 އަހަރުގެ 1 ފިރިހެން ކުއްޖަކު ޕޮޒިޓިވްވެފައިވާ އިރު، 11 އަހަރުގެ 2 އަންހެން ކުދިންނާއި 2 ފިރިހެން ކުދިން ވަނީ ޕޮޒިޓިވްވެފަ އެވެ.

12 އަހަރުގެ 2 ފިރިހެން ކުދިންނާއި 1 އަންހެން ކުއްޖަކު ވަނީ ޕޮޒިޓިވްވެފަ އެވެ. 13 އަހަރުގެ ޕޮޒިޓިވްވީ 4 ފިރިހެން ކުދިންނެވެ. 14 އަހަރުގެ 1 ފިރިހެން ކުއްޖަކާއި 3 އަންހެން ކުއްޖަކު ވަނީ ޕޮޒިޓިވްވެފަ އެވެ. 15 އަހަރުގެ 2 އަންހެން ކުދިންނާއި 1 ފިރިހެން ކުއްޖަކު ވަނީ ޕޮޒިޓިވްވެފަ އެވެ. 16 އަހަރުގެ 3 ފިރިހެން ކުދިންނާއި 2 އަންހެން ކުދިން އަދި 17 އަހަރުގެ 2 ފިރިހެން ކުދިންނާއި 1 އަންހެން ކުއްޖަކު ވަނީ ޕޮޒިޓިވްވެފަ އެވެ. 18 އަހަރުގެ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު ވަނި ކޮވިޑް-19 އަށް ރާއްޖޭގައި ޕޮޒިޓިވްވެފަ އެވެ.

މި ތަފާސްހިސާބުތަކުން ދައްކާ ގޮތުން 30 ފިރިހެން އަދި 24 އަންހެން ކުދިން ވަނީ ޕޮޒިޓިވްވެފަ އެވެ.

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
12 ޖެނުއަރީ 2017

ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

11 ޖެނުއަރީ 2017
ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު