Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް ވިލެޖް ހޮސްޕިޓަލަށް ސާމާނު ގެނައުން

ކޮވިޑް ވިލެޖް ހޮސްޕިޓަލަށް ބޭނުންވާ އިތުރު ސާމާނުތަކެއް ގެނެސްފި

ބިމާން އެއަރލައިނުން މި ތަކެތި ހުކުރު ދުވަހުގެރޭގެ ވަގުތެއްގައި ގެނެސްފައިވާއިރު ސިއްހީ ބައެއް ސާމާނުވެސް ގެނެސްފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 16 މެއި 2020 | ހޮނިހިރު 00:31
ބީމާން އެއަރލައިނުން ގެނައި ސާމާނު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ބާލަނީ

ބީމާން އެއަރލައިނުން ގެނައި ސާމާނު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ބާލަނީ

ކޮވިޑް-19 އަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހަދަމުންދާ ކޮވިޑް ވިލެޖް ހޮސްޕިޓަލަށް ބޭނުންވާ ބައެއް ސާމާނު ގެނެސްފިއެވެ.

300 އެނދުގެ މި ފެސިލިޓީއަކީ ކޮވިޑް-19 ވައިރަސް ފެތުރި ގިނަ ޢަދަދެއްގެ މީހުންނަށް އެއްފަހަރާ ފަރުވާދޭން ޖެހިއްޖެ ޙާލަތަކަށް ތައްޔާރުވުމަށް ހަދަމުންދާ ތަނެކެވެ. ހުޅުމާލޭގައި ހުންނަ ޓްރީ ޓޮޕް ހޮސްޕިޓަލު ކައިރީގައި ޤާއިމުކުރާ މިތަނުގެ މަސައްކަތް ކުރަމުން އަންނަނީ ސިފައިންނާއި ސަރުކާރުގެ ކުންފުނިތައް ގުޅިގެންނެވެ.

އެ ފެސިލިޓީއަށް ބޭނުންވާ ބައެއް ސާމާނު ގެނައިކަން ހާމަކޮށްފައިވަނީ ގައުމީ އެއަރލައިން މޯލްޑިވިއަނުންނެވެ.

މޯލްޑިވިއަނުން ބުނީ ބަންގުލަދޭޝްގެ ބިމާން އެއަރލައިނުން މި ތަކެތި ހުކުރު ދުވަހުގެރޭގެ ވަގުތެއްގައި ގެނެސްފައިވާއިރު ސިއްހީ ބައެއް ސާމާނުވެސް ގެނެސްފައިވާ ކަމަށެވެ. ބިމާން އެއަރލައިންގެ ފުލައިޓެއް ރާއްޖެ އައިސްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތުން ރާއްޖެ އިން ފޮނުވާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިންނެވެ. އެގޮތުން ހޮނިހިރު ދުވަހު ދެ ފްލައިޓެއްގައި މީހުން ދަތުރުކުރުމަށް ހަމަޖެހިފައިވެއެވެ.

އެންއިއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒު މީގެ ކުރިން ވިދާޅުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި މަސައްކަތް ކުރަން އުޅުނު ބަޔަކު ޕޮޒިޓިވްވުމާ ގުޅިގެން މަސައްކަތް މަޑުޖައްސާލަން ޖެހުމުން އެ މަސައްކަތް ނުނިމި ލަސްވެފައިވާ ކަމަށެވެ. ނަމަވެސް އުއްމީދުކުރަނީ ކުރިއަށް އޮތް ދެ ހަފުތާއެއްގެ ތެރޭގައި އެތަނުގެ މަސައްކަތް ނިންމާލުން ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ކޮވިޑާ ދެކޮޅަށް މަސައްކަތް ކުރުމަށް ޤާއިމުކުރާ ފެސިލިޓީއަށް 40 މިލިއަން ޚަރަދު ކުރުމަށް ވަނީ ނިންމާފައެވެ. މިދިޔަ މަހުގެ ފަހުކޮޅު އެތަނުގެ މަސައްކަތް ނިންމުމަށް ކުރިން ރޭވިފައިވީ ނަމަވެސް އެތަނުގައި މަސައްކަތް ކުރި ބިދޭސީންތަކަކާއި ސިފައިންގެ އޮފިސަރުންތަކެއް ޕޮޒިޓިވްވުމާއި ގުޅިގެން މަސައްކަތް މަޑުޖެހުނެވެ.

މެޑިކަލް ފެސިލިޓީއަށް ޚަރަދު ކުރާ 40 މިލިއަން ރުފިޔާގެ ތެރެއިން 12 މިލިއަން ރުފިޔާ އަކީ އެތަނުގެ ކޮންސްޓްރަކްޝަނަށްދާ ޚަރަދެވެ. އަދި ބާކީ 28 މިލިއަން ރުފިޔާ އަކީ އެތަނަށް ބޭނުންވާ ޞިއްޙީ އާލާތްތަކަށް ޚަރަދު ކުރާ ފައިސާއެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި

30 ޖެނުއަރީ 2017
ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
24 ޖެނުއަރީ 2017

ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ

24 ޖެނުއަރީ 2017
ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު