Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕްރިމިއާ ލީގު އަލުން ފެށުން

ޕްރިމިއާ ލީގު އަލުން ފެށުން އަދި އަވަސް: ލަންޑަންގެ މޭޔަރު

އިނގިރޭސިވިލާތުން ވަނީ ލޮކްޑައުންގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމަށް ނިންމާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 14 މެއި 2020 | ބުރާސްފަތި 17:21
ލަންޑަންގެ މޭޔަރު ސޯދިގު ޚާން: ޕްރިމިއާ ލީގު އަވަހަށް ފަށަން ވަނީ ދެކޮޅު ހަދާފައި

ލަންޑަންގެ މޭޔަރު ސޯދިގު ޚާން: ޕްރިމިއާ ލީގު އަވަހަށް ފަށަން ވަނީ ދެކޮޅު ހަދާފައި

އިންގްލެންޑުގެ ވެރިރަށް ލަންޑަންގައި އިނގިރޭސި ޕްރިމިއާ ލީގު މެޗުތައް އަލުން ފެށުން އަދި އަވަސް ކަމަށް ލަންޑަންގެ މޭޔަރު ސޯދިގު ޚާން ވިދާޅުވެއްޖެއެވެ.

އިނގިރޭސިވިލާތުން ލޮކްޑައުންގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމުގެ ގޮތުން އެ ގައުމުގެ ސަރުކާރުން ވަނީ ޖޫން މަހު ސަޕޯޓަރުން ނުވައްދައި، އެ ގައުމުގައި ކުޅިވަރު ހަރަކާތްތައް އަލުން ފެށޭނެ ކަމުގެ ހުއްދަ ދީފައެވެ.

އެއާއެކު ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން މެދުކަނޑާލާފައިވާ ޕްރިމިއާ ލީގުގެ މެޗުތައް ސަޕޯޓަރުން ނުވައްދާ ކުޅޭގޮތަށް ޖޫން މަހުގެ 8 ވަނަ ދުވަހު ފަށައި، ޖުލައި މަހުގެ 27 ވަނަ ދުވަހަށް ލީގު އެއްކޮށް ފުރިހަމަކުރަން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ލީގު ކުރިއަށް ގެންދިޔުމަށް ހުރިހާ ކްލަބުތަކުން މިހާރު ވަނީ އެއްބަސްވެފައެވެ.

އެކަމަކު ލަންޑަންގެ މޭޔަރު ސޯދިގު ޚާން ވިދާޅުވީ އަމާޒަކީ ވީހާވެސް އަވަސް މުސްތަގުބަލެއްގައި ޕްރިމިއާ ލީގާއި އެހެނިހެން ކުޅިވަރު ހަރަކާތްތައް ފެށުން ކަމަށާއި، އެހެންނަމަވެސް އަދިވެސް ވައިރަސް ފެތުރުން މުޅިއެކުން ކޮންޓްރޯލް ނުވާތީވެ، އެގައުމުގައި އަދި ހާއްސަކޮށް ވެރިރަށް ލަންޑަންގައި ކުޅިވަރު ހަރަކާތްތައް ފެށުން އަދި އަވަސް ކަމަށެވެ.

ލަންޑަންގެ މޭޔަރު މިހެން ވިދާޅުވިއިރު، މީގެ ކުރިން ލިވަޕޫލްގެ މޭޔަރު ވަނީ ޕްރިމިއާ ލީގު ކެންސަލް ކުރަން ގޮވާލާފައެވެ. އަދި ބައެއް ކްލަބުތަކުންނާއި ބައެއް ކުޅިވަރު ތަޖުރިބާކާރުންވެސް ވަނީ ލީގު ކެންސަލް ކުރަން ގޮވާލާފައެވެ.

އެކަމަކު ލީގު އަލުން ކުރިއަށް ގެންދަން ކްލަބުތަކާއެކު މަޝްވަރާ ކުރަމުން އަންނައިރު، ރިޕޯޓުތައް ބުނާގޮތުން ޕްރިމިއާ ލީގުން މިހާރު ހުށަހަޅާފައިވަނީ ލީގު އަލުން ފަށާއިރު މެޗުތައް ތަފާތު 10 ދަނޑެއްގައި ކުޅޭށެވެ. އެ ދަނޑުތައް އިޚުތިޔާރުކުރުމުގައި ގޮތެއް ނިންމާނީ ކްލަބްތަކުންނެވެ. މި ގޮތަށް ކުރިއަށްދާއިރު އެއްވެސް ޓީމަކަށް އެ ޓީމުގެ އަމިއްލަ ދަނޑުގައި މެޗެއް ކުޅުމުގެ ފުރުސަތެއް ނުލިބޭނެ އެވެ.

ޕްރިމިއާ ލީގު އަލުން ފަށަން މަސައްކަތް ކުރަމުން އަންނައިރު، މީގެ ކުރިން ބައެއް ކްލަބުތަކުން ވަނީ ކުޅުންތެރިންނަށް ޓްރެއިނިން ސެންޓަރުގައި އެކަނި ތަމްރީނުތައް ހެދުމުގެ ފުރުސަތު ދީފައެވެ. ރިޕޯޓުތައް ބުނާ ގޮތުން މި މަހުގެ 18 ވަނަ ދުވަހުން ފެށިގެން ޕްރިމިއާ ލީގުގެ ކްލަބުތަކުން ކުޅުންތެރިން އެކުގައި ތަމްރީނުތައް ފަށާނެއެވެ.

މާޗު މަހުގެ އަށްވަނަ ދުވަހު ޕްރިމިއާ ލީގު ކުޅުން ހުއްޓާލިއިރު، ލީގުގައި ވާދަކުރާ 20 ޓީމުގެ ތެރެއިން 16 ޓީމަކަށް ބާކީ އޮތީ 9 މެޗެވެ. ދެން އޮތް 4 ޓީމަށް 10 މެޗު އެބައޮތެވެ.

ލީގު މެދުކަނޑާލިއިރު އެއްވަނައިގައި 82 ޕޮއިންޓާއެކު ލިވަޕޫލް އޮތީ 25 ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ލީގު ކަށަވަރުކުރަން ލިވަޕޫލަށް ބޭނުންވަނީ އެންމެ 6 ޕޮއިންޓެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު