Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިރާން-އެމެރިކާ: ޤައިދީން ބަދަލުކުރުން

އެއްވެސް ޝަރުޠަކާ ނުލާ އެމެރިކާ އާއެކު ކުށްވެރިން ބަދަލުކުރަން ތައްޔާރު: އިރާން

އިރާނުން މިހާރު ތިބީ އެމެރިކާގެ ޖަވާބެއްގެ އިންތިޒާރުގަ

ޒިހްނަތު ހަސަން
ޒިހްނަތު ހަސަން, ރާއްޖެ އެމްވީ | 11 މެއި 2020 | ހޯމަ 08:06
ސަރުކާރުގެ ތަރުޖަމާނު އަލީ ރާބިއާ: ދެޤައުމުގެ ނުތަވަސްކަން ފިލުވުމަށް މުހިންމު މަސައްކަތްތަކެއް ކުރައްވާ

ސަރުކާރުގެ ތަރުޖަމާނު އަލީ ރާބިއާ: ދެޤައުމުގެ ނުތަވަސްކަން ފިލުވުމަށް މުހިންމު މަސައްކަތްތަކެއް ކުރައްވާ

އެއްވެސް ޝަރުޠެއް ހުށަހެޅުމަކާ ނުލާ އެމެރިކާ އާއެކު ޤައިދީން ބަދަލުކުރަން ތައްޔާރަށް އޮތްކަމަށް އިރާނުން ބުނެފިއެވެ.

އިރާނުގެ ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއު އެއްގައި އެޤައުމުގެ ސަރުކާރުގެ ތަރުޖަމާނު ޢަލީ ރާބިއާ ވިދާޅުވީ، މީގެ ދުވަސްކޮޅެއް ކުރިން ވެސް އެމެރިކާގައި ތިބި އިރާނުގެ ކުށްވެރިންނާއި، އިރާނުގައި ތިބި އެމެރިކާގެ ކުށްވެރިން ބަދަލުކުރުމަށް އިރާނުން ތައްޔާރަށް އޮތް ކަން އެމެރިކާއަށް އަންގާފައި ވާނެކަމަށެވެ. އެހެންނަމަވެސް އޭރު ހުށަހެޅީ ޝަރުޠުތަކަކާއި އެކުގައި ކަމަށެވެ.

ނަމަވެސް އޭރު އެމެރިކާއިން އެކަމަށް ތައްޔާރު ނޫންކަމަށާއި، އަދި އިރާނުގެ ހުށަހެޅުމަށް އިޖާބަ ދީފައި ނުވާކަމަށެވެ. އެހެންނަމަވެސް މިހާރު މަޞްރަޙު ދައްކާގޮތުން އެމެރިކާ މިފަދަ ކަމަކަށް ތައްޔާރަށް އޮތް ކަން ދޭހަވާތީ އިރާނުން އެމެރިކާއަށް އަލުން ހުޝަހެޅި ކަމަށެވެ. އަދި އިރާނުން މިހާރު ތިބީ އެމެރިކާގެ ޖަވާބެއްގެ އިންތިޒާރުގައި ކަމަށްވެސް ތަރުޖަމާނު ވިދާޅުވެފައި ވެއެވެ.

އެމެރިކާގެ ފަރާތުން މިކަމުގައި އިރާނާއެކު މެދުވެރިއެއްގެ ދައުރު އަދާކުރާނެ މީހަކު އެމެރިކާއިން ވަރަށް އަވަސް ފުރުޞަތެއްގައި އަންގާނެކަމުގެ އިންތިޒާރުގައި މިހާރު އިރާނު އޮތްކަމަށް ތަރުޖަމާނު ވިދާޅުވެފައި ވެއެވެ. އިރާނުން ޤައިދީން ބަދަލުކުރުމާއި ބެހޭ ގޮތުން މީޑިއާ މެދުވެރިކޮށް ވަރުގަދަ މެސެޖެއް ފޮނުވި ނަމަވެސް އެމެރިކާއިން ރަސްމީ ސިފައެއްގައި އަދި މިކަމަށް ޖަވާބުދާރީ ވެފައެއް ނުވެއެވެ.

އިރާނުގެ ތަރުޖަމާނުގެ މި އިންޓަވިއު އާއި ގުޅިގެން އޭއެފްޕީ ނިއުސް އޭޖެންސީން ވަނީ މިކަމުގައި އެމެރިކާގެ ރަޢުޔު ހޯދަން މަސައްކަތް ކޮށްފައެވެ. އެގޮތުން އެއޭޖެންސީން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު މޯގަން އޯޓަގަސްއާއި މިކަމާ ބެހޭ ގޮތުން ސުވާލު ކުރުމުން، އެކަމަނާ ވިދާޅުވީ މިއީ ނާޒުކު ޑިޕްލޮމެޓިކް މައްސަލައެއް ކަމަށާއި، މިކަމާ ބެހޭގޮތުން މީޑިއާ މެދުވެރިކޮށް މެސެޖެއް ރައްދުކުރަން ބޭނުންވެ ވަޑައިނުގަންނަވާ ކަމަށެވެ. އެހެންނަމަވެސް އެހެން ޤައުމުތަކުގައި އެއްވެސް ކުށެއް ނެތި ޤައިދުކޮށްފައިވާ އެމެރިކާގެ ރައްޔިތުން މިނިވަން ކުރުމުގައި އެމެރިކާއިން މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން އެކަމަނާ ވަނީ ދެއްވާފައެވެ.

މިދިޔަ އަހަރުގެ ޑިސެންބަރު މަހު އިރާނުން ވަނީ އެޤައުމުން ހައްޔަރުކުރި އެމެރިކާގެ ޢިލްމުވެރިއެއް ކަމަށްވާ ޝިއުޔޭ ވޯންގް މިނިވަންކޮށްފައެވެ. ބަދަލުގައި އެެމެރިކާއިން ހައްޔަރުކޮށްފައިވާ އިރާނުގެ ސައިންސުވެރިއެއް ކަމަށްވާ މަސްޢޫދު ސުލައިމާން އެމެރިކާއިން އިރާނާއި ޙަވާލުކުރިއެވެ.

އިރާނުގެ ތަރުޖަމާނު ވިދާޅުވީ އެމެރިކާއިން ޤައިދުކޮށްފައިވާ އެޤައުމުގެ ރައްޔިތުންގެ ޙާލަތާ މެދު ކަންބޮޑުވާކަމަށެވެ. ވަކިން ޚާއްޞަކޮށް، އެމެރިކާގައި ޤައިދުކޮށްފައިވާ އިރާނުގެ ސައިންސްވެރިއެއް ކަމަށްވާ އިރީސް އަޞްޤާރީ ކޮވިޑް-19ށް ޕޮޒިޓިވްވެފައިވާ ކަމުގެ މަޢުލޫމާތު ލިބިފައިވާތީ އެކަމާއި ވަރަށް ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ.

އިރާނުން ހައްޔަރުކޮށްފައިވާ އެެރިކާގެ މަޝްހޫރު މީހުންގެ ތެރޭގައި ސިއަމަކް ނަމާޒީ ހިމެނެއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އޭނާގެ ބައްޕަ އާއި ތިމާވެށީގެ މާހިރެއްކަމަށްވާ މުރާދު ތަހްޕާޒް މަރާލަން ދިން ޙަމަލާތަކުގެ ކުށުގައެވެ.

އިރާނާއި އެމެރިކާއާއި ދެމެދު ޤައިދީން ބަދަލުކުރުމަށް ކުރިޔަށް ގެންދާ މަސައްކަތްތަކާ ބެހޭގޮތުން އެމެރިކާއިން އެންމެ ފަހުން ޢާންމު ކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، އިރާނުން ހިފެހެއްޓި އެމެރިކާގެ ކަނޑުގެ އަސްކަރިއްޔާގެ ޖެނެރަލް އެއް ކަމުގައިވާ މައިކަލް ވައިޓް މިދިޔަ މާރޗް މަހުގެ 19 ވަނަ ދުވަހު އެމެރިކާ ސަރުކާރާއި ޙަވާލުކުރިކަން ހާމަ ވެއެވެ.

އީރާނުގެ ޖުޑީޝަރީން ބުނާ ގޮތުގައި މި އަހަރުގެ މާރޗް މަހުން ފެށިގެން މިހާތަނަށް އިރާނުގައި ޤައިދުކޮށްފައި ތިބި އެމެރިކާގެ ސަތޭކަ ހާސް މީހުން އެކި މަރުޙަލާތަކުގައި މިނިވަން ކޮށްފައިވާ ކަމަށެވެ.

ޤައިދީންގެ މައްސަލައަކީ އިރާނާއި އެމެރިކާއާއި ދެމެދު ދިގު ތާރީޚެއް އޮތް މައްސަލަ އެކެވެ. ދެޤައުމުންވެސް ދަނީ ޤައިދީންނާއި ކުށްވެރިން މިނިވަން ކުރުމަށް ނުވަތަ ވަކި އުޞޫލެއްގެ މަތިން ބަދަލުކުރުމަށް، ނުވަތަ ސަރުކާރާއި ޙަވާލުކުރުމަށް ދޭތެރެ ދޭތެރެއިން ގޮވާލަމުންނެވެ.

ދެޤައުމުގެ ދެމެދުގައި ނުތަނަވަސްކަން އަނެއްކާވެސް ވެރިވެފައިވަނީ އެެމރިކާގެ މިހާރުގެ ރައީސް ޑޮނާލްޑް ޓްރަމްޕް 2018 ވަނަ އަހަރު އިރާނުގެ ނިއުކްލިއަރ އެއްބަސްވުމާއި ވަކިވީ ހިސާބުންނެވެ. ޓްރަމްޕް ރިޔާސަތައް ވަޑައިގެންނެވީއްސުރެ އިރާނަށް އެކި ގޮތްގޮތުން ގެންދަވަނީ ފިއްތުންތައް ކުރިމަތި ކުރައްވަމުންނެވެ. އޭގެތެރޭގައި އިރާނާއި ދެކޮޅަށް އަޅުއްވަމުން ގެންދަވާ ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތައް ފާހަގަކޮށްލެވެއެވެ.

އިރާނަކީ މެދުއިރުމަތީގެ ޤައުމުތަކަށް ބަލާއިރު މިހާރު ފެތުރެމުންދާ ކޮވިޑް-19ގެ ނުރައްކާ އެންމެ ބޮޑު ޤައުމެވެ. އަދި އެމެރިކާ އަކީ މުޅި ދުނިޔެއަށް ބަލާއިރު ވައިރަސްގެ ނުރައްކާ އެންމެ ބޮޑު ޤައުމެވެ.

ވައިރަސްގެ ނުރައްކަލާއި ގުޅިގެން ދެޤައުމުންވެސް ގެންދަނީ އެ ދެޤައުމުގެ ޖަލުތަކުގައި ޤައިދުކޮށްފައިވާ ކުށްވެރިންގެ ޙާލަތާ މެދު ކަންބޮޑުވާކަން ފާޅުކޮށް، ޤައިދީން ބަދަލުކުރުމުގެ މަސައްކަތްކުރަމުންނެވެ. މިކަމުގައިވެސް އެމެރިކާއިން އިސްކުރަނީ އެޤައުމަށް ފައިދާކުރާނެ ގޮތްތައްކަން ފާހަނގަ ކުރެވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ

އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު