Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސިވިލް މުވައްޒަފުންގެ ސަސްޕެންޝަން އުވުން

އިންތިހާބު ފަސްކުރުމާއެކު ސިވިލް ސަރވިސް މުވައްޒަފުންގެ ސަސްޕެންޝަން އުވިއްޖެ

ގާނޫނު ތަސްދީގު ކުރުމާއެކު ސިވިލް ސަރވިސްގެ މުވައްޒަފުންގެ ސަސްޕެންޝަން 10 މޭ އިން ފެށިގެން ބާޠިލުވެފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 11 މެއި 2020 | ހޯމަ 04:53
ގިނަ އަދަދެއްގެ ސިވިލް ސަރވިސް މުވައްޒަފުން މަސައްކަތް ކުރަމުން އަންނަ ވެލާނާގެ އޮފީސް އިމާރާތް؛ ލޯކަލް ކައުންސިލް އިންތިހާބަށް ސަސްޕެންޑް ކުރި މުވައްޒަފުންގެ ސަސްޕެންޝަން އަލުން އުވި މަސައްކަތަށް ނުކ

ގިނަ އަދަދެއްގެ ސިވިލް ސަރވިސް މުވައްޒަފުން މަސައްކަތް ކުރަމުން އަންނަ ވެލާނާގެ އޮފީސް އިމާރާތް؛ ލޯކަލް ކައުންސިލް އިންތިހާބަށް ސަސްޕެންޑް ކުރި މުވައްޒަފުންގެ ސަސްޕެންޝަން އަލުން އުވި މަސައްކަތަށް ނުކ

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނު 2020 ތަޞްދީޤު ކުރުމާއެކު އިންތިޚާބަށް ކުރިމަތިލި ސިވިލް ސަރވިސް މުވައްޒަފުންގެ ސަސްޕެންޝަން އުވިފައިވާ ކަމަށް ސިވިލް ސަރވިސް ކޮމިޝަނުން އަންގައިފިއެވެ.

މި އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ތަޞްދީޤު ކުރައްވާފައިވަނީ އާދީއްތަ ދުވަހުއެވެ. އާދިއްތަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރެއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ބިލަކީ މިއަހަރުގެ އެޕްރީލް މަހުގެ 29 ވީ ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 31 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

މިއާއި ގުޅިގެން ސިވިލް ސަރވިސް މުވައްޒަފުންގެ ސަސްޕެންޝަން އުވިއްޖެކަން އަންގާ ސިވިލް ސަރވިސް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނޯ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގެ 13 ވަނަ މާއްދާގެ (ހ) ގައި އެ ޤާނޫނުގެ ދަށުން ލޯކަލް ކައުންސިލެއްގެ މެންބަރުން ހޮވުމަށް ބޭއްވޭ އިންތިޚާބަކަށް، ސިވިލް ސަރވިސްގައި ހިމެނޭ މީހަކު ލޯކަލް ކައުންސިލެއްގެ މެންބަރުކަމަށް ކުރިމަތިލައިފި ނަމަ، އެ މީހަކު އެ އިންތިޚާބަކަށް ކުރިމަތިލާ ތާރީޚުން ފެށިގެން އެ މީހަކު ހުރި ސިވިލް ސަރވިސްގެ ވަޒީފާއިން ސަސްޕެންޑްވާނެކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

އަދި ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއިން ސަސްޕެންޑްވެފައިވާ ސިވިލް ސަރވިސްގެ މުވައްޒަފުންގެ ސަސްޕެންޝަން، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނު 2020 ގެ 6 ވަނަ މާއްދާއިން ބާޠިލުކޮށްފައިވާތީ، އެ ޤާނޫނަށް ޢަމަލުކުރަންފެށި ތާރީޚުން ފެށިގެން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 އާ ގުޅިގެން ސަސްޕެންޑްވެފައިވާ ސިވިލް ސަރވިސްގެ މުވައްޒަފުންގެ ސަސްޕެންޝަން މި ހިިނގާ މެއި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ބާޠިލުވެފައިވާ ކަމަށެވެ.

ސިވިލް ސަރވިސް އިން ބުނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 އަށް ކުރިމަތިލާފައިވާ ސިވިލް ސަރވިސްގެ މުވައްޒަފުންގެ ސަސްޕެންޝަން ބާޠިލުކޮށް އެ މުވައްޒަފުން އަދާކުރަމުންދިޔަ ވަޒީފާއަށް އަލުން ރުޖޫޢަކުރެވެނީ، ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި އިންތިޚާބު ދިގު މުއްދަތަކަށް ފަސްކުރުމާ ގުޅިގެން ކަމުގައިވާތީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނު 2020 ގެ 6 ވަނަ މާއްދާގެ (ރ) ގެ ދަށުން އެ މުވައްޒަފުން އަލުން ސަސްޕެންޑް ކުރެވެންދެން، އިންތިޚާބާ ގުޅޭގޮތުން ކެމްޕޭންކުރުމުގެ އެއްވެސް ޙަރަކާތެއް އެއްވެސް މުވައްޒަފެއް ކުރިއަށް ގެންގޮސްގެން ނުވާނެކަމަށެވެ.

އަދި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްސަ ޤާނޫނު 2020 ގެ 2 ވަނަ މާއްދާގެ (ށ) ގެ ދަށުން ކަނޑައަޅާ ތާރީޚުގައި ބާއްވާ އިންތިޚާބުގެ ކަންކަން އިލެކްޝަންސް ކޮމިޝަނުން އަލުން ފެށުމަށް އިޢުލާނުކުރާ ތާރީޚުން ފެށިގެން، ސަސްޕެންޝަން ބާޠިލްކުރެވޭ މުވައްޒަފުން ދިވެހި ސިވިލް ސަރވިސްގެ ޤަވާއިދު 2014 ގެ 205 ވަނަ މާއްދާގެ (ހ) ގެ ދަށުން އަލުން ސަސްޕެންޑްކުރެވޭނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ، މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 އާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ފަސްކުރެވޭނެ ކަމަށެވެ. އަދި މި އިންތިޚާބުތައް މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 1 އަހަރު ދުވަހުގެ ތެރޭގައި ބާއްވައި ނިންމަންވާނެ ކަމަށްވެސް ބުނެފައި ވެއެވެ.

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
12 ޖެނުއަރީ 2017

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

12 ޖެނުއަރީ 2017
ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު
11 ޖެނުއަރީ 2017

ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި

11 ޖެނުއަރީ 2017
ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު