Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ކޯން ބަނޭގާ ކަރޯރްޕަތީ

"ކޯން ބަނޭގާ ކަރޯރްޕަތީ"ގެ 12 ވަނަ ސީޒަންގައި ރަޖިސްޓަރީވުމަށް ހުޅުވާލައިފި

ރަޖިސްޓްރީވުމަށް ހުޅުވާލާފައި ވަނީ ހޮނިހިރު ދުވަހުގެ ރޭ

އައިޝަތު ޝާން
އައިޝަތު ޝާން, ރާއްޖެ އެމްވީ | 9 މެއި 2020 | ހޮނިހިރު 17:50
ކޯން ބަނޭގާ ކަރޯރްޕަތީ 12 ވަނަ ސީޒަންގެ ޕޯސްޓަރުގައި އަމީތާބް ބައްޗަން

ކޯން ބަނޭގާ ކަރޯރްޕަތީ 12 ވަނަ ސީޒަންގެ ޕޯސްޓަރުގައި އަމީތާބް ބައްޗަން

"ހޫ ވޯންޓްސް ޓު ބީ އަ މިލިއަނަރ"ގެ ނަމުގައި ހިންގަމުން އަންނަ ޝޯވ "ކޯން ބަނޭގާ ކަރޯރްޕަތީ" (ކޭބީސީ) ގެ ނަމުގައި އިންޑިއާގެ ސޮނީ ޓީވީއިން ދައްކަމުން އަންނަ ސުވާލު ޕްރޮގުރާމުގެ އައު ސީޒަނަށް ރަޖިސްޓްރީވުމަށް ހޮނިހިރު ދުވަހުގެރޭ ހުޅުވާލައިފިއެވެ.

މި ޝޯވއަކީ މިލިއަނަރަކަށް ވުމުގެ ނަސީބު އިންޑިއާގެ އެތައް ބަޔަކަށް ލިބިގެންދާ ފޯރިގަދަ ޝޯއެކެވެ. މިއީ މި ޝޯވ ގެ 12 ވަނަ ސީޒަންއެވެ.

ޝޯވ ގައި ރަޖިސްޓްރީވުމަށް ސޮނީ ޓީވީން މެއި ނުވަ ވަނަ ދުވަހުން ފެޝިގެން ބާވީސް ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ދައްކަމުންދާ ސުވާލަށް ޖަވާބު އެސްއެމްއެސް އެއް މެދުވެރިކޮށް ފޮނުވުމަށް ވަނީ ބުނެފައެވެ. ޗެނަލް ގޭގައި ތިބެގެން ނުފެންނަ ފަރާތްތަކަށް ސޮނީ ލިވް އެޕް މެދުވެރިކޮށްވެސް ސުވާލުތައް ފެންނަން ހުންނާނެއެވެ. އެޕް މެދުވެރިކޮށް ޖަވާބުވެސް ދެވޭގޮތް ވަނީ ހަމަޖައްސާފައެވެ.

އިންޑިއާގެ ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާ މި ޝޯވ އަކީ މަޝްހޫރު ތަރި އަމީތާބް ބައްޗަން ހުށަހަޅައިދެމުން އަންނަ ޝޯވ އެކެވެ. އަމީތާބުގެ އިތުރުން ޝާހްރުކް ޚާން ވެސް ވަނީ މި ޝޯވގެ ސީޒަނެއް ހުށަހަޅައިދީފައެވެ.

"ކޯން ބަނޭގާ ކްރޯރްޕަތީ" (ކޭބީސީ) ގެ ބާރަ ވަނަ ސީޒަންގެ ފުރަތަމަ ޕްރޯމޯ އަމީތާބު ވަނީ އޭނާގެ ގޭގައި ހުރެގެން އަމިއްލައަށް ޝޫޓްކޮށްފައެވެ. މި ޕްރޮމޯ މެއި މަހުގެ ނުވަވަނަ ދުވަހުން ފެށިގެން 22ވަނަ ދުވަހުގެ ނިޔަލަށް ޝޯވ ޓެލެކާސްޓްކުރާ ސޮނީ ޓީވީން ދައްކަމުންދާނެއެވެ. މި ދެ ހަފުތާތެރޭ ކޮންމެ ދުވަހަކުވެސް އަމީތާބުގެ ސުވާލެއް ބެލުންތެރިންނަށް ހުށަހަޅާނެއެވެ.

އޮޑިޝަން ބަހާލާފައިވަނީ މައިގަނޑު ހަތަރު ބަޔަކަށެވެ. އެއީ ރެޖިސްޓްރޭޝަން، ސްކްރީނިންގ، އޮންލައިން އޮޑިޝަން އަދި އިންޓަވިއުއެވެ. ފުރަތަމަ ދެ ހަފުތާގައި ކުރާ ސުވާލުތަކުން ރަނގަޅު ޖަވާބުދޭ ފަރާތްތައް ޝޯޓް ލިސްޓުކޮށް ދެވަނަ އެފަރާތްތަކަށް ގުޅުމަށްފަހު ދެވަނަ ބުރަކަށް ހޮވޭނެއެވެ. އަދި އޮންލައިން އޮޑިޝަން ކުރިއަށް ގެންދާނީ ޖީކޭ ޓެސްޓާއި އޮންލައިން ސަބްމިޝަންމިޝަން އަކާއި ވެސް އެކު "ސޮނީ ލިވް" އެޕް މެދުވެރިކޮށެވެ. މިއީ މި ޝޯވ ގެ އޮޑިޝަނެއް ޑިޖިޓަލް ކޮށް ބާއްވާ ފުރަތަމަ ފަހަރުކަން ވެސް ފާހަނގަކޮށްލެވެއެވެ. އެއަށްފަހު ހޮވޭ ފަރާތްތަކަށް ވީޑިއޯ ކޯލް މެދުވެރިކޮށް ގުޅަމުންދާނެއެވެ. މި ފަރާތްތަކުގެ ތެރެއިން ހޮވާލެވޭ ފަރާތްތަކަކަށް އަމީތާބާއެކު ސްޓޭޖާއި ހަމައަށް ދެވޭނެއެވެ. ކޮވިޑް 19ގެ މި ބަލިމަޑުކަމުގެ ދުވަސްވަރުގައި ކޭބީސީގެ ޕްރޮމޯޝަން ވެސް ގުޅުވާލާފައިވަނީ މިކަމާއެވެ. އެހެންކަމުން ޝޯވގެ މިފަހަރުގެ ޓެގްލައިނަކީ "ކޮންމެ އެއްޗެއް ވެސް ހުއްޓުމަކަށް ގެނެވިދާނެ ކަމެވެ. ހުވަފެނަކަށް ހުއްޓުމެއް ނާންނާނެ ކަމެވެ."

ކޭބީސީގެ ސަބަބުން ވަރަށް ފަގީރު މީހުންވެސް މިލިއަނަރުންނަށްވެފައި ހުރިކަން ފާހަނގަކޮށްލެވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދީޕިކާ ޕަޑުކޯން، ކަރަން ޖޯހަރު އަދި ބޮލީވުޑްގެ ބޮޑެތި ތަރިންނަށް ޑްރަގް ބޭނުން ކުރިކަމުގެ ތުހުމަތު!

ދީޕިކާ ޕަޑުކޯން، ކަރަން ޖޯހަރު އަދި ބޮލީވުޑްގެ ބޮޑެތި ތަރިންނަށް ޑްރަގް ބޭނުން ކުރިކަމުގެ ތުހުމަތު!

19 ސެޕްޓެމްބަރު 2020
ކޮކީލާ ބެހެން ގެ މަޝްހޫރު ޑައިލޮގް "ރަސޯޑޭ މޭ ކޯންތާ" ގެ މެޝްއަޕް ރޫޕަލް ޕަޓޭލް އަށް ވަރަށް ކަމުގޮސްފި

ކޮކީލާ ބެހެން ގެ މަޝްހޫރު ޑައިލޮގް "ރަސޯޑޭ މޭ ކޯންތާ" ގެ މެޝްއަޕް ރޫޕަލް ޕަޓޭލް އަށް ވަރަށް ކަމުގޮސްފި

04 ސެޕްޓެމްބަރު 2020
ދިޕިކާ ޕަދުކޯން ވެސް ޕްރޮޑިއުސަރަކަށް ވަނީ!

ދިޕިކާ ޕަދުކޯން ވެސް ޕްރޮޑިއުސަރަކަށް ވަނީ!

01 އޮކްޓޯބަރު 2018
ކްލޯއީ ކާޑޭޝިއަން ވިހޭއިރު ދިރިއުޅުން އެއްކޮށް ހަލާކުވެފައި؛ ވެގެންއުޅޭ ގޮތް 'ކީޕިންގ އަޕް'ގެ އަންނަ ސީޒަންގައި އިނގޭނޭ

ކްލޯއީ ކާޑޭޝިއަން ވިހޭއިރު ދިރިއުޅުން އެއްކޮށް ހަލާކުވެފައި؛ ވެގެންއުޅޭ ގޮތް 'ކީޕިންގ އަޕް'ގެ އަންނަ ސީޒަންގައި އިނގޭނޭ

14 އެޕްރީލު 2018
ކޯންޗެއްބާ ރިލީޒް ކުރުން ހުކުރުދުވަހުގެ ރޭ

ކޯންޗެއްބާ ރިލީޒް ކުރުން ހުކުރުދުވަހުގެ ރޭ

06 ޑިސެމްބަރު 2017

އަހަރުތަކުން މިއަދު

29 އެޕްރީލު
ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟
20242 އަހަރު ކުރިން
މީހުން

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް
20233 އަހަރު ކުރިން
ކުޅިވަރު

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް
20224 އަހަރު ކުރިން
ދުނިޔެ

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟
20215 އަހަރު ކުރިން
ރިޕޯޓު

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ
20197 އަހަރު ކުރިން
ދުނިޔެ

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!
20188 އަހަރު ކުރިން
ރިޕޯޓު

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު