Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު އަލުން ފެށުން

ޖޫން މަހުގެ 20 ވަނަ ދުވަހު ސްޕެނިޝް ލީގު ފަށަނީ

ބައެއް ކްލަބުތަކުގެ ކުޅުންތެރިން ވަނީ އެކަނި ތަމްރީނުތަކަށް ނުކުމެފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 9 މެއި 2020 | ހޮނިހިރު 14:17
ހުކުރު ދުވަހު ބާސާ އިން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން ލިއޮނެލް މެސީ

ހުކުރު ދުވަހު ބާސާ އިން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން ލިއޮނެލް މެސީ

މެދުކަނޑާލި ސްޕެނިޝް ލީގު ޖޫން މަހު 20 ވަނަ ދުވަހު އަލުން ފެށުމަށް ސްޕެނިޝް ފުޓްބޯލް ފެޑެރޭޝަނުން ނިންމާފައިވާ ކަމަށް ބައެއް ކްލަބުތަކުން ބުނެފިއެވެ.

ނޮވެލް ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން މިދިޔަ މާރޗު މަހު ސްޕެނިޝް ލީގުގެ ކުޅުން ހުއްޓާލި ނަމަވެސް، މިމަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން ކުޅުންތެރިން އެކަނި ތަމްރީނުތައް ހެދުމުގެ ހުއްދަ ސްޕެއިން ސަރުކާރުންވަނީ ދީފައެވެ.

އެހެންކަމުން ސްޕެނިޝް ލީގުގެ ގިނަ ކްލަބުތަކުން ވަނީ ކުޅުންތެރިން ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ފަހު، ކުޅުންތެރިން އެކަނި ތަމްރީނުތައް ފަށާފައެވެ. އެގޮތުން ކުޅުންތެރިން އެކަނި ތަމްރީނުތައް ފެށި ކްލަބުތަކުގެ ތެރޭގައި ބާސެލޯނާ އާއި ރެއާލް މެޑްރިޑް ހިމެނެއެވެ.

ކުޅުންތެރިން އެކަނި ތަމްރީނުތައް ހެދުމުގެ ހުއްދަ ސްޕެއިން ސަރުކާރުން ދީފައިވީ ނަމަވެސް، ޓީމުތަކުގެ ހުރިހާ ކުޅުންތެރިން އެކުގައި ތަމްރީނުތައް ހަދަން ހުއްދަ ދޭނެ ތާރީޚެއް އަދި ކަނޑައަޅާފައެއް ނުވެއެވެ. އަދި ސްޕެނިޝް ލީގުގެ ކުޅުން އަލުން ފަށާނެ ތާރީޚެއްވެސް ކަނޑައަޅާފައެއް ނުވެއެވެ.

އެކަމަކު ބައެއް ކްލަބްތަކުގެ ކޯޗުން ވަނީ އަންނަ ޖޫން މަހު 20 ވަނަ ދުވަހު ލީގު ފަށަން ނިންމިކަން އެނގިފައިވާކަމަށް ބުނެފައެވެ. އެގޮތުން ލެގަނޭސްގެ ކޯޗު ހަވިއޭ އަގީރޭ ބުނީ ލީގު އަލުން ފަށަން މިހާރު ކަނޑައަޅާފައިވާ ތާރީޚަކީ އަންނަ ޖޫން މަހު 20 ވަނަ ދުވަސް ކަމަށާއި، ލީގު ނިންމަން އަމާޒު ހިފަނީ ޖުލައި މަހުގެ 26ށް ކަމަށެވެ.

ސްޕެނިޝް ލީގު ފުރިހަމަ ކުރަން ސްޕެނިޝް ފުޓްބޯލް ފެޑެރޭޝަނުން މަސައްކަތް ކުރަމުން އަންނައިރު، ރިޕޯޓުތައް ބުނާ ގޮތުން ލަލީގާގެ ވިސްނުމަކީ މި މަހު 18 ވަނަ ދުވަހު ޓީމުތަކުގެ ހުރިހާ ކުޅުންތެރިން އެކުގައި ތަމްރީނުތައް ހަދަން ފެށުމެވެ.

އަދި ސީޒަން ފުރިހަމަ ކުރަން ހުރިހާ މަސައްކަތެއް ކުރާނެ ކަމުގެ ޔަގީންކަން ލަލީގާއިން ޔުއެފާއަށް ދީފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
11 ޖެނުއަރީ 2017

ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި

11 ޖެނުއަރީ 2017
ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު