Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19

ކޮވިޑް-19 ވެކްސިންއެއް ބޭނުންކުރުވޭ ވަރު ވާން އެހާ ގިނަދުވަސް ނަގަނީ ކީއްވެ؟

9 މެއި 2020 | ހޮނިހިރު 09:37

މަރުވާ މީހުންނަކީ ގިނަފަހަރު ހައި ރިސްކު ކެޓަގަރީގައި ހިމެނޭ މީހުން

ހުސައިން ފަރިޔާޒް
ހުސައިން ފަރިޔާޒް | 9 މެއި 2020 | ހޮނިހިރު 09:37
ކޮވިޑް-19 ދެނަގަތުމުގެ މަސައްކަތް ކުރަނީ. މި ބައްޔަށް ވެކްސިނެއް ހޯދުމަށް މުޅި ދުނިޔެ ދަނީ މަސައްކަތް ކުރަމުން

ކޮވިޑް-19 ދެނަގަތުމުގެ މަސައްކަތް ކުރަނީ. މި ބައްޔަށް ވެކްސިނެއް ހޯދުމަށް މުޅި ދުނިޔެ ދަނީ މަސައްކަތް ކުރަމުން

ކޮވިޑް-19 އިން މުޅިދުނިޔެއަަށް ފެތުރިފައިވާއިރު ހަތަރު މިލިޔަނަށް ވުރެން ގިނަ މީހުން ވަނީ މި ބަލިޖެހިފައެވެ. ބަލީގައި ދެ ލައްކަ ހަތްދިހާހަށް ވުރެން ގިނަ މީހުން މަރުވެފައިވާއިރު މި ބައްޔަށް ފަރުވާއެއް ނުވަތަ ވެކްސިންއެއް ހޯދުމަށް ދުނިޔޭގެ އެކި ގައުމުތަކުގެ ޚާއްސަ ލެބޯރަޓަރީތަކުގައި 24 ގަޑިއިރު ކެޑިނޭޅީ ދަނީ މަސައްކަތް ކުރަމުންނެވެ.

ތިރީގައި މި ބަލާލަނީ ކޮވިޑް19 އާއި ގުޅިގެން ބެލަރޫސްގައި މަސައްކަތް ކުރަމުންދާ ޑރ. މުޙައްމަދު ވިޝާމް އާއި ކުރެވުނު ބަޔެއް ސުވާލުތަކަށް ޑރ. ދެއްވި ޖަވާބެވެ.

Advertisement - newsAdvertisement

1. ކޮވިޑް-19 ގެ ސަބަބުން ގިނަ މީހުން މަރުވޭތަ؟ ހައި ރިސްކު މީހުންނަކީ ކޮބާ؟

ކޮވިޑް-19 ގެ ސަބަބުން މަރުވާ މީހުންނަކީ ގިނަފަހަރު ހައި ރިސްކު ކެޓަގަރީގައި ހިމެނޭ މީހުންނެވެ. އެމީހުންނަކީ ހަކުރުބަލި، ކެންސަރު، ފުއްޕާމޭގެ ބަލިތައް، ކިޑްނީގެ ބަލިތައް، ހިތުގެ ބަލިތައް ފަދަ ދިގުމުއްދަތަށް ފަރުވާ ކުރާ ބަލިތަކެއް ތަޙައްމަލު ކުރަން ޖެހުމުގެ ސަބަބުން ހަށިގަނޑުގެ ދިފާޢީ ނިޒާމު ބަލިކަށި ވެފައިވާ މީހުންނެވެ. ކޮވިޑް-19 ޖެހޭ މީހުންގެ ތެރެއިން 95 އިންސައްތަ މީހުން ބަލިން ރަނގަޅުވެއެވެ.

2. ކޮވިޑް-19 އަށް އެއްވެސް ފަރުވާއެއް ވޭތަ؟

ކޮވިޑް-19 އަށް ވަކި ޚާއްޞަ ފަރުވާއެއް މިހާތަނަށް އުފެއްދިފައެއް ނުވެއެވެ. މިއީ ވަރަށް ފަހުން ދެނެގަނެވުނު ވައިރަލް އިންފެކްޝަންއަކަށްވާތީ މިބައްޔަށް އެންމެ އެކަށީގެންވާ ފަރުވާއަކީ ކޮބައިކަން ހޯދުމުގެ މަސައްކަތްތައް ދަނީ ކުރެވެމުންނެވެ. މިހާރަށް ބަލާއިރު، އެކިބޭސްތައް އެއްކޮށް ބޭނުންކޮށްގެން ޑޮކްޓަރުން ދަނީ މިބައްޔަށް ކާމިޔާބުކަމާއެކު ފަރުވާދެމުންނެވެ.

3. ވެކްސިންއަކީ ކޮބާ؟

ވެކްސިންއަކީ ބަލިޖައްސާ ވައިރަސް ބޭނުންކޮށްގެން އުފައްދާ ބަލީގެ ފަރުވާއެކެވެ. މީހަކަށް ވެކްސިން ދިނުމުން، އެމީހާގެ ދިފާޢީ ނިޒާމު މިފަދަ ބަލިތަކާ ނުވަތަ ބަލިތައް ޖައްސާ ވައިރަސްތަކާ ހަނގުރާމަކުރުމަށް ތައްޔާރުކޮށްދެއެވެ

4. ވެކްސިންއެއް ބޭނުންކުރުވޭ ވަރު ވާން އެހާ ގިނަދުވަސް ނަގަނީ ކީއްވެ؟

ކޮންމެ ބޭހެއްވެސް ބޭނުންކުރުމުގެ ހުއްދަ ލިބުމުގެ ކުރިން، ރަނގަޅަށް ބަލައި ޗެކުކޮށް، ޖަނާވަރުންނާއި އިންސާނުން ބޭނުން ކޮށްގެން އެތައް ބައިވަރު ޓެސްޓުތަކަކުން ފާސްވާން ޖެހެއެވެ. މީގެ ތެރޭގައި ވެކްސިންވެސް ހިމެނެއެވެ. ވެކްސިންއަށް ޚާއްޞަ ދެ ގަވައިދެއް އޮވެއެވެ. އެއީ، ޖަނަވާރުންގެ ގަޔަށް ޖަހައިގެން ޓެސްޓުކުރުމުގެ މަރުޙަލާއާއި، އޭގެ ފަހުން އިންސާނުންގެ ގަޔަށް ޖަހައިގެން ޓެސްޓުކުރާ 3 މަރުޙަލާ ކަނޑައްތުކުރުމެވެ. ބައެއްފަހަރަށް އިންސާނުންގެ ގަޔަށް ޖަހައިގެން ޓެސްޓު ކުރާ ހަތަރުވަނަ މަރުޙަލާއެއްވެސް އޮވެއެވެ. ވެކްސިން މަސައްކަތް ކުރަނީ ކިހިނެއްތޯ އާއި، ވެކްސިންގެ ސަބަބުން ދިގުމުއްދަތުގައި އެއްވެސް މައްސަލަތަކެއް ކުރިމަތި ވޭތޯ ޑޮކްޓަރުންނާއި ސިއްޙީ މާހިރުން ވަރަށް ރަނގަޅަށް ބަލަންޖެހެއެވެ. މިފަދަ ޓެސްޓުތައް ހަދަން 7 އަހަރާ 10 އަހަރާ ދެމެދުގެ މުއްދަތެއް ވެސް ނަގާފާނެއެވެ. ނަމަވެސް މިހާރު ދުނިޔެއަށް ދިމާވެފައި މިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގެ ސަބަބުން މި މަސައްކަތް ވީހާވެސް ހަލުވި މިނުގައި ކުރިއަށް ގެންދެވޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ. މިހާތަނަށް ބަލާއިރު، 2020 ވަނަ އަހަރު ނިމޭއިރަށް ވެކްސިންއެއް އުފެއްދިދާނެ ކަމަށް އުއްމީދު ކުރެވެއެވެ

5. މި އުފައްދާ ވެކްސިންތައް މަސައްކަތް ނުކޮށްފާނެތަ؟

ގިނަ ވެކްސިންތައް ފެއިލްވަނީ ޖަނަވާރުން ބޭނުން ކޮށްގެން ޓެސްޓުކުރުމުގެ މަރުޙަލާގައި، ނުވަތަ އިންސާނުން ބޭނުން ކޮށްގެން ޓެސްޓު ކުރުމުގެ ފުރަތަމަ މަރުޙަލާގައެވެ. އެހެންކަމުން، މިފަދަ ކަންކަމަށް ޚާއްޞަ ކުންފުނިތަކުން މިހާރު މި މަރުޙަލާތައް ކާމިޔާބުކަމާއެކު ކަޑައްތުކޮށް ނިންމާފައިވާތީ، ކާމިޔާބު ވެކްސިންއެއް އުފެއްދުމުގެ އުއްމީދު މިހާރު ބޮޑެވެ. ކަންމިހެން އޮތްނަމަވެސް، ވައިރަސްއަކީ އޭގެ ޒާތުގައި އަބަދުވެސް ބަދަލުވޭވޭ ހުންނަ އެއްޗެކެވެ. ބައެއް ވައިރަސްތަކަށް ވަރަށް އަވަހަށް ވަރަށް ބޮޑެތި ބަދަލުތައް ވެސް އާދެއެވެ. ނަމަވެސް، މިހާތަނަށް ހޯދިފައިވާ ހޯދުންތަކުން އެނގޭގޮތުގައި، ކޮވިޑް-19 ވައިރަސް އަކީ އެހާ ބޮޑެތި ބަދަލުތަކެއް އެހާ އަވަހަށް އަންނަ ވައިރަސް އެއް ނޫނެވެ. އެހެންކަމުން ވެކްސިންއެއް އުފެއްދުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް ބެލެވެއެވެ.

5. ހަރޑް އިމިއުނިޓީ އަކީ ކޮބާ؟

އިމިއުނިޓީ އަކީ، މީހެއްގެ ހަށިގަނޑު ވަކި ބައްޔަކަށް ހުށަހެޅިގެންދާހިނދު، އެމީހެއްގެ ހަށިގަނޑުގެ ދިފާއީ ނިޒާމު، އެބަލިން ސަލާމަތް ވުމަށް ދަސްކުރުމެވެ. ހަރޑް އިމިއުނިޓީ އަކީ ބައިވަރު މީހުންތަކެއް އިމިއުނިޓީއަށް ވާސިލުވެ، ނުވަތަ ބަލިތަކުން ސަލާމަތްވުމުގެ ޤާބިލުކަން ލިބި، އެމީހުންގެ ގައިން، ބަލި ނުޖެހޭ މީހަކަށް ވައިރަސް ނުފެތުރުމެވެ. މިހިސާބުން، ބަލި އަވަހަށް ފެތުރުން ހުއްޓިގެންދެއެވެ.

7. ލޮކްޑައުން ކުރަން ޖެހެނީ ކީއްވެ؟

ސިއްޙީ މާހިރުންނާއި ސަރުކާރުން ވެސް ރައްޔިތުން ގޭގައި ތިބުމަށް އަންގަމުން ދަނީ، ބަލި އަވަހަށް ފެތުރުނަ ނުދިނުމަށްޓަކައެވެ. މީގެ ސަބަބުން، ބަލީގެ ސަބަބުން ފަރުވާ ދޭންޖެހޭމީހުންނަށް ރަނގަޅުގޮތުގައި ފަރުވާދިނުމަށް މަގުފަހިވެގެން ދެއެވެ. ޚާއްޞަކޮށް ހައިރިސްކް ކެޓަގަރީގެ މީހުންނަށް ހޮސްޕިޓަލުން ދޭންޖެހޭ ޙާއްޞަ ފަރުވާއަށް ބޭނުންވާ ވެންޓިލޭޓާރު ފަދަ ތަކެތި ބޭނުން ކުރުމަށް ނުކަތާ ވަރަށް މީހުން ގިނަވުމުގެ ބަދަލުގައި، އެތަކެތީގެ ބޭނުން ކުރަންޖެހޭ ޙާލަތްތަކުގައި ކުރުމުގެ ފުރުޞަތު ލިބިގެން ދެއެވެ.

8. ބައެއް ޤައުމުތަކުން އިންޓަރމިޓެންޓް ނުވަތަ ސްމާޓް ލޮކްޑައުންގެ ވާހަކަ ދައްކަނީ ކީއްވެ؟ މިބަލީގެ ހައްލަކީ ހަރޑް އިމިއުނިޓީބާ؟

ޝަރުތުތަކާއެކު، ވަކި ހިފެހެއްޓުންތަކަކާއެކު، ބޭރަށް ނުކުތުމުގެ ހުއްދަދެއެވެ. ނަމަވެސް، ކޭސްތައް ގިނަވާން ފަށައިފިނަމަ ލޮކްޑައުންގެ ސަބަބުން ޕޮސިޓިވް ކޭސްތައް މަދުވާން ފެށުމުން، ބައެއް ޤައުމުތަކުން ލޮކްޑައުންއަށް ލުއިތަކެއްދީ، ބައެއް އަދި ސިއްޙީ ނިޒާމަށް ބުރަބޮޑުވާ ހިސާބަށް ދާން ފަށައިފިނަމަ ސަރުކާރުން ކުރީގެ ހަރުކަށި ލޮކްޑައުން ޙާލަތަށް އަނބުރާ ގެންދެއެވެ. މިއަށް މިކިޔަނީ އިންޓަރމިޓެންޓް ނުވަތަ ސްމާޓް ލޮކްޑައުންއެވެ. މިގޮތަށް ގިނަ ދުވަސްތައް ވާން ފެށުމުން، ބައްޔަށް ހުށަހެޅިގެން ދާ މީހުންގެ ހަށިގަނޑުގެ ދިފާއީ ނިޒާމު މިބައްޔަށް ހޭނި، ގިނަ މީހުންތަކަކަށް މިހިސާބަށް ވާސިލުވެވުމުން، ހަރޑް އިމިއުނިޓީއާ ހިސާބަށް ދެއެވެ. ވެކްސިނެއް ލިބުމަކީ އަދި ދުރުގައިވާ ކަމެއް ނަމަ، ހަރޑް އިމިއުނިޓީއާއި ހިސާބަށް ދެވޭނެ ހަމައެކަނި ގޮތަކީ މިއީއެވެ.

9. މިހާރު ދެން އަހަރުމެންނަށް ކުރެވޭނީ ކީއް؟

ސިއްހީ ނުރައްކަލުގެ މިފަދަ ޙާލަތެއްގައި، ކޭސްތައް އަންނަވަރަކަށް ބަލައި، ކަމާބެހޭ ފަރާތްތަކުން މީހުން އެކަހެރިކުރުމުގައާއި، ކޭސްތައް މެނޭޖް ކުރުމުގައި ތަފާތު ޤަވާއިދުތައް އެކުލަވާލައި އެއަށް އަމަލުކުރުމަށް އަންގަމުން ދާނެއެވެ. އެހެންކަމުން، މި ޤަވާއިދުތަކަށް ފުރިހަމައަށް ބޯލަނބަން ޖެހޭނެއެވެ. އެކަކު އަނެކަކަށް އަޅާލައި، ބައްޔާ ބެހޭގޮތުންނާއި، ތިމާ ވަށައިގެންވާ މާހައުލުގައި ހައިރިސްކް ކެޓެގަރީގެ މީހުންނަކީ ކޮބާތޯބަލައި، އެމީހުންނާ ދޭތެރޭ އިތުރަށް ސަމާލުވާންވާނެއެވެ. ތިމާގެ ނަފްސާނީ ދުޅަހެޔޮކަން ހެޔޮގޮތުގައި ދެމެހެއްޓުމަށް މަސައްކަތް ކުރަންވާނެއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ

25 ޖެނުއަރީ 2017
ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ
24 ޖެނުއަރީ 2017

ވިސާމާއި ލީވާން 28،800 ރުފިޔާ އިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފި

24 ޖެނުއަރީ 2017
ވިސާމާއި ލީވާން 28،800 ރުފިޔާ އިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފި
22 ޖެނުއަރީ 2017

ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި

22 ޖެނުއަރީ 2017
ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި
20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
14 ޖެނުއަރީ 2017

އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި

14 ޖެނުއަރީ 2017
އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް