Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ލައިފް ސްޓައިލްރޯދަ ބަދިގެ 1441

ބަޓަރ ސްކޮޗް ޕުޑިން

މިއީ ގޭގައި ތައްޔާރުކޮށްލަން ފަސޭހަ ޕުޑިންގ އެއް

ނާޒުމީ ސައީދު
ނާޒުމީ ސައީދު | 8 މެއި 2020 | ހުކުރު 08:07
ބަޓަރ ސްކޮޗް ޕުޑިން

ބަޓަރ ސްކޮޗް ޕުޑިން

ޕުޑިން އަކީ ދިވެހިންގެ މެދުގައި މަގުބޫލު ފޮނިކާއެއްޗެކެވެ. ތަފާތު އެކި ނަންނަމުގެ ޕުޑިން ތައްޔާރުކޮށް އުޅޭއިރު މިވެސް ކާލަން މީރު ޕުޑިންއެކެވެ.

ފުރަތަމަ ތަވައަކަށް ހަކުރު އަޅާލާށެވެ. ހަކުރުގެ ތެރެއަށް އެއްވެސް ވަރަކަށް ފެންނާޅާނެއެވެ. ހަކުރު ރަތްވެ އޮލަވުމުން އޭގެ ތެރެއަށް ބޭކިންގ ޕައުޑަރާއި ބަޓަރު އަޅައިގެން ރަނގަޅަށް އެއްކޮށްލާށެވެ. ދެން އޮލަކުރި ހަކުރުން 3 ސަމުސާ ނެގުމަށްފަހު ތައްޓެއްގެ ތެރެއަށް ކެޝޫނަޓްސް، އަލްމަންޑް، އެޅުމަށްފަހު އޭގެ ތެރެއަށް އަޅާލާށެވެ. އޭރުން ހަކުރު ހުންނާނީ މެޓާ ގަނޑެއްހެން ހަރުވެފައެވެ.

ބާކީ ހުރި ހަކުރުގަނޑުގެ ތެރެއަށް ފްރެޝް ކްރީމް އެޅުމަށްފަހު، މަޑުގިނީގައި އެއްކޮށްލާށެވެ. ދެން ކުރިން ތައްޓަށް މިކްސްކުރި ޕީނަޓް އާއި ކެޝޫނަޓްސް އާއި ހަކުރުގަނޑު ޕެކެޓަކަށްލާ ފުނޑުކޮށްލާށެވެ. އެއަށްފަހު، ބޯ ތައްޓެއްގެ ތެރެއަށް ހެވީ ކްރީމް އެޅުމަށްފަހު، ހޭންޑް މިކްސަރ އަކުން ގިރާލާށެވެ. އޭގެ ތެރެއަށް ގެރިކިރު ނުވަތަ ހިމުންކުރި ހަކުރު އަޅައިގެން މިކްސް ކޮށްލާށެވެ.

ދެން އޭގެ ތެރެއަށް ދިޔާކުރި ބަޓަރުކޮޅަކާއި އެއް ސަމުސާ ވެނީލާ އެސެންސް އާއި ކުރިން ފުނޑުކުރި ސާމާނުއަޅައިގެން އެއްކޮށްލާށެވެ. ދެން ޕާން ފޮތިތައް ކުރިން ދިޔާކުރި ހަކުރުގެ ތެރެއަށްލުމަށްފަހު ޓްރޭގައި ފަތުރާލާށެވެ. ދެން މިކްސް ކުރި ކްރީމް ތެރެއަށް އަޅާލުމަށްފަހު، ފުނޑުކުރި ނަޓްސް އޭގެ މައްޗަށް ބުރުވާލާށެވެ. ދެން 2 ގަޑި އިރު ނޫނީ 3 ގަޑިއިރު ފިނިކޮށްލައިގެން ބޭނުންކޮށްލާށެވެ.

އިތުރަށް ކިޔާލަން

20 އެޕްރީލު 2022

ގްރިލްޑް ޕީނަޓް ބަޓަރ ބަނާނާ ސޭންޑްވިޗް

20 އެޕްރީލު 2022
ގްރިލްޑް ޕީނަޓް ބަޓަރ ބަނާނާ ސޭންޑްވިޗް
12 އެޕްރީލު 2022

ކަނަމަދު ޕުޑިން

12 އެޕްރީލު 2022
ކަނަމަދު ޕުޑިން
22 މެއި 2020

ޕީނަޓް ބަޓަރ ގޭގައި ތައްޔާރުކޮށްލަން ބޭނުންތަ؟

22 މެއި 2020
ޕީނަޓް ބަޓަރ ގޭގައި ތައްޔާރުކޮށްލަން ބޭނުންތަ؟
22 މެއި 2020

ޕީނަޓް ބަޓަރ އޯޓްސް

22 މެއި 2020
ޕީނަޓް ބަޓަރ އޯޓްސް
19 މެއި 2020

ވެނީލާ ރައިސް ޕުޑިންގ

19 މެއި 2020
ވެނީލާ ރައިސް ޕުޑިންގ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު