Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕްރިމިއާ ލީގު ކުޅުންތެރިންގެ ފަންޑު

ޕްރިމިއާ ލީގު ކުޅުންތެރިންގެ ފަންޑަށް އިންގްލެންޑާއި ސްކޮޓްލެންޑްގެ ކުޅުންތެރިންގެ ދީލަތި އެހީއެއް

އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުންތެރިންގެ ހާއްސަ ފަންޑަށް ވަނީ އެހީވެފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 7 މެއި 2020 | ބުރާސްފަތި 08:49
2018 ވަނަ އަހަރު އިންގްލެންދާއި ސްކޮޓްލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން

2018 ވަނަ އަހަރު އިންގްލެންދާއި ސްކޮޓްލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން

އިނގިރޭސި ޕްރިމިއަރ ލީގުގެ ކުޅުންތެރިންގެ ހާއްސަ ފަންޑަށް އިންގްލެންޑާއި، ސްކޮޓްލެންޑުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން އެހީވެއްޖެއެވެ.

ނޮވެލް ކޮރޯނާވައިރަސް (ކޮވިޑް-19) އާ ދެކޮޅަށް އިނގިރޭސިވިލާތުގައި މަސައްކަތް ކުރާ ނޭޝަނަލް ހެލްތު ސަރވިސަސް އަށް އެހީވުމުގެ ގޮތުން އިނގިރޭސި ޕްރިމިއަރ ލީގުގެ ކުޅުންތެރިން މީގެ ކުރިން ވަނީ ހާއްސަ ފަންޑެއް ގާއިމުކޮށްފައެވެ. "ކުޅުންތެރިން އެކުގައި" މި ނަމުގައި އުފެއްދި މި ފަންޑު މެދުވެރިކޮށް ނޭޝަނަލް ހެލްތު ސަރވިސަސްއަށް ފަންޑު ހޯދުމަށް ޕްރިމިއަރ ލީގުގެ ކުޅުންތެރިން މަސައްކަތް ކުރާނެއެވެ. އަދި މި ކެމްޕޭން ކުރިއަށް ގެންދަނީ "ނޭޝަނަލް ހެލްތު ސަރވިސަސް ޗެރިޓީސް ޓުގެދަރ" އާ ގުޅިގެންނެވެ.

މި ފަންޑަން އިންގްލެންޑު ގައުމީ ފިރިހެން ފުޓުބޯޅަ ޓީމުގެ ކުޅުންތެރިންނާއި ،ސްކޮޓްލެންޑުގެ ގައުމީ ފިރިހެން އަދި އަންހެން ފުޓުބޯޅަ ޓީމުގެ ކުޅުންތެރިން ވަނީ އެހީވެފައެވެ. މީގެ ކުރިން އިންގްލެންޑް ގައުމީ އަންހެން ފުޓުބޯޅަ ޓީމުންވެސް ވަނީ މިފަންޑަށް އެހީވެފައެވެ.

އިނގިރޭސިވިލާތުން މިހާތަނަށް 201،100 އަށްވުރެ ގިނަ މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު، ޕްރިމިއަރ ލީގު ކުޅުންތެރިންގެ މި ފަންޑު މެދުވެރިކޮށް، ކޮވިޑް-19 އާ ދެކޮޅަށް ކުރީ ސަފުގައި މަސައްކަތް ކުރާ ޚިދުމަތްތެރިންނަށް އެހީވުމަށް ވަނީ ނިންމާފައެވެ.

ކޮވިޑް-19 އާ ގުޅިގެން މުއްދަތެއް ނެތް ގޮތަށް ޕްރިމިއަރ ލީގުގެ ކުޅުން މެދުކަނޑާލާފައިވާއިރު، ޕްރިމިއަރ ލީގުގެ ކްލަބުތަކުން މީގެ ކުރިން ވަނީ ނޭޝަނަލް ހެލްތު ސަރވިސަސްއަށް 20 މިލިއަން ޔޫރޯ ހަދިޔާ ކުރުމަށް ނިންމާފައެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު