Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިއާ މީހުން އަނބުރާ ގެނައުން

ތާށިވި މީހުން އަނބުރާ ގައުމަށް - ގަލްފު ހަނގުރާމައަށް ފަހު އިންޑިއާއިން ހިންގާ މިފަދަ އެންމެ ބިޔަ އޮޕަރޭޝަން

7 މެއި 2020 | ބުރާސްފަތި 10:15

300،000 މީހުން ގަލްފާއި، މެދުއިރުމަތީގެ ޤައުމުތަކުގައި ތާށިވެފަ އެބަތިބި

ޒިހްނަތު ހަސަން
ޒިހްނަތު ހަސަން | 7 މެއި 2020 | ބުރާސްފަތި 10:15
ރެސްކިއ އޮޕަރޭޝަންގައި ޙަރަކާތްތެރިވާ އިންޑިއާ ވައިގެ އަސްކަރިއްޔާގެ ޓީމެއް

ރެސްކިއ އޮޕަރޭޝަންގައި ޙަރަކާތްތެރިވާ އިންޑިއާ ވައިގެ އަސްކަރިއްޔާގެ ޓީމެއް

މުޅި ދުނިޔެ ހަނގުރާމަ ކުރަމުންދާ ކޮވިޑް-19ގެ ވަބާގައި ޖެހި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ތާށިވި އިންޑިއާގެ ހަތަރު ލައްކަ މީހުން އަނބުރާ ޤައުމަށް ގެނައުމުގެ މަސައްކަތް އިންޑިއާ ސަރުކާރުން ފަށައިފިއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ޤައުމުތަކުން އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން ގިނަ ޤައުމުތައް ފުރަބަންދުކުރުމާއި ގުޅިގެން ދަތުރުފަތުރުތައް ހުއްޓި އިންޑިއާގެ އެތައް ހާސް މީހުން ވަނީ ދުނިޔޭގެ އެކި ޤައުމުތަކުގައި ތާށިވެފައެވެ. އިންޑިއާ ސަރުކާރުން މިމީހުން ގެނައުމަށް އެޤައުމުގެ ސަރުކާރުތަކާއި ސިޔާސީ ދޭދޭ ގުޅުމުގެ ތެރެއިން މަޝްވަރާކޮށް މިހާރު ވަނީ އެމީހުން އަނބުރާ ގެނައުމަށް އެޤައުމުގެ ވައިގެ ޞަރަޙައްދުތަކައް އިންޑިޔާގެ އަސްކަރީިއްޔާގެ ބޯޓުތައް ވަނުމަށް ހުއްދަ ދީފައެވެ. އަދި ކަނޑުމަގުން ދަތުރުކުރެވޭ ޤައުމުތަކަށް އެޤައުމުގެ ކަނޑުގެ އަސްްކަރިއްޔާގެ މަނަވަރުތަކަށް އެޤައުމުގެ ކަނޑުގެ އިޤުތިޞާދީ ޚާއްޞަ ޞަރަހައްދު ހުރަސްކޮށް ވަންނަން ހުއްދަދީފައެެވެ.

ދަތުރުފަތުރުގެ އިންތިޒާމު ހަމަޖެހުމާއެކު އިންޑިއާއިން ބުރާސްފަތި ދުވަހު ވަނީ މަސައްކަތް ފަށާފައެވެ. އެންމެ ފުރަތަމަ 2 މަނަވަރު އައީ ރާއްޖެއަށެވެ. އެއީ ރާއްޖޭގައި އެކި ބޭނުންތަކުގައި ވަޒަންވެރިވެ ތިބި އިންޑިއާ މީހުން އަނބުރާ ޤައުމަށް ގެނައުމަށެވެ.

އިންޑިއާ ސަރުކާރުން ބުނެފައިވަނީ ޤައުމުތަކުގައި ތާށިވެފައި ތިބި ހަތަރު ލައްކަ މީހުން ގެނައުމަށް އެކި މަރުޙަލާތަކައް ބައިހައިގެން ފެށި މިއޮޕަރޭޝަނުގެ ދަށުން، މޭއި މަހުގެތެރޭގައި 200،000 މީހުން އަނބުރާ ގެންނާނެ ކަމަށެވެ. އަދި ރާވާފއިވާ ގޮތައް ކަންކަން ހަމަޖެހިއްޖެނަމަ، ޖޫންމަހުގެ މެދާއި ހަމަޔަށް އަންނައިރު، 400،000 މީހުން ޤައުމަށް ގެނެެސް ނިމޭނެކަމަށް އުންމީދު ކުރާކަމަށެވެ.

އިންޑިއާ ސަރުކާރުން ބުނާ ގޮތުގައި މީހުން އަނބުރާ ގެނައުމަށް އެޤައުމުގެ ޤައުމީ އެއަރލައިން "އެއަރ އިންޑިއާގެ ބޯޓުތައް ވެސް ބޭނުން ކުރާނެއެވެ. އެގޮތުން އެމެރިކާއާއި، އިނގިރޭސި ވިލާތާއި، މެދުއިރުމަތީ ޤައުމުތަކުގެ އިތުރުން، ސިންގަޕޫރުގައި ތާށިވެފަ ތިބި މީހުން ގެންނާނީ އެއަރ އިންޑިއާގެ ބޯޓުތަކުގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިންޑިއާއިން މަރޗް މަހު އިޢުލާނު ކުރި ފުރަބަންދު މިހިނގާ މެއި މަހުގެ 17 ވަނަ ދުވަހައި ހަމަޔަށް ދިގު ދަންމާލުމާއި ގުޅިގެން، ދުނިޔޭގެ އެހެން ޤައުމުތަކުގައި ވަޒީފާއަށާއި، ތަޢުލީމު ޙާޞިލުކުރުމަށާއި، ވިޔަފާރީގެ އެކި ބޭނުންތަކައް އެނބުރި ދިޔަ މީހުންވެސް ތާށިވީ މީހުންގެ ތެރޭގައި ހިމެނެއެވެ. އިންޑިއާގެ ޚާރިއްޖިޔާއިން ބުނީ "ތާށިވީ މީހުން ގެނައުމަށް ހިންގާ އޮޕަރޭޝަން" ގައި އެންމެ އިސްކަމެއް ދޭނީ ތާށިވުމާއި ގުޅިގެން ޙާލުގައިޖެހި ދަތިދުވަސްތައް ތަޙައްމަލު ކުރަމުންދާ މީހުންނާއި، މާލީ އަދި ނަފުސާނީ އުދަނގޫތަކާއި ކުރިމަތިވެފައިވާ މީހުންނާއި، ބަލި ޙާލުގައި އުޅޭ ޢާއިލާގެ މެންބަރުންނާއި ބައްދަލުކުރަން ބޭނުންވާ މީހުންނާއި، މާބަނޑު މީހުންނާއި، ޖަނާޒާގައި ބައިވެރިވާން ބޭނުންވެފައިވާ މީހުންނަށް ކަމަށެވެ. އަދި ވަޒީފާ ގެއްލި ދިރިއުޅުމުގެ ޒަރީރީ ބޭނުމަށް ޖެހިފައިވާ މީހުންނަށް ކަމަށެވެ.

ޙާލުގައި ޖެހުނު މީހުންގެ ތެރޭގައި ގިނައީ ގަލްފް ޞަރަހައްދާއި މެދުއިރުމަތީ ޤައުމުތަކުގައި ދިރިއުޅެމުން އަންނަ މީހުންނެވެ. ޤައުމަށް އެނބުރި އަންނަން ފުރުޞަތު ހުޅުވާލުމުން 300،000 މީހުން ރަޖިސްޓަރީކޮށްފައިވާ ކަމަށް އިންޑިއާގެ އޮފިޝަލުން ބުނެއެވެ. މިއޮޕަރޭޝަނުގެ ދަށުން އާދައިގެ ފެއަރއެއްގައި އެމީހުން ގެނައުމަށް ވަނީ ނިންމާފައެެވެ. ދުބާއީގައި ހުންނަވާ އިންޑިއާގެ ކޮންސިއުލޭޓް ޖެނެރަލް ވިދާޅުވީ ހަފުތާއެއްގެ ތެރޭގައި 10 ފްލައިޓެއް އޮޕަރޭޓް ކުރާގޮތައް ތާވަލު ކުރެވިފައިވާ ކަމަށާއި، ބުރާސްފަތި ދުވަހު ހަތަރު ފްލައިޓެއް ދަތުރު ކުރާނެ ކަމަށެވެ. މިފްލައިޓުތައް ކުރާނީ ދުބާއީ، އަބޫދާބީ، ރިޔާދު އަދި ދޯހާއަށް ކަމަށެވެ. އަދި އެޤައުމުތަކުން އަންނަ މި ފްލައިޓުތައް ޖައްސާނީ އިންޑިއާގެ ކެރެލާ ސްޓޭޓުގެ ވައިގެ ބަނދަރުތަކުގައި ކަމަށެވެ. މި ފްލައިޓްތަކުން ޖާގަދިނުމުގައި އިސްކަން ދިނީ އުމުރުން ދުވަސްވީ މީހުންނާއި، މާބަނޑު އަންހެނުންނާއި، ބޮޑެތި ބަލިތަކުގައި ދިގު މުއްދަތަކައް ބޭސްކުރަމުން އަންނަ މީހުންނާއި، ކޮވިޑް-19ގެ ޙާލަތާއި ގުޅިގެ ދަތި އުނދަގޫ ދުވަސްތައް ތަޙައްމަލުކުރަމުން ދާ މީހުންނަށް ކަމަށެވެ.

މި ދަތުރުތަކާ ބެހޭ ގޮތުން އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރ ހަރްދީޕް ޕޫރީ ވިދާޅުވީ، މިއީ އެމަނިކުފާނު އޭވިއޭޝަން ދާއިރާގައި ހަރާކްތެރި ވެވަޑައިގަންނަވަން ފެށިފަހުން، ތާރީޚުގައިވެސް ކުރިމަތިވި އެންމެ ގޮންޖެހުން ބޮޑު، އުދަނގޫ ޕްރޮގުރާމު ކަމަށެވެ. އޭނާ ވިދާޅުވީ ގަލްފުންނާއި، މެދުއިރުމަތިގެ ޤައުމުތަކުން މި ހަފުތާތެރޭގައި ގެންނަ ހުރިހައި އެންމެން އެއަރޕޯޓުން ދޫކުރާނީ ކޮވިޑް-19އަށް ސްކްރީން ކުރުމަށްފަހު ކަމަށެވެ. އަދި އިންޑިއާއަށް އެތެރެ ވުމަށް ފަހު ދެހަފުތާގެ މުއްދަތަކަށް އެންމެން ކަރަންޓީނު ކުރާނެކަމަށެވެ.

މިއޮޕަރޭޝަނާއި ގުޅޭގޮތުން ކެރަލާ ސްޓޭޓުގެ ޗީފް މިނިސްޓަރ ވިދާޅުވީ، އެމީހުން އިންޑިއާއަށް ގެނައުމުގެ ކުރިން ކޮވިޑް-19އަށް ޓެސްޓް ނުކުރާތީ އެކަމާއި ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ. އަދި މިއިން ކޮންމެ ފްލައިޓެއްގައި 200 މީހުން ދަތުރު ކުރާއިރު، އޭގެ ތެރޭގައި އެންމެ ދޭއް ނުނަތަ ތިން މީހަކު ވައިރަސް ޖެހިފަ ހުއްޓަސް، ހުރިހައި ދަތުރުވެރިންނަށް އޭގެ ނުރައްކަލާއި ކުރިމަތިވާނެކަމަށެވެ.

ބޭރުގެ ޤައުމުތަކުގައި ތާށިވެފައި ތިބި އިންޑިއާގެ ހަތަރު ލައްކަ މީހުން ގެނައުމަށް އިންޑިއާއިން ކުރިޔަށް ގެންދާ އޮޕަރޭޝަން ކާމިޔާބުވެއްޖެނަމަ، މި އޮޕަރޭޝަން ވެގެންދާނީ ގަލްފް ހަނގުރާމައަށް ފަހު އިންޑިއާގެ ރައްޔިތުންތަކެއް އަނބުރާ ޤައުމަށް ގެންނަން ހިންގި އެންމެ ބިޔަ އޮޕަރޭޝަނަށެވެ.

1990 ހިނގި ޤަލްފު ހަނގުރާމައިގައި ކުވައިތުގައި ތާށިވި މީހުން ގެނައުމަށް ހިންގި ރެސްކިއު އޮޕަރޭޝަނުގައި 170،000 މީހުން އަނބުރާ ޤައުމަށް ގެނައެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

އިތުރަށް ކިޔާލަން

11 ޖުލައި 2017

ގަލްފު މައްސަލަ ހައްލުކުރުމަށް ޓިލަރސަން ކުވައިތަށް

11 ޖުލައި 2017
ގަލްފު މައްސަލަ ހައްލުކުރުމަށް ޓިލަރސަން ކުވައިތަށް
24 ޖޫން 2017

ގަތަރާއި ގަލްފުގެ ގައުމުތަކާއި މެދު އުފެދިފައިވާ މައްސަލައަކީ "އައީލީ މައްސަލައެއް": އެމެރިކާ ސަރުކާރު

24 ޖޫން 2017
ގަތަރާއި ގަލްފުގެ ގައުމުތަކާއި މެދު އުފެދިފައިވާ މައްސަލައަކީ "އައީލީ މައްސަލައެއް": އެމެރިކާ ސަރުކާރު
12 ޖޫން 2017

ގަލްފުގައި އަޅާފައިވާ ރެނދުގެ ނަތީޖާ ވަރަށް ގޯސްވެދާނެ: ކުވޭތުގެ އަމީރު

12 ޖޫން 2017
ގަލްފުގައި އަޅާފައިވާ ރެނދުގެ ނަތީޖާ ވަރަށް ގޯސްވެދާނެ: ކުވޭތުގެ އަމީރު
07 ޖޫން 2017

ގަލްފު ސަރަހައްދުގެ އެއްބައިވަންތަ ކަމަށް ގޮވާލެއްވުމަށް ރަސްގެފާނު ސަލްމާން އަރިހުން ރައީސް ޓްރަމްޕް އެދިވަޑައިގެންފި

07 ޖޫން 2017
ގަލްފު ސަރަހައްދުގެ އެއްބައިވަންތަ ކަމަށް ގޮވާލެއްވުމަށް ރަސްގެފާނު ސަލްމާން އަރިހުން ރައީސް ޓްރަމްޕް އެދިވަޑައިގެންފި
17 އެޕްރީލު 2017

އަނބުރާ ދައްކާ ގޮތަށް ޓްރަމްޕްވަނީ ރަޝިއާއިން ފައިސާ ނަންގަވާފަ: ރިޗަޑް ޑިއަރލަވް

17 އެޕްރީލު 2017
އަނބުރާ ދައްކާ ގޮތަށް ޓްރަމްޕްވަނީ ރަޝިއާއިން ފައިސާ ނަންގަވާފަ: ރިޗަޑް ޑިއަރލަވް
20 ފެބުރުއަރީ 2017

އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި

20 ފެބުރުއަރީ 2017
އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި
27 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

27 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި
25 ޖެނުއަރީ 2017

ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ

25 ޖެނުއަރީ 2017
ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ
23 ޖެނުއަރީ 2017

ސީރިއާގެ ހަނގުރާމައަށް ސުލްހަ ގެނައުމަށް މަޝްވަރާތައް ބާއްވަނީ

23 ޖެނުއަރީ 2017
ސީރިއާގެ ހަނގުރާމައަށް ސުލްހަ ގެނައުމަށް މަޝްވަރާތައް ބާއްވަނީ
13 ޖެނުއަރީ 2017

ބަން ކީ މޫން އެނބުރި އުފަން ގައުމަށް، ވެރިކަމަށް ކުރިމަތިލައްވާނެ ކަމަށް ބެލެވޭ

13 ޖެނުއަރީ 2017
ބަން ކީ މޫން އެނބުރި އުފަން ގައުމަށް، ވެރިކަމަށް ކުރިމަތިލައްވާނެ ކަމަށް ބެލެވޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް