ކ. މާލެ
|
6 މެއި 2020 | ބުދަ 23:22
އިނގިރޭސި ވިލާތުގައި ޑޮކްޓަރުންގެ ޓީމަުން ކޮވިޑް-19 ބަލި މީހަކަށް ފަރުވާދެނީ
އިނގިރޭސި ވިލާތުގައި ޑޮކްޓަރުންގެ ޓީމަުން ކޮވިޑް-19 ބަލި މީހަކަށް ފަރުވާދެނީ
ސީ.އެން.އެން
ކޮވިޑް-19: އިނގިރޭސިވިލާތުގެ ޙާލަތު
ޔޫރަޕުން ކޮވިޑް-19 ގައި ތިރީސްހާސް މީހުން މަރުވި ފުރަތަމަ ޤައުމަކަށް އިނގިރޭސިވިލާތް
 
އިނގިރޭސިވިލާތަކީ ޔޫރަޕުގެ ޤައުމުތަކުން ތިންވަނަޔަށް އެންމެ ގިނަ މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވީ ޤައުމު
 
ބުދަ ދުވަހު 6,111 މީހުން ވައިރަސްއަށް ޕޮޒިޓިވްވުމާއެކު، ޕޮޒިޓިވްވީ މީހުންގެ ޢަދަދު ވަނީ 201,101ށް އަރާފަ
 
ބުދަ ދުވަހު 649 މީހުން މަރުވުމާއެކު، މަރުވީ މީހުންގެ ޢަދަދު ވަނީ 30,076ށް އަރާފަ

ނޮވެލް ކޮރޯނާވައިރަސް އެންމެ ނުރައްކާ މިންވަރަށް ފެތުރެމުންދާ ޔޫރަޕުގެ ޤައުމުތަކުގެ ތެރެއިން އެންމެ ފުރަތަމަ ތިރީސްހާސް މީހުން މަރުވީ ޤައުމަކަށް އިނގިރޭސިވިލާތް ވެއްޖެއެވެ.

ޔޫރަަޕުގެ ނޫސް އޭޖެންސީތަކުން ޚަބަރު ފަތުރާ ގޮތުގައި ބުދަ ދުވަހު އެޤައުމުން 649 މީހުން މަރުވުމާއެކު އެޤައުމުގައި ވައިރަސް ޖެހިގެން މަރުވީ މީހުންގެ ޢަދަދު ވަނީ 30,076ށް އަރާފައެވެ. އަދި ބުދަ ދުވަހު އެކަނިވެސް 6,111 މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައިވާއިރު، އެޤައުމުން ވައިރަސްއަށް ޕޮޒިޓިވްވީ މީހުންގެ ޢަދަދު ވަނީ 201,101ށް އަރާފައެވެ.

އިނގިރޭސިވިލާތަކީ ޔޫރަޕުގެ ޤައުމުތަކުގެ ތެރެއިން ތިންވަނައަށް އެންމެ ގިނަ ޢަދަދަކަށް ކޮވިޑް-19އަށް މީހުން ޕޮޒިޓިވްވީ ޤައުމެވެ. އެޤައުމުގައި ފަރުވާދީގެން ރަނގަޅުވީ މީހުންގެ ޢަދަދު ކަށަވަރުނުވި ނަމަވެސް، މިހާރުވެސް 170,681 މީހަކަށް ދަނީ ފަރުވާދެމުންނެވެ. މީގެތެރެއިން 1,559 މީހެއްގެ ޙާލު ސީރިއަސް ކަމަށް ޚަބަރު ލިބެއެވެ.

ފާއިތުވެދިޔަ ހަތަރު ދުވަހުގެ ޑޭޓާ:

މެއި 1 : 6،201 ޕޮޒިޓިވް ކޭސް / 739 މަރު

މެއި 2 : 4,806 ޕޮޒިޓިވް ކޭސް / 621 މަރު

މެއި 3 : 4,339 ޕޮޒިޓިވް ކޭސް / 315 މަރު

މެއި 4 : 3,985 ޕޮޒިޓިވް ކޭސް / 288 މަރު

މެއި 5 : 4,406 ޕޮޒިޓިވް ކޭސް / 693 މަރު

ޔޫރަޕުގެ އެހެނިހެން ޤައުމުތަކުގައި ވައިރަސް ފެތުރެމުންދާ ޒާތައް ބަލާއިރު، އެންމެ ގިނަ މީހުން ވައިރަސްއަށް ޕޮޒިޓިވްވީ މީހުން އެންމެ ގިނައީ ސްޕެއިނެވެ. ބުދަ ދުވަހު އެޤައުމުން 3,121 މީހުން ވައިރަސްއަށް ޕޮޒިޓިވް ވެފައިވާއިރު، އެޤައުމުން ވައިރަސްއަށް ޕޮޒިޓިވްވީ މީހުންގެ ޢަދަދު ވަނީ 253,682ށް އަރާފައެވެ. އަދި 244 މީހުން މަރުވެ، އެޤައުމުގައި ވައިރަސް ޖެހިގެން މަރުވީ މީހުންގެ ޢަދަދު ވަނީ 25,857ށް އަރާފައެވެ.

ދެވަނައަށް އެންމެ ގިނަ މީހުން ޕޮޒިޓިވް ވެފައިވަނީ އިޓަލީންނެވެ. އިޓަލީން ބުދަ ދުވަހު އަލަށް 1,444 ވައިރަސްއަށް ޕޮޒިޓިވްވެ، ޖުމުލަ އަދަދު ވަނީ 214,457ށް އަރާފައެވެ. އަދި 369 މީހުން މަރުވެ، މަރުވީ މީހުންގެ ޢަދަދު 29,684ށް އަރައެވެ.

މުޅި ޔޫރަޕުން ބުދަ ދުވަހު އެކަނިވެސް، 26,439 މީހުން ވައިރަސްއަށް ޕޮޒިޓިވްވެ، ޖުމުލަ 1,520,412 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އަދި 1,953 މަރުވެ، މަރުވީ މީހުންގެ ޖުމުލަ އަދަދު ވަނީ 146,055ށް ވަނީ އަރާފައެވެ. މުޅި ޔޫރަޕުގައި މިހާތަނަށް ބަލިން ފަސޭހަވެފައިވަނީ 588,500 މީހުންނެވެ. 785,857ށް ޔޫރަޕުގެ އެކި ޤައުމުތަކުގައި ފަރުވާދެމުންދާއިރު، މީގެތެރެއިން 16,126 މީހެއްގެ ޙާލު ސީރިއަސްކަމަށް ޚަބަރު ލިބެއެވެ.

ޗައިނާއިން ފުރަތަމަ ކޮވިޑް-19 ފެނި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން އެ ވައިރަސް އެހެން ޤައުމުތަކަށް ފެތުރުމުގެ ނުރައްކާ އޮތްކަމަށް ބުނި ނަމަވެސް، ޔޫރަޕުގެ ޤައުމުތަކުން އެކަމަށް އެހާ ސަމާލުކަމެއް ނުދެއެވެ. ޔޫަރަޕުގެ ޤައުމުތަކުން ކަންބޮޑުވާން ފެށީ ޑަބްލިއުއެޗްއޯއިން ކޮވިޑް-19 އަކީ ބޮޑު ރޯގާއެއްގެ ގޮތުގައި އިޢުލާނުކުރި ހިސާބުންނެވެ. ޔޫރަޕުގެ ޤައުމުތައް ތައްޔާރު ނުވެ ތިބުމުގެ ނަތީޖާއަކަށްވީ، ވައިރަސް ޔޫރަޕާ އަރާހަމަވީއިރު، އެބައްރު އެއްކޮށް ކުޑަ ކަކޫޖަހަން ޖެހުމެވެ. ދުނިޔޭގެ އެހެން އެއްވެސް ހިސާބެއްގައި ވައިރަސް ނުފެތުރޭ މިންވަަރަށް އެބައްރުގައި ވައިރަސް ހިފެހެއްޓުމެއް ނެތި ފެތުރެން ފެށިއެވެ. އަދި އެޤައުމުތައް ޞިއްޙީ އާލާތްތަކައް ޖެހި ޤައުމުތައް ފުރަބަންދު ކުރަން މަޖުބޫރުވިއެވެ.

އެހެންނަމަވެސް، އެންމެ ނުރައްކަ ފައްތަރަކަށް ވައިރަސް ފެތުރުނު ޤައުމުތައް ކަމަށްވާ އިޓަލީވިލާތާއި ޖަރުމަން ވިލާތުން މިހާރުވަނީ ފުރަބަންދުގެ ޙާލަތު ލުއިކޮށްފައެވެ. މިހާރު ޙާލަތު ބަދަލުވަމުން ދިޔަނަމަވެސް ޢާންމު ޙާލަތަކައް ރުޖޫޢަވުމަށް ގިނަ ދުވަސްނަގާނެކަމަށް މުޙައްލިލުން ލަފާކުރެއެވެ.

މިހާރު ޔޫރަޕުގެ ގިނަ ޤައުމުތަކަކުން އަވަދިނެތި ކުރަމުންދާ ކަމަކީ ކޮވިޑް-19އިން ދިފާޢުވާ ވެކްސިނެއް ހޯދުމުގެ މަސައްކަތެވެ. އެންމެ އަވަހަށްވެސް ވެކްސިނެއް އިންސާނުންގެ ގަޔަށް ޖެހޭ މިންވަަރަށް އުފެއްދޭނީ ސެޕްޓެންބަރުމަހުގައެވެ.

ޔޫަރަޕުގެ ޤައުމުތަކުން ރައްކަތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެއްގަމާއި ވައިގެ ދަތުރުތައް ހުއްޓުމަކަށް ގެނެސް، އިޤުތިޞާދީ ގިނަ ޙަރަކާތްތަކާއި ވިޔަފާރިތައް ބަންދުކުރުމުގެ ސަބަބުން ޔޫރަޕުގެ ގިނަ ޤައުމުތަކަކަށް މިހާރުވަނީ އިޤުތިޞާދީ ބޮޑެތި ގެއްލުންތަކާއި ކުރިމަތިވަމުންނެވެ. ވަކިން ޚާއްޞަކޮށް ޔޫރަޕުގެ ގިނަ ޤައުމުތަކުގައި އަމިއްލަ އުފެއްދުންތެރިކަމުގެ ނިޞްބަތް ވަނީ ދަށްވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
33%
0%
67%
0%
0%
0%
ކޮމެންޓް