Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޖަރުމަންވިލާތުން ފުރަބަންދުގެ ޙާލަތު ލުއިކުރުން

ޖަރުމަންވިލާތުންވެސް ފުރަބަންދަށް ލުޔެއް ދެނީ

6 މެއި 2020 | ބުދަ 17:28

ފުރަބަންދުގެ ޙާލަތު ލުއިކުރަން ނިންމީ ފެޑެރަލް ސަރުކާރުތަކުގެ 16 ވެރިންގެވެސް ރުހުމާއެކު

ޒިހްނަތު ހަސަން
ޒިހްނަތު ހަސަން | 6 މެއި 2020 | ބުދަ 17:28
ކޮވިޑް-19ގެ މިޙާލަތުގައި ބުދަ ދުވަހުވެސް ޖަރުމަންގެ ޗާންސެލަރ އެންގެލާ މަރކެލް ކެބިނެޓްގައި ބައިވެރިވެވަޑައިގެންނެވި

ކޮވިޑް-19ގެ މިޙާލަތުގައި ބުދަ ދުވަހުވެސް ޖަރުމަންގެ ޗާންސެލަރ އެންގެލާ މަރކެލް ކެބިނެޓްގައި ބައިވެރިވެވަޑައިގެންނެވި

ކޮވިޑް-19 ގެ ނުރައްކަލާއި ގުޅިގެން ޖަރުމަންވިލާތު ސަރުކާރުން އިޢުލާނުކޮށްފައިވާ ފުރަބަންދުގެ ޙާލަތު ލުއިކުރަން ނިންމައިފިއެވެ.

ބުދަ ދުވަހު ބޭއްވި އެޤައުމުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި އެޤައުމުގެ ޗާންސެލަރ އެންގެލާ މަރކެލް ވަނީ ފުރަބަންދަށް ލުޔެއް ދިނުމަށް އެކި ފިޔަވަހިތަކައް ބަހާލައިގެން ތަންފީޒުކުރުމަށް ނިންމަވާފައިވަ ފިޔަވަޅުތައް އިޢުލާނުކުރައްވާފައެވެ. މިހުރިހައި ފިޔަވަޅުތަކަކީ އެޤައުމުގެ ފެޑެރަލް ސަރުކާރުތަކުގެ 16 ވެރިންގެވެސް ރުހުމާއެކު ނިންމަވާފައިވާ ނިންމެވުމެއް ކަމަށް މަރކެލް ވިދާޅުވެފައިވެއެވެ.

ކެބިނެޓް ބައްދަލުވުމުގައި މަރކެލް ވިދާޅުވީ ކޮވިޑް-19 ގެ އުދަނގޫ ނުވަތަ ނުވަތަ ނުރައްކާ ބޮޑު ދުވަސްވަރު ކަޑައްތުކުރެވިފައިވާކަމަށާއި، އެހެންނަމަވެސް އަދިވެސް ކުރިމަތިލާންޖެހޭ ކަންތައްތައް ގިނަ ކަމަށެވެ.

ކެބިނެޓް ބައްދަލުވުމަށްފަހު، ވެރިރަށް ބަރލިންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަރކެލް ވިދާޅުވީ މި ދަނޑިވަޅުގައި ސަރުކާރުން އެންމެ އިސްކަމެއް ދެނީ ނުވަތަ ސަރުކަރުގެ ޢަމާޒަކީ ވައިރަސް ފެތުރޭ މިންވަރު މަދުކުރުން ކަަމަށެވެ. އަދި އެ ޢަމާޒަށް ވާޞިލުވެފައިވާކަަން ބަޔާންކުރައްވާ މަރކެލް ވިދާޅުވީ ތަޖުރިބާ ކުރެއްވުނު ކަންތައްތަކުގެ ތެރެއިން ޞިއްޙީ ނިޒާމުވެސް ހަރުދަނާކުރެވިފައިވާކަމަށެވެ. އަދި މިކަމަށް ރިޢާޔަތްކޮށް އިޢުލާނުކޮށްފައިވާ ފުރަބަންދުގެ ޙާލާތައް ލުޔެއް ގެންނަން މައި އަދި ފެޑެރަލް ސަރުކާރުގެ އިސް މަސްއޫލުވެރިން އެއްބަސްވެވަޑައިގެންފައިވާކަމަށެވެ.

އޭނާ ވިދާޅުވީ ފުރަބަންދަށް ގެނައި ލުއި ތަކުގެ ތެރޭގައި ކޮންމެ ގޭބިސީއަކުން ދެމީހުންނަށް ގެއިން ބޭއްރަށް ބައްދަލުވުންތަކައް ދާން ނިކުތުމުގެ ފުރުޞަތު ދޭނެކަމަށެވެ. އަދި ގިނަ ފިހާރަތައް ހުޅުވަން ހުއްދަ ދެއްވާނެކަމަށެވެ. އަދި ޢާންމު ދަތުރުފަތުރުތައް ހުޅުވާލުމަށްވެސް ވަނީ ނިންމަވާފައިވާކަމަށެވެ. އެހެންނަމަވެސް ހުރިހައި އެންމެންވެސް ޢާންމު ސާފުތާހިރުކަމާއި، ޚިދުމަތް ހޯދާއިރުއައި ބޭރުގައި ދިރިއުޅޭއިރު ދެމީހުންގެ ދޭތެރޭގައި 1.5 މީޓަރުގެ ދުރުމިނެއް ބެހެއްޓުމާއި، އަނގަޔާއި ނޭފަތް ނިވާވާހެން މާސްކް އެޅުން ލާޒިމުވާކަމަށެވެ.

ޖަރުމަންވިލާތުގެ ސަރުކާރުން ފުރަބަންދުކުރިކަން އިޢުލާނުކުރީ މަރޗްމަހުގެ 17 ވަނަ ދުވަހުއެވެ. މިއަދުގެ ކެބިނެޓް ބައްދަލުވުމުގައި ނިންމި ނިންމުންތަކާއި ގުޅިގެން ފިހާރަތައް ވަނީ ހުޅުވާފައެވެ. އަދި ކުރިޔަށް އޮތްތާގައި ހުރިހައި ސްކޫލެއް ހުޅުވާ، ކުޅިވަރު ޙަރަކާތްތައް ވެސް ފަށަން ވަނީ ނިންމާފައެވެ.

ޖަރުމަންވިލާތުގައި މިހާތަނަށް އާއިރު، 167,372 މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވެ، 6,993 ވަނީ މަރުވެފައެވެ. ފަރުވަދީންގެން 137,400 މީހުން ރަނގަޅުކުރެވިފައިވާއިރު، އަދިވެސް 22,979 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. މީގެތެރެއިން 1,937 މީހުންގެ ޙަލަތު ސީރިއަސްއެވެ. ޖަރުމަންވިލާތަކީ ވިލާތު އިއްތިހާދުގެ ޤައުމުތަކުގެ ތެރެއިން ހަތަރުވަނަޔަށް އެންމެ ގިނަ ކޭސް ރިޕޯޓުކުރި ޤައުމެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

އިތުރަށް ކިޔާލަން

22 މާރިޗު 2018

ތޮއްޖެހިފައިވާ ޖަލުތަކަށް ލުޔެއް ދޭން ޒިމްބާބުވޭގައި 3،000 ކުށްވެރިން މިނިވަންކޮށްފި

22 މާރިޗު 2018
ތޮއްޖެހިފައިވާ ޖަލުތަކަށް ލުޔެއް ދޭން ޒިމްބާބުވޭގައި 3،000 ކުށްވެރިން މިނިވަންކޮށްފި
06 މާރިޗު 2018

ނަތަންޔާހޫއާ ދެކޮޅަށް ކުރީގެ ތަރުޖަމާނު ހެކިބަސް ދެނީ

06 މާރިޗު 2018
ނަތަންޔާހޫއާ ދެކޮޅަށް ކުރީގެ ތަރުޖަމާނު ހެކިބަސް ދެނީ
07 ޑިސެމްބަރު 2017

ނައިޖީރިޔާގެ ކުރީގެ ރައީސް ވަގަށް ނެންގެވި ފައިސާ ސްވިޒަލޭންޑުން އަނބުރާ ދެނީ

07 ޑިސެމްބަރު 2017
ނައިޖީރިޔާގެ ކުރީގެ ރައީސް ވަގަށް ނެންގެވި ފައިސާ ސްވިޒަލޭންޑުން އަނބުރާ ދެނީ
25 އޮކްޓޯބަރު 2017

އީޔޫ އިން ސޫދާނަށް 124 މިލިއަން ޑޮލަރުގެ އެހީ ދެނީ

25 އޮކްޓޯބަރު 2017
އީޔޫ އިން ސޫދާނަށް 124 މިލިއަން ޑޮލަރުގެ އެހީ ދެނީ
26 ސެޕްޓެމްބަރު 2017

ސައުދީގައި ފުރަތަމަ ފަހަރަށް އުޅަނދު ދުއްވުމުގެ ހުއްދަ އަންހެނުންނަށް ދެނީ!

26 ސެޕްޓެމްބަރު 2017
ސައުދީގައި ފުރަތަމަ ފަހަރަށް އުޅަނދު ދުއްވުމުގެ ހުއްދަ އަންހެނުންނަށް ދެނީ!
10 މެއި 2017

އިންޑިއާގެ ޑޮކްޓަރުންނަށް މާޝަލް އާޓް ދަސްކޮށްދެނީ

10 މެއި 2017
އިންޑިއާގެ ޑޮކްޓަރުންނަށް މާޝަލް އާޓް ދަސްކޮށްދެނީ
05 އެޕްރީލު 2017

މޫސަލްގައި އދ. އިން ކޭމްޕްތައް އިތުރުކޮށްދެނީ

05 އެޕްރީލު 2017
މޫސަލްގައި އދ. އިން  ކޭމްޕްތައް އިތުރުކޮށްދެނީ
12 މާރިޗު 2017

ވޯލްޑް ބޭންކުން މޮރޮކޯއަށް 150 މިލިއަން ޑޮލަރު ދެނީ

12 މާރިޗު 2017
ވޯލްޑް ބޭންކުން މޮރޮކޯއަށް 150 މިލިއަން ޑޮލަރު ދެނީ
06 ފެބުރުއަރީ 2017

ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި

06 ފެބުރުއަރީ 2017
ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި
27 ޖެނުއަރީ 2017

އިޒްރޭލުން ސީރިޔާގެ 100 ކުއްޖަކަށް ހިމާޔަތް ދެނީ

27 ޖެނުއަރީ 2017
އިޒްރޭލުން ސީރިޔާގެ 100 ކުއްޖަކަށް ހިމާޔަތް ދެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް